އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕްގެ ގާތުން ވަރިވާން އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
11 ނޮވެމްބަރ 2020
އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕްގެ ގާތުން ވަރިވާން އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވައިޓްސް ހައުސްގައި ކުރިން މަސައްކަތްކުރި މެލާނިއާއާ ވަރަށް ގާތް މީހަކާ ހަވާލާދީ މީޑިއާތަކުން ބުނީ ދެކަނބަލުންގެ 15 އަހަރުވީ ކައިވެނި ރޫޅައިލަން މެލާނިއާ ސީރިއަސްކޮށް ވިސްނަވާ ކަމަށެވެ. އަދި އެއީ ދެވަނަ ދައުރަކަށް ޓްރަމްޕް ހޮވިވަޑައިނުގެންފި ނަމަ މެލާނިއާ ކުރިން ވެސް ޕްލޭންކޮށްފައި އޮތް ގޮތް ކަމަށް ބުންޏެވެ.
މެލާނިއާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އޮމަރޯޒާ މެނިގޯލްޓް ނިއުމަންއާ ހަވާލާދީ ޑެއިލީ މެއިލުން ބުނީ ޓްރަމްޕް ވެރިކަމުގައި ހުންނެވި އިރު ވެސް، އޭނާގެ ގާތުން ވަރިވާން މެލާނިއާ އެތައް ފަހަރެއްގެ މަތިން ވިސްނެވި ކަމަށެވެ. އެކަމަކު މަޑުކިުރެއްވީ ވެރިކަމުގައި ޓްރަމްޕް ހުންނަވަނިކޮށް އެފަދަ ކަމެއް ކުރައްވައިފި ނަމަ، އެއީ ޓްރަމްޕަށް ބޮޑު ލަދަކަށްވެފައި، އެކަމާ ހެދި މެލާނިއާ މެދު ވަރަށް ގޯސް ފިޔަވަޅުތަކެއް ވެސް އަޅައިފާނެތީ އެވެ.
މެލޭނިއާގެ ގާތް ބައެއް މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ 2016 ގައި ރިޔާސީ އިންތިހާބަށް ޓްރަމްޕް ނުކުންނެވި އިރު ވެސް، އިންތިހާބު އޭނާ އަށް ކާމިޔާބުކުރެއްވޭނެ ކަމުގެ އުންމީދެއް މެލާނިއާއަކަށް ނެތެވެ. އެކަމަކު އެކަން ވުމުން އުފާކުރެއްވި ކަމަށާއި ދެވަނަ ދައުރަކަށް މެލާނިއާ ކެމްޕޭން ވެސް ކުރެއްވި އެ އުންމީދުގައި ކަމަށް ބުންޏެވެ.
ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން، ޓްރަމްޕްގެ މައްޗަށް ކުރި ހޯއްދެވި ނަމަވެސް ޓްރަމްޕް ގެންދަވަނީ ބަލި ގަބޫލުރައްވަން އަދިވެސް ދެކޮޅު ހައްދަވަމުންނެވެ.
އެމެރިކާގެ 45 ވަނަ ރައީސްގެ މަގާމު އަދާކުރެއްވި ޓްރަމްޕް، 74، އާއި މެލާނިއާ، 50، ކައިވެނި ކުރެއްވީ 2005 ގަ އެވެ. މިއީ ޓްރަމްޕްގެ ތިން ވަނަ ކައިވެންޏެވެ. ތިން ކައިވެންޏަށް ޓްރަމްޕަށް ފަސް ކުދިން ލިބިވަޑައިގެންފައިވެ އެވެ. އެއީ ބެރޮންއާ އެކު ޑޮނަލްޑް ޓްރްމްޕް ޖޫނިއާ، 42، އާއި އިވަންކާ ޓްރަމްޕް، 39، އާއި އެރިކް ޓްރަމްޕް، 36، ގެ އިތުރުން ޓިފަނީ ޓްރަމްޕް، 27، އެވެ.
ޓްރަމްޕްގެ އެހެން ދަރިންނާއި މެލާނިއާއާ ދެމެދު އެއް އިރެއްގައި ވެސް މާ ބޮޑު ގާތްކަމެއް ނޯވެ އެވެ.
ކަންޔޭ އާ ގެއެއް ގަތީ ކިމްގެ ގެއާ ވަރަށް ކައިރިން
އަލަތު ކައިވެންޏަކީ ބަނދެވުމެއް: އެފްލެކް
ކިމްއާ ސުލްހަވާން ކަންޔޭ އެދުނީ ރެޕް ކަޑިއަކުން
ވަރީގެ ވާހަކަ އަށް ރައްދު ދިނީ ޕޯސްޓަކުން
ބިލް ގޭޓްސްއާ އިންނަން އެހީ ސަމާސާއަކަށް ކަމަށް ބުނެފި
އެންޖެލީނާ އާއި ވީކެންޑް މާފޮޅުވަނީ؟
އަޑެލްގެ އާ ބައިވެރިޔާއާ އެކު ފޮޓޯއެއް
ބިލް ގޭޓްސްގެ ދެމަފިރިންގެ ވަރި ރަސްމީވެއްޖެ
ގޭޓްސް މުވައްޒަފަކާ ލޯބީގެ ގުޅުމެއް ބޭއްވި މައްސަލައެއް
ގޭޓްސް އާއި މެލިންޑާ ވަރީގެ ވާހަކަ ފެށީ 2019 ގައި