Roadha Mihaaru
ނަސްރުގެ ދުވަހުގެ ފޮޓޯ މައުރަޒު މި އަހަރު އައްޑޫގައި

ނަސްރުގެ ދުވަހުގެ ފޮޓޯ މައުރަޒު މި އަހަރު އައްޑޫގައި

01 ނޮވެމްބަރ 2017

ނަސްރު ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބާއްވާ ސިފައިންގެ ފޮޓޯ މައުޒަރު މި އަހަރު އައްޑޫގައި ކުރިއަށް ގެންދަން ނިންމައިފި އެވެ. ސިފައިންގެ 20 ވަނަ ފޮޓޯ މައުރަޒު އޮންނާނީ މި މަހުގެ 4 އާއި 5 ގައި ހުޅުމީދޫގަ އެވެ. މައުޒަރު ކުރިއަށް ދާނީ ސ. އަތޮޅު މަދަރުސާގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނަސްރު ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބާއްވާ ސިފައިންގެ ފޮޓޯ މައުޒަރު މި އަހަރު އައްޑޫގައި ކުރިއަށް ގެންދަން ނިންމައިފި އެވެ. ސިފައިންގެ 20 ވަނަ ފޮޓޯ މައުރަޒު އޮންނާނީ މި މަހުގެ 4 އާއި 5 ގައި ހުޅުމީދޫގަ އެވެ. މައުޒަރު ކުރިއަށް ދާނީ ސ. އަތޮޅު މަދަރުސާގަ އެވެ.

އެމްއެންޑީއެފުން ބުނީ މި ފޮޓޯ މައުރަޒުގައި ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލާއާ ގުޅުން ހުރި ފޮޓޯތަކާއި ގުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި އިޖުތިމާއީ އެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީހާއި 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތަކުން އަރައި ގަތުމަށް ސިފައިން ކުރި މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި ސިފައިންގެ ހިދުމަތްތަކާ ގުޅުން ހުރި ގިނަ ފޮޓޯތައް ދައްކާލާނެ ކަމަށެވެ.

އަހަރަކު ދެ ފަހަރު އެމްއެންޑީއެފުން ބާއްވާ ފޮޓޯ މައުރަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އާންމުކޮށް އޮންނަނީ ހުޅުވާލައިފަ އެވެ.

އެމްއެންޑީއެފުން ބުނީ ފޮޓޯ މައުރަޒުގެ ތެރެއިން އާއިލީ ހަވީރެއް ވެސް 4 ވަނަ ދުވަހު އަތޮޅު މަދަރުސާގައި އޮންނާނެ ކަމަށެވެ. އާއިލީ ހަވީރުގައި ސިފައިންގެ ހިދުމަތްތަކާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ހާއްސަ ބައެއް ކުޅިވަރުތަކާއި އެކިކަހަލަ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.