Roadha Mihaaru
ލީޑިންގް ސީޕްލޭން އޮޕަރޭޓަރަކަށް އަނެއްކާވެސް ޓީއެމްއޭ

ލީޑިންގް ސީޕްލޭން އޮޕަރޭޓުގެ އެވޯޑް ޓީއެމްއޭއިން ދިފާއުކޮށްފި

26 ޑިސެމްބަރ 2018

ދުނިޔޭގެ ލީޑިންގް ސީ ޕްލޭން އޮޕަރޭޓަރުގެ އެވޯޑް އަނެއްކާވެސް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ލިބިއްޖެ އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

ދުނިޔޭގެ ލީޑިންގް ސީ ޕްލޭން އޮޕަރޭޓަރުގެ އެވޯޑް އަނެއްކާވެސް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ލިބިއްޖެ އެވެ.

މި އެވޯޑް ޓީއެމްއޭއަށް ލިބުނީ ލިސްބަންގެ އާސާރީ ޕެޓިއޯ ޑަ ގާލޭގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލް ގާލާގަ އެވެ. ޓީއެމްއޭއިން ވަނީ 2014، 2015 އަދި 2017 ވަނަ އަހަރު މި އެވޯޑް ހޯދާފަ އެވެ.

ޓީއެމްއޭއަކީ 1989 ވަނަ އަހަރު "ހަމިންގްބާޑް އައިލެންޑް ހެލިކޮޕްޓާސް"ގެ ނަމުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އުފެއްދި ކުންފުންޏެކެވެ. އޭގެ އަށް އަހަރު ފަހުން ސީޕްލޭންގެ ޚިދުމަތް ފަށައި، އެ ކުންފުނީގެ ނަން "ހަމިންގްބާޑް އައިލެންޑް އެއާވޭސް" އަށް ބަދަލުކުރި އެވެ. ހަމައެކަނި ސީޕްލޭން އޮޕަރޭޓްކުރާ ކުންފުންޏަކަށް 1999 ވަނަ އަހަރު ވިޔަފާރި ބަދަލުކޮށް، 2000 ވަނަ އަހަރު އެކުންފުނީގެ ނަން، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ނަމަށް ބަދަލުކުރި އެވެ.

ޓީއެމްއޭއަކީ 50 ސީޕްލޭނާ އެކު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. އެގޮތުން 2016 ވަނަ އަހަރު އެ ކުންފުނިން ވަނީ 120،000 ދަތުރުގައި، 80،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފަ އެވެ.

ޓޫރިޒަމް އަދި ސާވިސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. މި ދާއިރާތަކުގެ ނަން މަޝްހޫރު ގިނަ ބައެއްގެ ބައިވެރިވުން މި ހަފުލާގައި އޮވެ އެވެ.