Roadha Mihaaru
އެމްއެެންޑީއެފްގެ "ރަން 127" އައްޑޫގައި ބާއްވައިފި

އެމްއެެންޑީއެފްގެ "ރަން 127" އައްޑޫގައި ބާއްވައިފި

16 ޖޫން 2019

އެމްއެންޑީއެފްގެ 127 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އައްޑޫގައި އިއްޔެ "ރަން 127" ބާއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމްއެންޑީއެފްގެ 127 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އައްޑޫގައި އިއްޔެ "ރަން 127" ބާއްވައިފި އެވެ.

އިއްޔެ ހަވީރު މަރަދޫ ރަސްމީ ބޯޅަދަނޑުން ފެށި ދުވުމުގައި އައްޑޫގެ އެކި އަވަށްތަކުން ދުވުންތެރިން ބައިވެރިވި އެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން ބޭއްވި ދުވުމުގައި ވަނަތައް ހޯދި މީހުންނަށް ވަނީ މެޑަލާއި ސެޓްފިކެޓާއި ފައިސާގެ އިނާމު ވެސް ދީފަ އެވެ.

އެގޮތުން ފަސް ކިލޯ މީޓަރު ދުވުމުގެ ފިރިހެން ބައިން އެއް ވަނަ ހޯދީ އަބްދުﷲ ނިހާޝެވެ. އޭނާ ނިންމީ 20 މިނެޓް ހަތް ސިކުންތުން ދުވުން ފުރިހަމަކޮށް އެއް ވަނަ މަގާމަށް ދިން 4،000ރ. ހޯދައިފަ އެވެ.

ދެވަނަ ހޯދީ މުހައްމަދު އަނޫފް އަލީ ދުވުން ނިންމީ 20 މިނިޓް 47 ސިކުންތުންނެވެ. އޭނާ އަށް ވެސް އިނާމަކަށް 4،000ރ. ލިބުނު އިރު އަދި ތިން ވަނަ ހޯދި މުހައްމަދު ޖަލާއިލް ފަޔާޒު ރޭސް ނިންމީ 21 މިނިޓް 38 ސިކުންތުންނެވެ. އޭނާ އަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނީ 1،000ރ. އެވެ.

ފަސް ކިލޯ މީޓަރު ދުވުމުގެ އަންހެން ބައިން އެއް ވަނަ ހޯދީ އައިޝަތު ނަފުހާ ނަޝީދެވެ. އޭނާ ދުވުން ފުރިހަމަކުރީ 23 މިނިޓް 26 ސިކުންތުންނެވެ. ދެވަނަ ހޯދި މަރިޔަމް އަޒްކާ ދުވުން ނިންމީ 27 މިނިޓް 47 ސިކުންތުންނެވެ. އަދި ތިން ވަނަ ހޯދި އައިޝަތު ނުބްލާ ދުވުން ނިންމީ 27 މިނިޓް 54 ސިކުންތުންނެވެ. ދިހަ ކިލޯމީޓަރު ދުވުމުގެ ފިރިހެން ބައިން އެއް ވަނަ ހޯދީ މުހާޖިރު ޒިޔާދު މުހައްމަދެވެ. އޭނާ އަށް ފައިސާގެ ދުވުން 47 މިނިޓް 23 ސިކުންތުން ނިންމުމުން އޭނާ އަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނީ 4،500ރ. އެވެ. ދެވަނަ ހޯދި އަހުމަރު އަފްޒަލް ދުވުން ނިންމީ 50 މިނިޓް 25 ސިކުންތުންނެވެ. އިނާމަކަށް އޭނާ އަށް 2،500ރ. ލިބުނު އިރު ތިން ވަނަ ހޯދި އަހުމަދު މުނީޒު ދުވުން ނިންމީ 53 މިނިޓް 15 ސިކުންތުންނެވެ. އޭނާގެ އިނާމަކީ 1،000ރ. އެވެ. ދިހަ ކިލޯމީޓަރުގެ އަންހެން ބައިގައި ވާދަކޮށްފައި ވަނީ އެންމެ މީހެކެވެ. އެ ބައިން ދުވި ހަމައެކަނި މީހަކީ ފާތުމަތު ހިންދު އަބްދުލް މުހުސިނެވެ. އޭނާ ދުވުން ފުރިހަމަ ކުރީ އެއް ގަޑިއިރާއި 19 މިނިޓުންނެވެ.

އެމްޑީއެފުން އައްޑޫގައި ބޭއްވި ދުވުމަކީ ދުޅަހެޔޮ ސިއްހަތަކަށް އާންމުނަށް ހިތްވަރު ވެސް ދިނުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެކެވެ.