އިއްޔެ ވެއްޓުނު މޯލްޑިވިއަންގެ ސީޕްލޭންގެ ތަހުގީގަށް އެބޯޓް ސިވިލް އޭވިއޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
05 އޮކްޓޯބަރ 2017
އިއްޔެ ވެއްޓުނު މޯލްޑިވިއަންގެ ސީޕްލޭންގެ ތަހުގީގަށް އެބޯޓް ސިވިލް އޭވިއޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރުގެ މބޯޓު ވެއްޓުނީ އައި ގަދަ ކޮޅިގަނޑުގެ ތެރޭގައި ހުޅުލޭ ފަޅަށް ޖައްސަން އުޅުމުގެ ތެރޭގައި ބޯޓު އަރިއަޅާލައިގެންނެވެ.
މޯލްޑިވިއަންގެ މީޑިއާ ކޯޑިނޭޓަރު އަލީ ނަޝާތު ހަމީދު ވިދާޅުވީ އެބޯޓް މޫދުން ނަގައި މިހާރު ވަނީ ސިވިލް އޭވިއޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ނަމަވެސް ބޯޓަށް ވެފައިވާ ގެއްލުންތަކުގެ ތަފްސީލް އަދި ނުލިބޭ ކަމަށް ވިދާޅުވި އެވެ.
"ސިވިލް އޭވިއޭޝަނުން އިންވެސްޓިގޭޝަން ނިންމީމަ އަޅުގަނޑުމެންގެ އެސެސްމަންޓްތައް ހެދޭނީ،" ނަޝާތު ވިދާޅުވި އެވެ.
ޖައްސަށް އުޅުމުގެ ތެރޭގައި ވެއްޓުނު ބޯޓް ރޭ ނަަގަނީ --ފޮޓޯ: ކިޔުންތެރިއެއް
ފެންނަ ފެނުމަށް ބަލާއިރު ބޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
މޯލްޑިވިއަނުން ސީޕްލޭންގެ ގޮތުގައި ބޭނުންކުރަނީ ޓްވިން އޮޓާ ބްރޭންޑުގެ ޑީއެޗްސީ ޑޭޝް 6 ސީރީޒްގެ ބޯޓުތަކެވެ. އެއީ ކްރޫންނާއި ފަސިންޖަރުންނާ އެކު 18 މީހުންގެ ޖާގައިގެ ބޯޓުތަކެވެ. މޫދަށް ޖައްސާ މި ބާވަތުގެ ބޯޓެއްގެ އަގު މާކެޓުގައި އުޅޭނީ 4.4 މިލިއަން ޑޮލަރާއި ފަސް މިލިއަން ޑޮލަރާ ދެމެދުގަ އެވެ. ނިޔާމަ ރިސޯޓުން ދަތުރުކުރި ބޯޓު ހުޅުލޭ ފަޅަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު އިރު ބޯޓުގައި ތިބީ 18 މީހުން ތިއްބެވެ. އެއީ 15 ފަސިންޖަރުންނާއި ތިން ކްރޫންނެވެ. އެކަމަކު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބ އެވެ.
"ފަސިންޖަރުންނަށް ނުރައްކާވާ ނަމަ ފިޔަވަޅު އަޅާނަން"
ސީޕްލޭންގެ ކަނދު ނެއްޓުނު ހާދިސާ ތަހުގީގުކުރަނީ
ވެއްޓުނު ބޯޓް ނަގައިފި
މޯލްޑިވިއަންގެ ސީޕްލޭނެއް ވެއްޓިއްޖެ
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
މަންޓާގެ ދަތުރުތައް މަޑިވަރަށް، ދެން އަމާޒަކީ މާފަރު
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި
ސީޕްލޭން ހިންގަން އެމްއޭސީއެލްއާ އެކު އާ ކުންފުންޏެއް
މޯލްޑިވިއަންގެ ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށްފި
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