21 އޮކްޓޯބަރ 2017
މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދ. ކުޑަހުވަދޫ ޓީމުން ދިވެހި ޕްރިމިއާ ލީގަށް ކުޅުންތެރިން އިތުރުކުރި ނަމަ އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރުނީސް ކަމަށް ލީގުގައި މިއަދު ހަވީރު އެ ޓީމާ ވާދަކުރާ ގދ. ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދ. ކުޑަހުވަދޫ ޓީމުން ދިވެހި ޕްރިމިއާ ލީގަށް ކުޅުންތެރިން އިތުރުކުރި ނަމަ އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރުނީސް ކަމަށް ލީގުގައި މިއަދު ހަވީރު އެ ޓީމާ ވާދަކުރާ ގދ. ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ވިކްޓަރީ އާއި މާޒިޔާއާ އެކު ލީގު ކާމިޔާބުކޮށްފައިވާ ސުޒޭނާއި ނިއު ރޭޑިއަންޓާ އެކު ލީގު ކާމިޔާބުކޮށްފައިވާ މޯހަން މިނިވަން ޗެމްޕިއަންޝިޕުގެ ދެ ޓީމު ގޮވައިގެން ނުކުންނައިރު ހާލަތު ތަފާތެވެ. ސުޒޭނުގެ ތިނަދޫ ޓީމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިން އިތުރުކޮށްފައިވާއިރު މޯހަންގެ ކުޑަހުވަދޫ ޓީމަށް ބަދަލެއް ނާދެ އެވެ. ތިނަދޫ 10 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތްއިރު ކުޑަހުވަދޫ އޮތީ އެންމެ ޕޮއިންޓަކާ އެކު ފުލުގަ އެވެ.
ދެ ވަނަ ބުރުގައި ތިނަދޫ ޓީމާ ހަވާލުވި ސުޒޭން ބުނީ ލީގުގައި ކުޑަހުވަދޫގެ ނަތީޖާތައް ރަނގަޅު ނޫން ނަމަވެސް، މޮޅުވާން މަޖުބޫރު މެޗެއްގައި މޯހަން ފަދަ ތަޖުރިބާކާރު ކޯޗަކާ ދެކޮޅަށް ނުކުތުމަކީ ޕްރެޝަރެއް ކަމަށެވެ.
"ފުރަތަމަ ބުނާނެ އެއްޗަކީ މޯހަން ކުޑަހުވަދޫއާ އެކު ފަހުން މި ނެގި ޑިސިޝަނަކީ ރަނގަޅު ޑިޒިޝަނެއް ނޫން ކުޅުންތެރިން އިތުރުނުކުރަން. އެހެން ނޫން ނަމަ އޭނާ މި މުބާރާތުގައި ބައިވަރު ރަނގަޅު ނަތީޖާތަކެއް ނެރުނީސް،" ސުޒޭން ބުންޏެވެ. "އެހެން ނަމަވެސް ހަމަ ކޮންމެ މެޗަކީ ވެސް މުހިއްމު މެޗެއްކަން ބަލައިގެން އޭނާ ވެސް އެންމެ ފަހުން މެޗުގައި ވަރަށް ރަނގަޅު ފައިޓެއް ދީފައިވަނީ. ދެން އެހެންވީމާ އެއަށް ބަލާއިރު ތިނަދޫ މި މެޗުން މޮޅުވާން މަޖުބޫރު މެޗެއްގައި މިއީ ހަމަ ވަރަށް ޕްރެޝަރު މޯހަން ކަހަލަ ތަޖުރިބާކާރު ކޯޗަކާ ވާދަކުރަން ނުކުތުން."
ސުޒޭނާއި މޯހަން އަކީ ކުރިން ވާދަވެރި ދެ ކޯޗުންނެވެ. ހާއްސަކޮށް ސުޒޭން ވިކްޓަރީގައި މަސައްކަތްކުރިއިރު އަދި މޯހަން އެފްއޭއެމާއި ގައުމީ ޓީމުގައި މަސައްކަތްކުރި ދުވަސްވަރެވެ. އެކަމަކު ސުޒޭން ބުނީ ފަހުގެ ބަޔަށް ބަލާއިރު އޭނާ އާއި މޯހަންގެ ކުރީގައި އޮތް ވާދަވެރިކަމުގެ 75 ޕަސެންޓް އޮތީ ނިމިފައި ކަމަށެވެ.
