Roadha Mihaaru
ސީޕްލޭންގެ ކަނދު ނެއްޓުނު ހާދިސާ ތަހުގީގުކުރަނީ

ސީޕްލޭންގެ ކަނދު ނެއްޓުނު ހާދިސާ ތަހުގީގުކުރަން ފަށައިފި

16 ނޮވެމްބަރ 2017

ދ. ދޫރެސް ރިސޯޓުން ފުރަންވެގެން ދުއްވާފައި ދަނިކޮށް މޯލްޑިވިއަންގެ ސީ ޕްލޭނެއްގެ ކަނދު ނެއްޓުނު ހާދިސާ ސިވިލް އޭވިއޭޝަން އޮތޯރިޓީން ތަހުގީގުކުރަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދ. ދޫރެސް ރިސޯޓުން ފުރަންވެގެން ދުއްވާފައި ދަނިކޮށް މޯލްޑިވިއަންގެ ސީ ޕްލޭނެއްގެ ކަނދު ނެއްޓުނު ހާދިސާ ސިވިލް އޭވިއޭޝަން އޮތޯރިޓީން ތަހުގީގުކުރަން ފަށައިފި އެވެ.

މިއަދު 9:30 ކަންހާއިރު ހިނގި އެ ހާދިސާގައި ކަނދު ނެއްޓުމުން ބޯޓު އެއްފަރާތަކަށް އަރިއަޅާލައި ކުރީކޮޅުން ބައެއް އަޑިއަށް ދިޔަ ނަމަވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ބޯޓުގައި އޭރު 15 މީހުން ތިއްބެވެ.

ސިވިލް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކަމާ ބެހޭ ފަރާތްތަކުން އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވި ގޮތުގައި ބޯޓުގެ އެއް ކަނދު ނެއްޓުނީ ފުރަންވެގެން ދުއްވާފައި ދަނިކޮށް އެއްޗެއްގައި ޖެހިގެންނެވެ.

ބޯޓުގައި ތިބި އެންމެން ވެސް ސަލާމަތުން ދޫރެސް ރިސޯޓަށް ގެންދިޔަ އެވެ.

ގަދަ ކޮޅިގަނޑެއްގެ ތެރޭގައި ހުޅުލެ އަށް ޖައްސަން އުޅެނިކޮށް މޯލްޑިވިއަންގެ ސީޕްލޭނެއް މިދިއަ އޮކްޓޯބަރުގައި ވަނީ ވެއްޓިފަ އެވެ. އެކަމަކު އެފަހަރު ވެސް އެއްވެސް މީހަކަށް މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ.