މިއަދު ހަވީރު އައި ގަދަކޮޅިގަނޑުގެ ތެރޭގައި، ހުޅުލެ އަށް ޖައްސަން އުޅެނިކޮށް ވެއްޓުނު، މޯލްޑިވިއަންގެ ސީޕްލޭން މޫދުން މިހާރު ނަގާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
04 އޮކްޓޯބަރ 2017
މިއަދު ހަވީރު އައި ގަދަކޮޅިގަނޑުގެ ތެރޭގައި، ހުޅުލެ އަށް ޖައްސަން އުޅެނިކޮށް ވެއްޓުނު، މޯލްޑިވިއަންގެ ސީޕްލޭން މޫދުން މިހާރު ނަގާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރުގެ މި ބޯޓު ވެއްޓުނީ އައި ގަދަ ކޮޅިގަނޑުގެ ތެރޭގައި ހުޅުލޭ ފަޅަށް ޖައްސަން އުޅުމުގެ ތެރޭގައި ބޯޓުގެ އެެއް ފިޔަގަނޑު މޫދުގައި ޖެހި އަރިއަޅާލައިގެންނެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، ބޯޓު ހެދުމަށްޓަކައި މިހާރު މޫދުން ނަގާފައިވާ ކަމަށާއި އެ އަށް ލިބިފައިވާ ގެއްލުމުގެ އަގު ވަޒަން ކުރަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އެސެސްމަންޓްތައް ހެދުމަށް ފަހު އެއްޗެއް ދައްނަވަން އެނގޭނީ،" އޭނާ ވިދާޅުވި އެވެ.
މިއަދު ވެއްޓުނު މޯލްޑިވިއަންގެ ސީޕްލޭން-- ފޮޓޯ: ކިޔުންތެރިއެއް
ހާރިސް ފާހަގަކުރެއްވި ގޮތުގައި މޫދަށް ޖައްސާ މި ބާވަތުގެ ބޯޓެއްގެ އަގު މާކެޓުގައި އުޅޭނީ 4.4 މިލިއަން ޑޮލަރާއި ފަސް މިލިއަން ޑޮލަރާ ދެމެދުގަ އެވެ.
މޯލްޑިވިއަނުން ސީޕްލޭންގެ ގޮތުގައި ބޭނުންކުރަނީ ޓްވިން އޮޓާ ބްރޭންޑުގެ ޑީއެޗްސީ ޑޭޝް 6 ސީރީޒްގެ ބޯޓުތަކެވެ. އެއީ ކްރޫންނާއި ފަސިންޖަރުންނާ އެކު 18 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.
ނިޔާމަ ރިސޯޓުން ފުރައިގެން ގޮސް ހުޅުލޭ ފަޅަށް ޖައްސަން އުޅުމުގެ ތެރޭގައި މިއަދުގެ ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ 18 މީހުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެއީ 15 ފަސިންޖަރުންނާއި ތިން ކްރޫންނެވެ. އޭގެ ތެރޭގައި ޓޫރިސްޓުން ވެސް ތިބި ކަމަށް ވެ އެވެ. އެހާދިސާގައި މިހާހަކަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، އެ އިދާރާއިންނާއި އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމެޓީން މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މޯލްޑިވިއަންގެ ސީޕްލޭނެއް ވެއްޓިއްޖެ
މޯލްޑިވިއަންގެ ހަތް ވަނަ ސީޕްލޭން މިރޭ ރާއްޖެ އަންނާނެ
މޯލްޑިވިއަންގެ ހަތް ޕައިލެޓަކު ވަޒީފާއިން ވަކިވެއްޖެ
ސީޕްލޭންގެ ކަނދު ނެއްޓުނު ހާދިސާ ތަހުގީގުކުރަނީ
މޯލްޑިވިއަންގެ ސީ ޕްލޭނެއްގެ ކަނދު ނެއްޓިއްޖެ
މޯލްޑިވިއަން އިން ޖަޕާނުގެ ކުންފުންޏަކާ ގުޅެނީ
އިތުރު ހަ ބޯޓު ގެނެސް މޯލްޑިވިއަންގެ ފްލީޓް ބޮޑުކުރަނީ
ވެއްޓުނު ބޯޓުގެ ތަހުގީގު ސިވިލް އޭވިއޭޝަނުން ފަށައިފި
ފޮޓޯ ސްޓޯރީ: މޯލްޑިވިއަންގެ ފުރަތަމަ ލަގްޒަރީ ސީޕްލޭން
މޯލްޑިވިއަންގެ އަށް ވަނަ ސީޕްލޭން މި ހަފުތާގައި