"އެއީ އަޅުގަނޑުމެން ދެ މީހުންނަކީ މިހާރު ހަމަ ކޮންމެ ދުވަހަކު މާލޭގައި އުޅެންޏާ ކޮފީން ވެސް ދިމާވެލާ ވާހަކަދައްކާލާ ދެ މީހުންނަށް ވީމާ ކުރީގައި އެއޮތް ބަޔެއް ނޯންނާނެ. އެއްއިރެއްގައި ވެސް އަޅުގަނޑަކީ އެއްވެސް މީހަކާ އެއްވެސް އިރެއްގައި ޒާތީކަމެއް އޮންނަ މީހެއް ނޫން. އަޅުގަނޑު ޕްރެސްއެއްގައި ބުނެލާ އެއްޗަކީ އެއްވެސް ޒާތީ ކަމެއް އެއްވެސް ކްލަބަކާ އެއްވެސް މީހަކާ ވެސް އޮވެގެން ބުނާ އެއްޗެއް ނޫން. އެ ބުނާ އެއްޗަކީ އަޅުގަނޑުގެ ހިތުގައި އޮންނަ އެއްޗެއް. އަޅުގަނޑު ވަރަށް ސްޓޯކުރުމުގެ ބައި ދަށް ވާނެ ހިތުގައި. އެ އޮންނަ އެއްޗެއް ބުނެލެވޭނެ ވަރަށް އަވަހަށް. އެހެންވީމާ އެގޮތުން ބުނެލާފައި ހުރި އެއްޗެހި ފަހުން އެއްވެސް މީހަކާ ދޭތެރޭ ޕާސަނަލް ކަމެއް ނޯންނާނެ،"
ސުޒޭން ބުނީ އެއްވެސް މީހަކާ އޭނާ ޒާތީވާން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށާއި ފުޓްބޯޅައިގައި އެއްވެސް މީހަކު އޭނާ އަށް ހަދިޔާއަކަށް ދިން އެއްޗެއް ނޯންނާނެ ކަމަށެވެ. ތަބަކަކަށްލާފައި ދިން މަގާމެއް ވެސް ނޯންނާނެ ކަމަށައި ފުޓްބޯޅައިގައި ހޯދި ހުރިހާ އެއްޗެއް ހޯދީ ބުރަ މަސައްކަތުން ކަމަށް ސުޒޭން ބުންޏެވެ.
"އެހެންވީމާ އެއަށް ބަލާއިރު އަޅުގަނޑާ މޯހަންއާ މި ފަހަރު ދިމާވުން ކުރީގައި އެހުންނަ ހައިޕް ނުހުރެދާނެ. އަޅުގަނޑުމެން ދެ މީހުން ކުރިއަށް ވުރެ މާގާތް ދެ މީހުން ގޮތަށް މި ދިމާވަނީ. އެކަމަކު ކޮންމެ ގޮތެއް ވިޔަސް ވާދަވެރި މެޗެއްގައި ނުކުތީމާ އެ ހުންނަ ހުރިހާ ކަމެއް ހަމަ ހުންނާނެ،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ ފުޓްބޯޅައިގައި އޭނާ ހޯދާ ކާމިޔާބީތައް މީޑިއާ އިން ގުނައި އޭގެ ރެކޯޑްސްތައް ބަލަހައްޓާ ކަމަށާއި އެހެންވެ ގެޔަށް މެޑަލްތައް ގެންގޮސް އެތަކެތި ފޮހެ ސާފުކޮށް ބަލަހައްޓައި އެ ގުނަން ގޭގައި ހުންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"އަޅުގަނޑު ހަނދާންވާ ގޮތުން އެންމެ ފަހުން މާޒިޔާގައި އަޅުގަނޑު އެޅި މެޑަލް ވެސް އެތަނުން ކުއްޖަކު ފޮޓޯ ނަގަން ބުނީމާ އެ ކުއްޖާ އަށް ދިނިން އޭތި. އެ ފަހަކުން އޭތި އަތުލާކަށް ހަނދާނެއް ނެތް. މީގައި ވާގޮތަކީ އަޅުގަނޑަށް ވުރެ ބޮޑަށް އަޅުގަނޑުގެ ރެކޯޑްސް އެކަހަލަ އެއްޗެހި ބަލަހައްޓާނެ މީޑިއާ އިން. އެހެންވެ އެ މެޑަލްތައް ގޭގައި ބަހައްޓައިގެން ކޮންމެ ދުވަހަކު ފޮހެގެން ބެލެހެއްޓުމުގެ ބަދަލުގައި މީޑިއާއާ އެކަން ހަވާލުކޮށްލިއްޔާ އަޅުގަނޑަށް އެނގޭނެ. (ކުޅިވަރު ނޫސްވެރިޔާ) އަޒްމީނަށް ގުޅާލާފައި މިހާރު ކިތަށް ތަށި ހޭ ހަމަވީ (އަހާލަން ޖެހޭނީ)؟ އެ މީހުން ބުނާނެ މިހާރު ބާރަ ވަރަކަށް ތަށި ވެއްޖެއްޔޭ. ދެން އަދި ކުރިއަށް ތިއޮތީ ތޭރައޭ. އަޅުގަނޑު ގޭގައި މެޑަލް ގުނަން އިނުމަށް ވުރެ ފަސޭހަ ވާނެ ކަންނޭގެ އެ ގޮތަށް އެ އަދަދު ގުނާލަން،" ސުޒޭން ބުންޏެވެ.
