31 އޮކްޓޯބަރ 2017
ވިލާ އެއާ އިން ގދ. ކާޑެއްދޫ އެއާޕޯޓު ހިންގި ދުވަސްވަރު މުވައްޒަފުން މެދުވެރިކޮށް ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރުވާފައި ނުވާނެ ކަމަށް ވިލާ އެއާ އިން އިއްޔެ ބުނެފި އެވެ.
ވިލާ އެއާ އިން ގދ. ކާޑެއްދޫ އެއާޕޯޓު ހިންގި ދުވަސްވަރު މުވައްޒަފުން މެދުވެރިކޮށް ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރުވާފައި ނުވާނެ ކަމަށް ވިލާ އެއާ އިން އިއްޔެ ބުނެފި އެވެ.
ޗެނަލް 13 ގެ "ނިއުސް ޓޯކް" ޕްރޮގްރާމްގައި މަޑަވެލީ ދާއިރާގެ ޕީޕީއެމް މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިލާ އެއާއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ކާޑެއްދޫ އެއާޕޯޓު ހިންގުމާ ޖެނުއަރީ 1، 2014 ގައި ހަވާލުވެ، މި އަހަރުގެ މާޗް 6 ގައި ސަރުކާރުން އެއްބަސްވުމާ ހިލާފަށް އެއާޕޯޓު އަތުލުމާ ހަމައަށް އެތަން މަރާމާތުކޮށް، ހިންގާ ބެލެހެއްޓުމަށް 112 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
ވިލާ އެއާ އިން ބުނީ ކާޑެއްދޫ އެއާޕޯޓު ހިންގި ދުވަސްވަރު ގައުމީ ސަލާމަތަށް ނުކުރައްވާ ފަދަ އެއްވެސް ކަމެއް މުވައްޒަފުން ބޭނުންކޮށްގެން ކުރުވާފައި ނުވާނެ ކަމަށެވެ. މިއީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންގެ އަގު ވައްޓާލަން މުއާޒް ދެއްކެވި ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ވިލާ އެއާއަކީ ގާނޫނާއި ގަވައިދަށް ހުރުމަތްތެރިކޮށް ހިތާ އަދި މުވައްޒަފުން މެދުވެރިކޮށް ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރުވާފައިވާ ކުންފުންޏެއް ނޫނެވެ. އަދި މިފަދަ ކަމެއް ދުވަހަކު ވެސް ކުރުވާނެ ކުންފުންޏެއް ވެސް ނުމެނޫންމެ އެވެ. ވިލާގެ ކުންފުނިތަކުން އަބަދުވެސް މަސައްކަތް ކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށެވެ. ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި ރަނގަޅު މުޖުތަމައުއެއް ބިނާ ކުރުމަށެވެ،" ބަޔާނުގައިވެ އެވެ.
ވިލާ އެއާ އިން ބުނި ގޮތުގައި އެއްބަސްވުން އުވާލުމުން، އެއާޕޯޓު ސަރުކާރާ ހަވާލުކޮށްފައިވަނީ އެއާޕޯޓުގައި ހުރި ވިލާ ކުންފުނީގެ ގިނަ މުދާތަކާ ވެސް އެކުގަ އެވެ. އެގޮތުން އެއާޕޯޓުގައި 12 މިލިއަން ރުފިޔާއަށް ވުރެ ގިނަ މުދާ ހުރި ކަމަށް ބަޔާނުގައިވެ އެވެ. އެ ހުރިހާ އެއްޗަކާ އެކު އެއާޕޯޓް ހަވާލުކުރީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަކަށްޓަކައި ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"އެއާޕޯޓު ހަވާލު ކުރެވުނު ފަހުން ހަތް މަހަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް މި ތަކެތީގެ އަގު ނުވަތަ ތަކެތީގެ ބަދަލު ވެސް މި ކުންފުންޏަަށް ލިބިފައެއް ނުވެ އެވެ. ނަމަވެސް ރީޖަނަލް އެއާޕޯޓް އިން މިއަދު ވެސް އެއާޕޯޓު ހިންގަމުން ދަނީ މި ތަކެތީގެ ބޭނުންކޮށްގެންނެވެ،" ވިލާ އެއާގެ ބަޔާނުގައިވެ އެވެ.
ވިލާ އެއާއިން ބުނީ ކާޑެއްދޫ އެއާޕޯޓުގެ އެއްބަސްވުން އުވާލުމުގެ ނަތީޖާއެއްގެ ގޮތުން މިދިއަ ހަތް މަސް ތެރޭގައި އެއާޕޯޓުގެ ތަރައްގީ އަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ.
ދާދި ފަހުން ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓުގައި ކާޑެއްދޫ އެއާޕޯޓް ހިންގަން 40 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ވިލާ އެއާގެ ބަޔާނުގައި ބުނީ 50 އަހަރަށް ކާޑެއްދޫ އެއާޕޯޓު ތަރައްގީކޮށް ހިންގަން ކުރި އެއްބަސްވުން އުވާލުމުން ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލާގައި ކާޑެއްދޫ އެއާޕޯޓަށް ކުންފުނިން ކުރި ހަރަދާއި އެއްބަސްވުމުގެ ދަށުން ރިސޯޓެއް ތަރައްގީކޮށް ހިންގަން ބ. މެންދޫ ހަވާލުކޮށްފައި ނުވާތީ އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ އަދަލުވެރި ބަދަލު ސަރުކާރުން ދޭން ޖެހޭނެ ކަމަށް އެދިފައިވާނެ ކަމަށެވެ.
ކާޑެއްދޫ އެއާޕޯޓުގެ ބަދަލު ނުހޯދަން ނިންމައިފި
ކާޑެއްދޫ އެއާޕޯޓުގެ މައްސަލާގައި ސުޕްރީމް ކޯޓަށް
ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭން ކުރި ހުކުމް ރަނގަޅު
ކާޑެއްދޫ އެއާޕޯޓު ރީޖަނަލް އެއާޕޯޓާ ހަވާލުކޮށްފި
ވިލާ އިން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ބަލައިފި
ވިލާ އެއާގެ އާ ވެބްސައިޓް ލޯންޗުކޮށްފި
ރެޑްބޮކްސްގެ ތަކެތި ވިލާ އެއާއިން ޑެލިވަރީ ކޮށްދެނީ
ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލުކޮށްފި
ރަށެއް ނުލިބި، އެއާޕޯޓާ ހަވާލެއް ނުވެވޭނެ: ވިލާ އެއާ
ކާޑެއްދޫ މައްސަލާގައި ވިލާއަށް ސުޕްރީމް ކޯޓުން ކާމިޔާބު