ވޮޝިންޓަން (އެޕްރީލް 18) - އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ބާބަރާ ބުޝް އުމުރުފުޅުން 92 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
18 އެޕްރީލް 2018
ވޮޝިންޓަން (އެޕްރީލް 18) - އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ބާބަރާ ބުޝް އުމުރުފުޅުން 92 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
އެކަމަނާގެ ފިރިކަލުން ޖޯޖް އެޗްޑަބްލިއު ބުޝް އާއި ދަރިކަލުން ޖޯޖް ޑަބްލިއު ބުޝް ވަނީ އެމެރިކާގެ ރައީސްކަން ކުރައްވައިފަ އެވެ. އެމެރިކާގެ ފަސްޓް ލޭޑީއެއްގެ ގޮތުގައި 1989 އިން 1993 އަށް ހުންނެވި ބާބަރާ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެކަމަނާ އެންމެ ފަހުން ވަނީ ފަރުވާ ހޯއްދެވުން ހުއްޓަވާލައްވައިފަ އެވެ.
ފިރިކަލުން ޖޯޖް ބުޝް، 93، އަކީ އެމެރިކާގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރޭން، ދުނިޔޭގައި ހުންނެވި އެންމެ ގިނަ ދުވަސްވީ ރައީސް އެވެ. ދަރިކަލުން ޖޯބް ޑަބްލިއު ބުޝް ވަނީ 2000 ވަނަ އަހަރުން ފެށިގެން ދެ ދައުރު އެމެރިކާގެ ރައީސްކަން ކުރައްވައިފަ އެވެ. ބާބަރާ އަކީ ފްލޮރިޑާގެ ގަވަރުނަރުކަން 1999 އިން 2007 އަށް ކުރެއްވި ޖެބް ބުޝްގެ މަންމާފުޅު ވެސް މެ އެވެ. އަދި ޖެބް ބުޝް ވަނީ 2016 ވަނަ އަހަރު ރައީސްކަމަށް ވެސް ވާދަކުރައްވައިފަ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް އާއި އަނބިކަނބަލުން ބާބަރާ.
ފަސްޓް ލޭޑީގެ ދައުރުގައި ބާބަރާ ވަނީ ސިޔާސީ މަންޒަރުން އެކަހެރިވެވަޑައިގެން ލިޔަން ކިޔަން ދަސްކޮށްދިނުގެ މަސައްކަތުގައި އުޅުއްވައިފަ އެވެ. އެކަމަނާ ވަނީ ބާބަރާ ބުޝް ފައުންޑޭޝަން ފޯ ފެމިލީ ލިޓެރަސީ ހިންގަވައިފަ އެވެ.
ބުޝް އާއި ބާބަރާ ކައިވެނި ބައްލަވައިގެންނެވީ 1945 ވަނަ އަހަރު އެވެ. އެ ބޭފުޅުންގެ ކައިވެނީގެ 73 ވަނަ އަހަރީ ދުވަސް ފާހަގަ ކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. ބުޝް އާއި ބާބަރާ އަށް ހަ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.
ފިރިކަލުންނާއި ދަރިކަލުން އެމެރިކާގެ ރައީސްކަން ކުރެއްވުމުގެ ޝަރަފު ލިބިފައި ވަނީ ބާބަރާ ފިޔަވައި އެންމެ އަންހެނަކަށެވެ. ބާބަރާ ވަނީ އެ ދެބޭފުޅުން ރައީސްކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. އަބިގައިލް އެޑަމްސް ވަނީ އެމެރިކާގެ ދެ ވަނަ ރައީސް ޖޯން އެޑަމްސް އާއި ކައިވެނި ބައްލަވައިގެންފަ އެވެ. އަދި އެކަމަނާ އަކީ އެމެރިކާގެ ރައީސްކަން ކުރެއްވި ޖޯން ގުއިންސީ އެޑަމްސްގެ މަންމާފުޅު ވެސް މެ އެވެ. ނަމަވެސް ދަރިކަލުން ރައީސްކަމުގެ ހުވާ ކުރެއްވި އިރު އަބިގައިލް އެޑަމްސް ވަނީ އަވަހާރަވެފަ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް އަވަހާރަވެއްޖެ
ޓްރަމްޕުގެ ފުރަތަމަ އަނބިކަނބަލުންނާއި މެލަނިއާ ބަހުގެ ހަމަލާތަކެއް
އިންތިޚާބީ މަގާމަކަށް ވާދައެއް ނުކުރާނަން: މިޝޭލް
މެލަނިއާ ވައިޓްހައުސް އަށް ބަދަލުވުމަށް ބާރުއަޅަނީ
ފަސްޓް ލޭޑީގެ މަގާމަކީ އެންމެ ބޮޑު ޝަރަފް: މިޝޭލް
ކުރީގެ ރައީސް ޖޯޖް ބުޝްގެ ވޯޓު ވެސް ހިލަރީ އަށް
"ހައްޔަރުކުރިޔަސް" ނިއު ޔޯކަށް ދާނަން: ނަތަންޔާހޫ
އެމެރިކާއިން 22 ބިލިއަން ޑޮލަރުދޭން އީރާނުން ހުކުމެއް
އެމެރިކާގައި ބަޑިޖެހީ ސީއައިއޭގެ ކުރީގެ އެޖެންޓެއް
"އިޚްވާނުލް މުސްލިމީން" އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް