Roadha Mihaaru
މޯލްޑިވިއަން އައިޑަލް މިފަަހަރު ވެސް ދިރާގަށް

ދިރާގުން ތިން ވަނަ ފަހަރަށް މޯލްޑިވިއަން އައިޑަލް ސްޕޮންސާކޮށްފި

25 އޮކްޓޯބަރ 2017

ޓީވީއެމުން ކުރިޔަށް ގެންދާ މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނެއްގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ޓީވީއެމުން ކުރިޔަށް ގެންދާ މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނެއްގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވިއަން އައިޑަލްގެ ސްޕޮންސާޝިޕް އެގްރިމަންޓްގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމާއިލް ރަޝީދެވެ. ޓީވީއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްމާއިލް ވިދާޅުވީ އެ ޕްރޮގްރާމް ސްޕޮންސާކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ދެ ޖިންސުގެ ޒުވާނުން ހިތްހަމަޖައްސައިދިނުން ކަމަށެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ދިރާގުން ސޮއިކުރުމަށް ފަހު އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ދިރާގުން ސޮއިކުރުމަށް ފަހު އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ދެ ޖިންސުގެ ޒުވާނުންގެ ވަރަށް ބޮޑު ތަރުހީބެއް މި ޝޯއަށް ލިބެމުން އަންނަކަން ފާހަގަކުރެވޭ. މި ޝޯގެ ސަބަބުން ވަރަށް ގިނަ ޒުވާނުންނަށް ލަވަ އާއި މިއުޒިކްގެ ހުނަރު ތަރައްގީކުރުމަށް ވަރަށް ބޮޑު ފުރުސަތެއް ލިބިގެންދޭ،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ ސީއެސްއާރުގެ ތެރޭގައި ވެސް ޒުވާނުންގެ ހުނަރު ކުރިއެރުވުމަށާއި ތަރައްގީކުރަން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމަށެވެ. އަދި އެ ކުންފުނިން ވަރަށް ގިނަ އާ ހިދުމަތްތަކެއް ތައާރަފްކުރަމުން އަންނައިރު އޭގެ މައުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވެސް މޯލްޑިވިއަން އައިޑަލްގެ ބޭނުން ހިފޭ ކަމަށް ވިދާޅުވި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިރާގުގެ އިސް އޮފިޝަލުންގެ އިތުރުން ޕީއެސްއެމްގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.