30 ސެޕްޓެމްބަރ 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގިނަ ކްލަބްތައް އޮތީ މާލީ މައްސަލަތަކެއްގެ ތެރޭގައި ކަމަށާއި ސީޒަނުގެ މިހާ ކުރީކޮޅު މި ހާލަތައް ކްލަބްތައް ވެއްޓުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ ކްލަބް އީގަލްސްގެ މުހައްމަދު ޝިޔާޒް (މޯހަން) އަދި ކްލަބް ގްރީންސްޓްރީޓްސްގެ އަލީ ސުޒޭން ބުނެފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގިނަ ކްލަބްތައް އޮތީ މާލީ މައްސަލަތަކެއްގެ ތެރޭގައި ކަމަށާއި ސީޒަނުގެ މިހާ ކުރީކޮޅު މި ހާލަތައް ކްލަބްތައް ވެއްޓުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ ކްލަބް އީގަލްސްގެ މުހައްމަދު ޝިޔާޒް (މޯހަން) އަދި ކްލަބް ގްރީންސްޓްރީޓްސްގެ އަލީ ސުޒޭން ބުނެފި އެވެ.
ލީގުގައި ހުކުރު ދުވަހުގެރޭ ގްރީންސްޓްރީޓްސް އަތުން 1-0 އިން މޮޅުވި ފަހު މެޗަށް މޯހަން ބުނީ މިވަގުތު އޮތީ ކިރިޔާ އައިސް ކުޅެލެވޭ ވަރުގެ ޓީމުތަކާއި ކުޑަކޮށް ޕްރެކްޓިސްކޮށްލެވޭ ޓީމުތަކާއި ތަންކޮޅެއް ރަނގަޅަށް ޕްރެކްޓިސްކޮށްލެވޭ ޓީމުތަކެއް ކަމަށެވެ.
"މިދިޔަ އަހަރަށް ވުރެ ހާލު ބޮޑުކޮށް ފެންނަނީ. މިހާރު ވިސްނަންވީ އަންނަ އަހަރު ކިހިނެއްތޯ ވާނީ. ކިހިނެއްތޯ ހެދޭނީ. ކިހިނެއްތޯ ހަދަންޖެހޭނީ. މީގެ ހައްލުތަކެއް މިހާ ކުރިން ހޯދަން ނޫޅެފިއްޔާ ވަރަށް ބޮޑު މައްސަލައަކަށްވާނެ،" އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު ބުންޏެވެ.
އަހަރުގެ ފަހުކޮޅަށް އެޅިފައިވާއިރު މިހާތަނަށް ފުރިހަމަކުރެވުނީ އެސްޓީއޯ މާލޭ ލީގެވެ. ޕްރިމިއާ ލީގުގެ ބޮޑުބައި އަދި އޮތްއިރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަތްނުލާ އެބައޮތެވެ.
"މި ހާލަތަށް އެންމެ ބޮޑު ލީގުގެ ކްލަބްތައް މިހާ ކުރީ ބައިގައި ވެއްޓުނީމާ މިއީ އެންމެންމެ ވެގެން ވިސްނަން ޖެހޭ ކަމެއް،" މޯހަން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މާޒިޔާ ފިޔަވައި އެހެން ހުރިހާ ކްލަބަކަށް މާލީ މައްސަލަތައް ވަނީ ދިމާވެފަ އެވެ. ވިކްޓަރީގައި މުސާރަ މައްސަލަ ދިމާވެ ކޯޗު ލާސްލޯ ކިސް ފުރައި، ލީގުގެ މެޗަށް ނުކުތީ އެއްވެސް ޕްރެކްޓިހެއް ނުކޮށެވެ. ލީގުގެ ޗެމްޕިއަންކަމަށް އެންމެ ބޮޑަށް ވާދަކުރަ ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބުގައި ވެސް އެފަދަ މައްސަލަތަކެއް އެބައުޅެ އެވެ. އީގަލްސް އާއި ގްރީންސްޓްރީޓްސް އަށް ވެސް އެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ދެ ކޯޗުން ބުންޏެވެ.
