Roadha Mihaaru
މިއަންމާގައި ހުންނަ އދ.ގެ މަންދޫބު އަނބުރާ ގެންދަނީ

މިއަންމާގައި ހުންނަ އދ.ގެ މަންދޫބު އަނބުރާ ގެންދަނީ

12 އޮކްޓޯބަރ 2017

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 12) - މިއަންމާގައި ހުންނަ އދ.ގެ އެންމެ އިސް މަންދޫބު ރެނަޓާ ލޮކް-ޑެސައިލިއެން އަނބުރާ ގެންދަން ނިންމާފައިވާކަން އދ. އިން އިއުލާންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 12) - މިއަންމާގައި ހުންނަ އދ.ގެ އެންމެ އިސް މަންދޫބު ރެނަޓާ ލޮކް-ޑެސައިލިއެން އަނބުރާ ގެންދަން ނިންމާފައިވާކަން އދ. އިން އިއުލާންކޮށްފި އެވެ.

ޑެސައިލިއެން އަނބުރާ އދ.ގެ މައި މަރުކަޒަށް ބަދަލު ކުރާ އިރު މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ސަމާލުކަމަށް ގެނައުމުގައި އޭނާ ނުކުޅެދިފައިވާ ކަމުގެ ތުހުމަތުތައް ވަނީ ކޮށްފަ އެވެ. މީގެ ދެ ހަފުތާ ކުރިން ވެސް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެފައި ވަނީ ޑެސައިލިއެން އަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އދ. އިން ބުނީ މި މަސް ނިމޭއިރު ޑެސައިލިއެން މިއަންމާ އިން ފުރާނެ ކަމަށެވެ.

ބީބީސީން ތައްޔާރުކުރި ތަހްގީގީ ރިޕޯޓަކަށް ބައެއް އޮފިޝަލުން ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އޮފިޝަލުން ރަކީން ސްޓޭޓުގައި ހަމަނުޖެހުން ހިންގާ ސަރަހައްދުތަކަށް ދިއުމަށް ޑެސައިލިއެން ހުރަސް އަޅައިފައިވާ ކަމަށް ބުނެ މައުލޫމާތު ދީފަ އެވެ.

ރަކީންގައި މިއަންމާ ސިފައިން އަނިޔާވެރި އަމަލުތައް ހިންގަން ފެށި ފަހުން މިހާތަނަށް ވަނީ ބައި މިލިއަނަށް ވުރެ ގިނަ މީހުން ބަންގްލަދޭޝް އަށް އެތެރެވެފަ އެވެ.