ސިލްސިލާ މާރާމާރީތައް އަދިވެސް ކުރިއަށް ދާއިރު ނުރައްކާތެރި ކުށްވެރިންގެ ފައިގައި ޓެގް ނޭޅުވި ދިގުލައިގެން ދާން ފަށައިފި އެވެ.
08 އޮކްޓޯބަރ 2017
ސިލްސިލާ މާރާމާރީތައް އަދިވެސް ކުރިއަށް ދާއިރު ނުރައްކާތެރި ކުށްވެރިންގެ ފައިގައި ޓެގް ނޭޅުވި ދިގުލައިގެން ދާން ފަށައިފި އެވެ.
މާލޭގައި މި ފަހުން ހިންްގި ގޭންގް މާރާމާރީތަކުގައި އެތައް ބަޔަކު މަރާލާފައިވާ އިރު، ހޯމް މިނިސްޓަރު އަަޒްލީން އަހުމަދު ވިދާޅުވެފައި ވަނީ ނުރައްކާތެރި ކަމަށް ބެލެވޭ ކުށްވެރިންގެ ފައިގައި ޓެގް އަޅުވާނެ ކަމަށެވެ. ނަމަވެސް އެހެން ވިދާޅުވި ފަހުން ވެސް އެކަަކު ވަނީ މަރާލައިފަ އެވެ.
އެންމެ ފަހުން ފުލުހުން ބުނެފައި ވަނީ 16 މީހެއްގެ ފައިގައި ޓެގް އެޅުވުމުގެ ހުއްދައަށް އެދުނަސް ހައި ކޯޓަށް ހުށަހަޅަން ހޯމް މިނިސްޓްރީގެ ކޮމިޓީން ނިންމީ ނުވަ މީހުން ކަމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް އެއިން މީހެއްގެ ފައިގައި ޓެގް އެޅުވޭ ގޮތެއް ނުވެ އެވެ.
ރޭ ވެސް މާލޭގައި މާރާމާރީއެއް ހިންގައި، މީހަކު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އެކަމަަކު އޭނާގެ ހާލަތާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދުވެސް ވިދާޅުވީ ޓެގް އެޅުވަން ކުރަން ޖެހޭ ކަންކަން ކުރިއަށްދާ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.
ފުލުހުންގެ އެހެން އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވި ގޮތުގައި، ކުށްވެރިން މޮނިޓަ ކުރުމަށް ޓެގް އަޅުވަން ފުލުހުން ވަރަށް އެދެ އެވެ. އަދި އޭގެ ސަބަބުން ކުށްކުރުން ހުއްޓުވަން ފަސޭހަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު މައްސަލައަކީ، ބައެއް މީހުން ބުނާ ގޮތުގައި، ޓެގް އަޅުވަން ސަރުކާރަށް އުނދަގޫވެގެން އުޅޭ އުޅުމެވެ. ކުށްވެރިންނާ ދެކޮޅަށް ސަރުކާރާއި ކޯޓުތަކުން އަމަލްކުރާ ގޮތާއި ސިޔާސީ މީހުންނާ މެދު އަމަލްކުރާ ގޮތް ވަރަށް ތަފާތު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބަހުސްކުރެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށުގެ ތުހުމަތުކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބަލަން ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ހައި ކޯޓުން ނެރޭ އަމުރެކެވެ.
މާރާމާރީތަކާ ގުޅިގެން އަޒްލީންގެ ފާޑުކިޔުން މީޑިއާ އަށް
މާރާމާރީ ހުއްޓުވަން މިދަނީ މަސައްކަތް ކުރަމުން:އަޒްލީން
މިހަފުތާގެ ތެރޭގައި ޓެގް އަޅުވާނަން: ހޯމް މިނިސްޓަރު
އިންޓެލް މައުލޫމާތުގެ އަލީގައި ފިޔަވަޅު އަޅާނެ:އަޒްލީން
ގޭންގްތަކާއި ލީޑަރުންނާއި ކަނޑައެޅުން ކޮމިޓީއަކަށް
ގޭންގުތަކުގެ ކުރިމަތީގައި މިފަހަރު ކުޑަކަޑޫ ނުޖަހާނެ!
"ޒުވާނުން" ޓެގް އެޅުވުމުގެ ބޭނުމެއް ނެތް: މިނިސްޓަރު
8 މީހެއްގެ ފައިގައި ޓެގް އަޅުވައިފި
މޮނިކޮން އަމުރު އައި ހަތަރު މީހަކު ވީތަނެއް ނޭނގޭ
ތައްޔާރުވެފައި ނުވާތީ ޓެގް އެޅުވޭނީ 14 ދުވަސް ފަހުން