Roadha Mihaaru

ޓްރަމްޕުގެ 100 ދުވަސް: އަނބިކަނބަލުންގެ ފެނިލުން ވަރަށް މަދު

ވޮޝިންޓަން (އެޕްރީލް 30) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރަށް 100 ދުވަސް ފުރިގެން ދިޔަ އިރު އަނބިކަނބަލުން މެލަނިއާ ޓްރަމްޕް ރަސްމީ އިވެންޓްތަކުން ފެނިފައި ވަނީ ވަރަށް މަދުންނެވެ. ޖެނުއަރީ 20 ވަނަ ދުވަހު އޮތް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު ވައިޓް ހައުސް އަށް ޓްރަމްޕް ބަދަލުވެވަޑައިގެންނެވި ނަމަވެސް އަނބިކނަބަލުން ދިރިއުޅުއްވަމުން ގެންދެވީ ނިއު ޔޯކުގަ އެވެ.

ޓްރަމްޕުގެ 100 ދުވަސް: މެލަނިއާގެ ފެނިލުން މަދު
ހަސަން އާމިރު
ހަސަން އާމިރު

30 އެޕްރީލް 2017

ވޮޝިންޓަން (އެޕްރީލް 30) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރަށް 100 ދުވަސް ފުރިގެން ދިޔަ އިރު އަނބިކަނބަލުން މެލަނިއާ ޓްރަމްޕް ރަސްމީ އިވެންޓްތަކުން ފެނިފައި ވަނީ ވަރަށް މަދުންނެވެ. ޖެނުއަރީ 20 ވަނަ ދުވަހު އޮތް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު ވައިޓް ހައުސް އަށް ޓްރަމްޕް ބަދަލުވެވަޑައިގެންނެވި ނަމަވެސް އަނބިކނަބަލުން ދިރިއުޅުއްވަމުން ގެންދެވީ ނިއު ޔޯކުގަ އެވެ.

ތަޖްރިބާކާރުން ބުނާ ގޮތުގައި ހަގު ދަރިކަލަނުން 11 އަހަރުގެ ބެރޮންގެ ސްކޫލް އަހަރު ނިމުމުން މެލަނިއާ ވައިޓް ހައުސް އަށް ބަދަލުވެވަޑައިގެންނެވި ނަމަވެސް ފަސްޓް ލޭޑީގެ ދައުރު އެހާ ބޮޑު ކުރައްވާނެ ކަމަކަށް ނުބެލެވެ އެވެ. އުމުރުން 47 އަހަރު މިދިޔަ ހަފުތާގައި ފުރުނު ސްލޮވޭނިއާގެ ކުރީގެ މޮޑެލް އަކީ ސިޔާސީ ކަންތައްތަކަށް އެހާ ޝައުގުވެރި ބޭކަނބަލެއް ނޫން ކަމަށް އޯހަޔޯ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ކެތަރީން ޖެލިސަން ވިދާޅުވި އެވެ.

ޓްރަމްޕުގެ ވެރިކަމުގެ 100 ދުވަހު މެލަނިއާގެ އެންމެ މުހިންމު ފެނިލުމަކީ މާޗު މަހު ފަހުކޮޅު ސްޓޭޓް ޑިޕާޓްމަންޓުގައި އޮތް އިވެންޓެވެ. އެ އިވެންޓުގައި އެކަމަނާ ވަނީ އަންހެނުންގެ ހައްގުތައް ހިމާޔަތް ނުކުރާ ގައުމުތައް އެމެރިކާ އިން މޮނިޓާކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ހިތްވަރުގަދަ 13 އަންހެނަކަށް އިންޓަނޭޝަނަލް ވިމެން އޮފް ކަރޭޖް އިވޯޑް ދިނުމުގެ ހަފުލާގައި މެލަނިއާ ވަނީ 10 މިނިޓުގެ ތަގްރީރެއް ދެއްވައިފަ އެވެ.

ފިރިކަލުންނާ ނުލައި އެހެން ހަފުލާތަކުން ވެސް މެލަނިއާ ފެނިފައިވަނީ ވަރަށް މަދުންނެވެ. ފެބްރުއަރީ މަހު އެކަމަނާ ވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ސަތަންޔާހޫއާ އެކު ވޮޝިންޓަނުގެ ނޭޝަނަލް މިއުޒިމަށް ވަޑައިގެންފަ އެވެ. މާޗު މަހު ކުރީކޮޅު ވަނީ ނިއު ޔޯކުގެ މެޑިކަލް ސެންޓަރެއްގައި ތިބި ކުދިންނާ ބައްދަލު ކުރައްވައިފަ އެވެ.

އެކަމަކު ދާދި ފަހުން މެލަނިއާ ވަނީ ބައެއް އިވެންޓްތަކުގައި ބައިވެރިވެޑައިގެންފަ އެވެ. މިލިޓަރީ ހޮސްޕިޓަލަކަށް ވަޑައިގެން ޒަޚަމްވެފައިވާ ސިފައިންގެ މީހުންނާ ބައްދަލު ކުރައްވާ، ނޭޝަނަލް ޓީޗާ އެވޯޑް ހަފުލާގައި ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް ހަފުތާ ބަންދުގައި ޓްރަމްޕް ޗުއްޓީ އަށް ވަޑައިގަންނަވާ މަރަ ލަގޯ ރިސޯޓަށް މެލަނިއާ އާއްމުކޮށް ވަޑައިގަންނަވާ ކަމަށްވެ އެވެ.