މިއަދުގެ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ސުޒޭން ބުނީ ތިނަދޫގައި ކުރިން ހުރި ސްޕެއިން ކޯޗު ވެސް ރަނގަޅު މަސައްކަތްތަކެއްކޮށްފައިވާ ކަމަށާއި އެ މަސައްކަތުގެ ތެރެއަށް އޭނަގެ ވިސްނުން އިތުރުކޮށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެ ކޯޗާ ހިތްހަމަނުޖެހިގެން ބައެއް ކުޅުންތެރިން ޕްރެކްޓިހަށް ހާޒިރުނުވެ ވެސް ދިޔަ އެވެ. ސުޒެއިން ބުނީ އެއީ ކުޅުންތެރިން ގޯސް ވިސްނުމެއްގައި ކޮށްފައިވާ ކަމެއް ކަމަށާއި ކޮންމެ ކަމެއް ދިމާވިޔަސް ޕްރެކްޓިހަށް ގޮސް ރަނގަޅަށް މަސައްކަތްކުރަން ރާއްޖޭގެ ހުރިހާ ކުޅުންތެރިންނަށް ގޮވާލާ ކަމަށެވެ. އަދި ތިނަދޫ ޓީމަށް އޭރު ދިމާވި މައްސަލަތައް މެނޭޖްމަންޓުންގެ މަސައްކަތާ އެކު މިހާރު ހައްލުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ގަދަ ހަތަރަކަށް ތިނަދޫ އިން ވާދަކުރާ ގްރީންސްޓްރީޓްސް ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފަ އެވެ. އެ ޓީމު 12 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު ތިނަދޫ މިއަދު މޮޅުވެއްޖެ ނަމަ އެއް ޕޮއިންޓުގެ ލީޑަކާ އެކު ހަތަރު ވަނަ އަށް އެރޭނެ އެވެ. ސުޒޭން ބުނީ ގްރީންސްޓްރީޓްސް ބަލިވުމަކީ އޭނާގެ ޓީމަށް ލިބުނު ފުރުސަތެއް ކަމަށާއި އޭގެ ބޭނުން ވީހާ ވެސް ބޮޑަށް ހިފަން ބޭނުންވާނެ ކަމަށެވެ.
ފުޓްބޯޅަ ހަލާކުކުރަންޏާ ސަޕޯޓަރުން ނާންނާނެ: ސުޒޭން
ނިއު އިން މިހާރު ތަފާތު އެބަފެނޭ: ސުޒޭން
"ނިއު އާއި މާޒިޔާ އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް"
މާޒިޔާ ދަސްވެފައިވުމުގެ ފައިދާ ސުޒޭނަށް ނެގިދާނެތަ؟
ކުޑަހުވަދޫ އަށް މިއީ ތަޖުރިބާގެ މަރުހަލާއެއް: މޯހަން
ކްލަބްތައް މާލީ މައްސަލަތަކެއްގެ ތެރޭގައި!
ނިއު އާއި މާޒިޔާ މެޗުގެ މައްސަލަތަކެއް ބަލަން ފަށައިފި
"ނިއު ތަފާތު ދައްކައިފި، ކާމިޔާބު އޮތީ ކުރިއަށް"
މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި
ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ އަށް ލީގުގެ ދެ ވަނަ