Roadha Mihaaru
ދެ މަރު: ހައްޔަރުކުރި މީހުންނަށް ގިނަ ތުހުމަތުތަކެއް

ހުޅުމާލޭގައި ދެ ޒުވާނުން މަރުވި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްޗަށް 12 ތުހުމަތެއް!

30 ސެޕްޓެމްބަރ 2017

ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުގެ މަރާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް 12 ތުހުމަތެއް ފުލުހުން ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުގެ މަރާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް 12 ތުހުމަތެއް ފުލުހުން ކޮށްފި އެވެ.

ޕާޓީއެއް ބާއްވަން އުޅުމުގެ ތެރެއިން ކުއްލި ގޮތަކަށް މަރުވި ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އަދި ދަފްތަރު، ފާތުމަތު ސަމާ، 18،ގެ މަރުގެ މައްސަލައިގައި ހައްޔުކުރީ އިއްޔެ ރޭ އެ މީހުންނާ އެކު އުޅުނު ހަތަރު އެކުވެރިންނެވެ.

އެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުންނާއި ގާނޫނުލްއުގޫބާތުގެ ދަށުން އެ މީހުންގެ މައްޗަށް 12 ތުހުމަތެއް ކުރެ އެވެ.

އޭގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ބޭނުންކުރުމާއި ކެނަބިސް ބޭނުން ކުރުމާއި އެތަކެތި ޓްރެފިކް ކުރުމާއި ޕެޑަލް ކުރުމުގެ އިތުރުން އެއިން މުއާމަލާތު ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން އެހެން މީހަކު އަމިއްލައަށް މަރުވުމަށް އެދުމުގެ ކުށާއި އެހެން މީހަކު މަރުވުމަށް އެހީތެރިވެދިނުމުގެ ކުށާއި އަމިއްލައަށް މަރުވާން އުޅުމުގެ ކުށުގެ ތުހުމަތު ވެސް އެ މީހުންގެ މައްޗަށް ކުރެ އެވެ.

އިއްޔެ ރޭ މި އެންމެން ތިބި ކަމަށް ބެލެވޭ ސަރަހައްދު ބަލައި ފާސްކުރިއިރު، ޕާޓީ ޑްރަގްސް ގުޅަތަކެއް ފެނިފައިވެ އެވެ.