Roadha Mihaaru
ދެ އަހަރަށް ފަހު ޔުވެންޓަސް އަމިއްލަ ދަނޑުގައި ބަލިވެއްޖެ

ދެ އަހަރަށް ފަހު ޔުވެންޓަސް އަމިއްލަ ދަނޑުގައި ބަލިވެއްޖެ

15 އޮކްޓޯބަރ 2017

ޓިއުރިން (އޮކްޓޯބަރު 15) – އިޓާލިއަން ލީގުގައި ރޭ ލާޒިއޯ އަތުން 2-1 އިން ބަލިވެ ޗެމްޕިއަން ޔުވެންޓަސް ދެ އަހަރު ތެރޭ ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ބައްޔަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓިއުރިން (އޮކްޓޯބަރު 15) – އިޓާލިއަން ލީގުގައި ރޭ ލާޒިއޯ އަތުން 2-1 އިން ބަލިވެ ޗެމްޕިއަން ޔުވެންޓަސް ދެ އަހަރު ތެރޭ ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ބައްޔަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޔުވެންޓަސް އެންމެ ފަހުން އަމިއްލަ ދަނޑުގައި ބަލިވީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހު އުދިނޭޒީ އަތުން 1-0 އިންނެވެ. އޭގެ ފަހުން އެ ޓީމު ވަނީ ބަލިނުވެ 41 މެޗު ފުރިހަމަކޮށްފަ އެވެ. އޭގެ ތެރެއިން 38 މެޗުން ވަނީ މޮޅުވެފަ އެވެ.

ޔުވެންޓަސްގެ ޑަގްލަސް ކޮސްޓާ 23 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދީފައިވަނިކޮށް ލާޒިއޯ ފަހަތުން އަރައި ކުރި ހޯދީ ދެ ވަނަ ހާފުގައި ޗީރޯ އިމޮބިލޭ ޖެހި ދެ ލަނޑުންނެވެ. މެޗުގެ ފަހު ވަގުތު ޔުވެންޓަސް އަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު ފަހު ޕައޮލޯ ޑީބަލާ ޖެހި ޕެނަލްޓީ ލާޒިއޯގެ ގޯލްކީޕަރު މަތަކުރި އެވެ.

މިހާރު ތާވަލުގެ އެއް ވަނައިގައި އޮތީ ރޭ ރޯމާ އަތުން 1-0 އިން މޮޅުވި ނަޕޯލީ އެވެ. އެ ޓީމު ކުޅުނު އަށް މެޗުން ވެސް މޮޅުވެފައިވާއިރު އެއް ވަނައިގައި އޮތީ 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 19 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ އިންޓަ އެވެ. ލާޒިއޯ ވަނީ 19 ޕޮއިންޓާ އެކު ތިން ވަނަ އަށް ޖެހިލައިފަ އެވެ. ޔުވެންޓަސް އަށް ވެސް 19 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމު ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ.

ރަށުން ބޭރުގައި ރޯމާ އަތުން ނަޕޯލީ މޮޅުވިއިރު އެ ޓީމުގެ ހަމައެކަނި ލަނޑު 20 ވަނަ މިނެޓުގައި ޖެހީ ލޮރެންޒޯ އިންސީނޭ އެވެ. މިއީ ކެރިއަރުގައި އޭނާ 313 ލަނޑުން ޖެހި 100 ވަނަ ގޯލެވެ.