Roadha Mihaaru
5ޖީ އައިފޯނުތަކަށް އެޕަލްގެ އަމިއްލަ އެންޓަނާ

5ޖީ އައިފޯނުތަކަށް އެޕަލްގެ އަމިއްލަ އެންޓަނާ

17 ފެބުރުއަރީ 2020

އެޕަލް އިން މި އަހަރު 5ޖީ އައިފޯނެއް ނެރޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެންމެ ފޯނަކަށް ވުރެ ގިނައިންނެވެ. އެޕަލް އިން 5ޖީ އައިފޯނެއް އުފައްއްދާކަން އިއުލާންނުކުރި ނަމަވެސް، ކުރަމުންދާ ވިޔަފާރި މުއާމަލާތަށް ބަލާއިރު، 5ޖީ އައިފޯނަކާ ދިމާ އަށް ދާތީ އެބަ ފެނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް އިން މި އަހަރު 5ޖީ އައިފޯނެއް ނެރޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެންމެ ފޯނަކަށް ވުރެ ގިނައިންނެވެ. އެޕަލް އިން 5ޖީ އައިފޯނެއް އުފައްއްދާކަން އިއުލާންނުކުރި ނަމަވެސް، ކުރަމުންދާ ވިޔަފާރި މުއާމަލާތަށް ބަލާއިރު، 5ޖީ އައިފޯނަކާ ދިމާ އަށް ދާތީ އެބަ ފެނެ އެވެ.

އައިފޯންގެ 5ޖީ މޮޑެލްތަކަށް މޯޑެމް އުފައްދަނީ ކުއަލްކޮމް އިންނެވެ. ނަމަވެސް، ފޯނުގައި ވަޅުލާ އެންޓަނާތައް އުފައްދަނީ އެޕަލް އިންނެވެ. ސަބަބެއް ކަމަށް ބުނަނީ، ކުއަލްކޮމް އިން އުފައްދާ އެންޓަނާތައް، އެޕަލް އަށް ކަމުދާ ވަރަށް ވުރެ ފަލަވުމެވެ.

އެޕަލް އިން ދެކޭ ގޮތުގައި، ކުއަލްކޮމް އިން އުފައްދާ އެންޓަނާތައް ބޭނުންކޮށްފި ނަމަ، އެޕަލް އިން ބޭނުންވާ ޑިޒައިންތަކަށް އައިފޯނުތައް އުފައްދަން ދަތިވާނެ އެވެ. އެޕަލް އިން ބޭނުންވަނީ ވަރަށް ތުނި އަދި އެހައި ލޫޅާފަތި އައިފޯނުތަކެކެވެ.

އައިފޯނުތަކަށް އެންޓަނާ އުފެއްދުމަކީ މީގެ ކުރިން ވެސް އެޕަލް އިން ކުރި މަސައްކަތެކެވެ. އެއީ ތަންކޮޅެއް ކުރި އެވެ. އައިފޯން 4އާ ހަމަ އަށް ޚިޔާލުތައް ފަހަަތަށް ޖައްސާލުމުން މިކަން ހަނދުމަވެދާނެ އެވެ. އެޕަލް އިން އެ ފަހަރު އުފެއްދި އެންޓަނާތައް އެހާ ރަނގަޅަށް މަސައްކަތެއް ނުކުރި އެވެ. ކޯލު ގުޅަން އުނދަގޫވުން އަދި ކޯލް ބުރިބުރިވުން ފަދަ ދަތިތައް ވަނީ ތަޖުރިބާކުރަން ޖެހިފަ އެވެ. މި ކަމަށް އެއިރު ޖޯކުޖެހި މީހުން "#އެންޓަނާގޭޓް"އޭ ކިޔައި މަލާމާތްކޮށް އުޅުނެވެ.

އައިފޯން 5ޖީ މޮޑެލްތަކަށް މި ފަހަރު އެޕަލް އިން އެންޓަނާ އުފައްދާއިރު، މާޒީން ދަސްކޮށްފައި ވާނެ ކަމަށް ބެލެވެ އެވެ. އެޕަލް އިން ބޭނުންވާ ޑިޒައިނަށް އަދި އެހައި ހިމަތުނިކޮށް އުފައްދާ އެންޓަނާގެ ސަބަބުން، 5ޖީ ތަކުރިބާކުރުމުގައި ދަތިތަކެއް ހުރެދާނެ ކަމަށް މިހާރު ވެސް އެބަ ކިޔަ އެވެ.