Roadha Mihaaru

ޓީއެމްއޭ އިން އިތުރު ސީ ޕްލޭނެއް ގެނެސްފި، މިއީ 49 ވަނަ ބޯޓު

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ސީ ޕްލޭނެއް ރާއްޖެ ގެނެސްފި އެވެ.

ޓީއެމްއޭ އިން އިތުރު ސީ ޕްލޭނެއް ގެނެސްފި

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ސީ ޕްލޭނެއް ރާއްޖެ ގެނެސްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރުގެ ފްލީޓްގައި ހިމެނޭ މަތިންދާބޯޓުގެ އަދަދު މިހާރު 49 އަށް އެރީ އެވެ.

ޓީއެމްއޭގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ރާއްޖެ ގެނައި ބޯޓު ވަރަށް އަވަހަށް އޮޕަރޭޝަނަށް ނެރޭނެ ކަމަށެވެ.

ރާއްޖޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ސީ ޕްލޭންގެ ހިދުމަތް ދެމުން އަންނަ ކުންފުނިން ބުނި ގޮތުގައި އިތުރު ބޯޓެއް ގެނައީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، އާ ރިސޯޓުތަކާ އެކު އެނދުގެ އަދަދު ވެސް މައްޗަށް ދާތީ ހިދުމަތް ފުޅާކުރުމުގެ ގޮތުންނެވެ.

ޓީއެމްއޭ އިން މިދިޔަ އަހަރު 120،00 ދަތުރުކޮށްފައިވެ އެވެ. އެގޮތުން މިލިއަނަކަށް ވުރެ ގިނަ ފަސިންޖަރުން އުފުލާފައިވާ ކަމަށް ޓީއެމްއޭ އިން ބުންޏެވެ.