Roadha Mihaaru
އދ.ގެ މަންދޫބު މިއަންމާގައި ކުރި މަސައްކަތް ފެނަށް

އދ.ގެ މަންދޫބު މިއަންމާގައި ކުރި މަސައްކަތް ފެނަށް

18 އޮކްޓޯބަރ 2017

ޔަންގޮން (އޮކްޓޯބަރު 17) - މިއަންމާގެ ރަކީން ސްޓޭޓުގެ ހަމަނުޖެހުންތަކުގައި ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީން އަނބުރާ ގެންދިއުމާއި އދ.ގެ އެހީދޭ ޓީމުތަކުން ރަކީން އަށް ވެއްދުމުގެ ހުއްދަ ދިނުމާއި ބެހޭ ގޮތުން އދ.ގެ ސީނިއާ މަންދޫބު މިއަންމާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުންތަކުން އެއްވެސް ނަތީޖާއެއް ނުނިކުމެ ހުސްއަތާ އެނބުރި ވަޑައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އދ.ގެ އަންޑަ-ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓަލް އެފެއާޒް ޖެފްރީ ފެލްޓްމަން މިއަންމާގައި ހޭދަކުރެއްވި ފަސް ދުވަހުގެ ތެރޭގައި ވަނީ އެ ގައުމުގެ ލީޑަރު އަން ސަން ސޫކީއާ ބައްދަލު ކުރައްވައިފަ އެވެ. މީގެ އިތުރުން ސިފައިންގެ ވެރިޔާ ޖެނެރަލް މިން އައުން ހުލައިންއާ ވެސް ބައްދަލު ކުރެއްވި އެވެ. ރަކީން ސްޓޭޓަށް ދީފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށް އެ ސްޓޭޓުގެ މަތިން، ބޯޓެއްގައި ފެލްޓްމަން ދަތުރުކުރެއްވި ކަމަށް ވެސް އދ.ގެ ތަރުޖަމާނަަކު ވިދާޅުވި އެވެ.

"އދ.ގެ މަންދޫބުގެ ދަތުރުގައި ވަނީ ރަކީން ސްޓޭޓަށް އިންސާނީ އެހީދޭ މީހުން ވަނުމުގެ ހުއްދަ ދިނުމަށް ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެފައިވާ ވިދާޅުވުމަށް ބާރު އަޅުއްވާފައި،" އދ.ގެ ތަރުޖަމާން ސްޓެފަން ޑުޖާރިކް ވިދާޅުވި އެވެ.

ރަކީން އަށް އދ.ގެ އެހީދޭ ޓީމުތައް ވަނުމަށާއި ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމަށް އދ. އިން އެދޭތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ރަކީންގައި ރޮހިންޖާ މީހުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގާ ޖަރީމާތައް އދ. އިން ސިފަކޮށްފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ ދަރަޖައިގަ އެވެ. އދ. ގެ ސަލާމަތީ މަޖިލީހުގެ ތެރޭން މިއަންމާއާ ދެކޮޅަށް ފިޔަވަޅު ނޭޅިގެން އުޅެނީ ޗައިނާ އާއި ރަޝިޔާގެ ދެކޮޅު ހެދުންތަކާ އެކު އެވެ.