ވޮޝިންޓަން (އޮކްޓޯބަރު 10) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފުރަތަމަ އަނބިކަނބަލުން އިވާނާ އާއި މިހާރުގެ އަނބިކަނބަލުން މެލަނިއާ ޓްރަމްޕާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
10 އޮކްޓޯބަރ 2017
ވޮޝިންޓަން (އޮކްޓޯބަރު 10) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފުރަތަމަ އަނބިކަނބަލުން އިވާނާ އާއި މިހާރުގެ އަނބިކަނބަލުން މެލަނިއާ ޓްރަމްޕާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
އިވާނާގެ ފަހުގެ ފޮތް "ރެއިޒިން ޓްރަމްޕް" ޕްރޮމޯޓް ކުރުމަށް އޭބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި 68 އަހަރުގެ އިވާނާ ވަނީ އެމެރިކާގެ 45 ވަނަ ރައީސް ޓްރަމްޕާއި މިހާރު ވެސް ގުޅުން އޮންނަކަން ދެއްކުމަށް ވާހަކަ ދައްކަވައިފަ އެވެ.
"ވައިޓް ހައުސް އަށް ގުޅޭނެ ސީދާ ނަމްބަރު އެބައޮތް. ކޮންމެ ދެ ހަފުތާއަކުން އެއް ފަހަރު ޓްރަމްޕަށް ގުޅަން. އެކަމަކު މާ ގިނައިން ނުގުޅަނީ މެލަނިއާ ވައިޓް ހައުސްގައި އުޅުއްވާތީ. އޭގެ ސަބަބުން އިތުރު ހަސަދަވެރިކަމެއް އުފެދިދާނެތީ. ކޮންމެ ގޮތެއް ވިޔަސް އަހަރެންނަކީ ޓްރަމްޕުގެ ފުރަތަމަ އަނބިމީހާ. އެހެންވީމާ ފަސްޓް ލޭޑީއަކީ އަހަރެން،" ސަމާސާއަކަށް ހައްދަވާ އިވާނާ ވިދާޅުވި އެވެ.
މި ވާހަތަކާ ގުޅިގެން މެލަނިއާ ޓްރަމްޕް، 47، ވަނީ ތަރުޖަމާން ސްޓެފާނީ ގްރިޝާމް މެދުވެރިކޮށް ބަޔާނެއް ނެރުއްވައިފަ އެވެ. ގްރިޝާމް ވިދާޅުވީ އިވާނާ ދެއްކެވީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫން ކަމަށާއި އެއީ މަޝްހޫރުވާން އޭނާ ދެއްކެވި ވާހަކަތަކެއް ކަމަށެވެ. އަދި ފަސްޓް ލޭޑީގެ ޝަރަފް މެލަނިއާ ބޭނުން ކުރައްވަނީ ފޮތް ޕްރޮމޯޓް ކުރަން ނޫން ކަމަށާއި ކުދިންނަށް އެހީވާން ކަމަށް ވިދާޅުވި އެވެ.
ޗެކް ރިޕަބްލިކަށް އުފަން ކުރީގެ މޮޑެލްއެއް ކަމަށްވާ އިވާނާއާ ޓްރަމްޕް ކައިވެނި ބައްލަވައިގެންނެވީ 1977 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެއީ ޓްރަމްޕުގެ އެންމެ ދޮށީ ތިން ބޭފުޅުން ކަމަށްވާ ޑޮނަލްޑް ޖޫނިއާ، އިވާންކާ އަދި އެރިކެވެ. ދެ ވަނަ އަށް ޓްރަމްޕް ކައިވެނި ބައްލަވައިގެންނެވި މަރްލާ މޭޕްލްސް އަށް ލިބިވަޑައިގެންނެވީ ޓިފަނީ އެވެ. އަދި މެލަނިއާ އަށް ލިބިވަޑައިގެންނެވީ ބެރޮން އެވެ.
މެލަނިއާ ވައިޓްހައުސް އަށް ބަދަލުވުމަށް ބާރުއަޅަނީ
ޓްރަމްޕްގެ ގާތުން މެލާނިއާ ވަރިވަނީ؟
މެލަނިއާ އެންމެ ފަހުން ފިރިކަލުންގެ ކެމްޕޭނަށް
އާއިލާއާ ވަކިކޮށްފައިވާ ކުދިންނާ މެލަނިއާ ބައްދަލުކުރަނީ
ކުރީގެ ފަސްޓް ލޭޑީ ބާބަރާ ބުޝް އަވަހާރަވެއްޖެ
ޓްރަމްޕުގެ 100 ދުވަސް: މެލަނިއާގެ ފެނިލުން މަދު
އިންތިޚާބީ މަގާމަކަށް ވާދައެއް ނުކުރާނަން: މިޝޭލް
ފަސްޓް ލޭޑީގެ މަގާމަކީ އެންމެ ބޮޑު ޝަރަފް: މިޝޭލް
"ހައްޔަރުކުރިޔަސް" ނިއު ޔޯކަށް ދާނަން: ނަތަންޔާހޫ
އެމެރިކާއިން 22 ބިލިއަން ޑޮލަރުދޭން އީރާނުން ހުކުމެއް