Roadha Mihaaru
ތިން ރަށެއްގައި ހައުސިން ޔުނިޓް އަޅަން ބީލަމަށް

ތިން ރަށެއްގައި ހައުސިން ޔުނިޓް އަޅަން ބީލަމަށް ލައިފި

15 އޮކްޓޯބަރ 2017

ކޮންޓްރެކްޓަ ފައިނޭންސް އުސޫލްގެ ދަށުން ތިން ރަށެއްގައި 300 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮންޓްރެކްޓަ ފައިނޭންސް އުސޫލްގެ ދަށުން ތިން ރަށެއްގައި 300 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އައްޑޫ ފޭދޫ، ޅ. ނައިފަރު އަދި ޅ. ހިންނަވަރުގައި ހައުސިން ޔުނިޓްތައް އަޅައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 21 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން 1،500ރ. ގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.

ކޮންމެ ރަށެއްގައި އިމާރާތް ކުރާ 100 ހައުސިން ޔުނިޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 250،000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވަން އޮންނާނީ އަންނަ މަހުގެ 23 ގަ އެވެ. މި މަޝްރޫއާ ބެހޭ އެއްވެސް މައުލޫމާތެއް ބޭނުން ނަމަ އަންނަ މަހުގެ 9 ގެ ކުރިން އެކަން އަންގަން ޖެހެ އެވެ.