"މިއީ އަޅުގަނޑަށް ހީވާ އެއްޗެއް. ގިނަ ކްލަބްތަކުން މޮޅެއް ވާކަށް، ކާމިޔާބެއް ހޯދާކަށް ހެނެއް ހީނުވޭ މެޗަށް މިހާރު އަންނަނީ. މެޗެއް ނުކުޅެ ދުއްވާނުލާން ވެގެން އަންނަހެން ހީވަނީ. ސީޒަން ދިގު ދެމިގެންދާ ވަރަށް މި މަންޒަރު ބޮޑުވެގެންދާނެ،" މޯހަން ބުންޏެވެ.
"ކޮންމެވެސް ބަޔަކު ޒިންމާ ވެގެން މިކަމަށް ހައްލެއް ބޭނުންވޭ."
ގްރީންސްޓްރީޓްސްގެ ކޯޗު ސުޒޭން ބުނީ އެ ކްލަބުގައި ވެސް ވަރަށް ބޮޑަށް މާލީ މައްސަލަތަކެއް އެބައުޅޭ ކަމަށާއި އެކަމަކު އެއްވެސް ޕްރެކްޓިހެއް ނުކޮށް އައިސް ޕްރިމިއާ ލީގު ކުޅޭ ވަރަށް ވުރެ އެ ކްލަބާއި ކުޅުންތެރިންގެ ކިބައިގައި ހިތްވަރާއި ގޮތް އެބަހުރި ކަމަށެވެ. އޭނާގެ ކުރިން ކުޅެ ކޯޗުކޮށްދިން ވިކްޓަރީން މިދިޔަ ހަފުތާގައި މާޒިޔާއާ ދެކޮޅަށް ނުކުތީ ޕްރެކްޓިހެއް ނުކޮށެވެ.
"ވިކްޓަރީ ކަހަލަ ބޮޑު ކްލަބަކާ ބަލާއިރު ވަރަށް ހިތާމަހުރި ކަމެއް. އެހާ ބޮޑު މާޒީއެއް އޮތް ކްލަބެއްގައި ޕްރިމިއާ ލީގު އެއްވެސް މެޗެއް ޕްރެކްޓިސްނުކޮށް ދެ މަސް ތިން މަސްކޮށްލާފައި ކުޅުން. އެ ވާހަކަ އަޅުގަނޑަށް ނުދެއްކޭނެ. އެހެން ނަމަވެސް މިއީ ފުޓްބޯޅައާ ޖުމްލަކޮށް ގުޅުން ހުރި ވާހަކައަކަށްވާތީ ދަންނަވާލީ،" ސުޒެން ބުންޏެވެ.
ސުޒޭން ބުނީ ކޮންމެ ކްލަބަކަށް އަހަރަކު ދެ މިލިއަން ނުވަތަ ތިން މިލިއަން ލިބޭއިރު ވެސް މި މައްސަލަ ދިމާވާ ސަބަބެއް ހޯދަން ޖެހޭ ކަމަށާއި ޓީމުތައް ހިންގާ މީހުން ވެސް މުސާރައިގެ ކަންތައްތަކާ ފައިސަގެ އަދަދުތައް ހަމަޖެއްސުމުގައި ވިސްނަން ޖެހޭ ކަމަށެވެ.
"މިފަދަ ކަންތައްތަކުގެ ސަބަބުން މޯރަލީ ދަށްވާނެ،" ސުޒޭން ބުންޏެވެ.
"ހާލަތު ރަނގަޅެއް ނޫން، ހިތްވަރަކީ ކުޅުންތެރިން"
ފެންނަނީ މާޔޫސްވާވަރުގެ މަންޒަރުތަކެއް: މޯހަން
ހާސްވާން ޖެހޭ ސަބަބެއް އަދި ނެތް: މޯހަން
މޯހަން އަށް އެޅުނީ ޅަ އެއްޗެއް: ސުޒޭން
ނެގެޓިވް ވާހަކައެއް ދައްކަން ސުޒޭން ބޭނުމެއް ނޫން
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ބަންގްލަދޭޝްގެ ދަނޑު ރަނގަޅު، އެޑްވާންޓޭޖް ރާއްޖެއަށް
ކުޅުންތެރިންގެ ފަރާތުން ފެނުނީ ހުސް ޕޮޒިޓިވްކަންކަން
އަހްނަފަށް ދިފާއީ މަގާމު ދޭން ސުޒޭން ޖެހިލުމެއްނުވޭ
އުޒުރެއް ނުދައްކާނަން، ޓީމު ރަނގަޅަށް ތައްޔާރު