Roadha Mihaaru
އެޕަލްގެ އޮފީސްތައް އަހަރުގެ ނިޔަލަށް ބަންދު

އެޕަލްގެ އޮފީސްތައް އާންމު ހާލަތަށް ބަދަލުކުރާނީ އަންނަ އަހަރު

16 ޖުލައި 2020

އޮފީސްތައް ހުޅުވައިގެން މުވައްޒަފުން މަސައްކަތްކުރުމަކީ އެޕަލް އިން ހިތްވަރުދޭ ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެ ކުންފުނިން ބުނި ގޮތުގައި، އެމެރިކާގައި ހުރި އެޕަލްގެ އޮފީސްތައް، 2021ގެ ކުރިން ނުހުޅުވާނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އޮފީސްތައް ހުޅުވައިގެން މުވައްޒަފުން މަސައްކަތްކުރުމަކީ އެޕަލް އިން ހިތްވަރުދޭ ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެ ކުންފުނިން ބުނި ގޮތުގައި، އެމެރިކާގައި ހުރި އެޕަލްގެ އޮފީސްތައް، 2021ގެ ކުރިން ނުހުޅުވާނެ އެވެ.

އެޕަލް އިން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ ނުހުޅުވައި ފަރުޖެއްސެން ނެތް ހާލަތެއްގައި ނޫނީ އެއްވެސް އޮފީހެއް ނުހުޅުވުމަށެވެ. އަދި ހުރިހާ މަސައްކަތްތަކެއް އޮންލައިންކޮށް ކުރުމަށެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔެ މިއަދު އޮތް ހާލަތަށް ބަދަލުވެދާނެ ކަމަށް ލަލާކުރެވެނުނީއްސުރެ، އެޕަލް އިން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ބަލިޖެހިފައި ތިބި މީހުން ދެނެގަންނާނެ ފަސޭހަ ގޮތްތައް އާންމުކޮށް ފަރުވާ އަވަސްކުރުމަށް ޓެކްނޮލޮޖީ ބޭނުންކުރަމުންނެވެ.

އެޕަލް އިން ބުނި ގޮތުގައި، އޮފީސްތަކާއި ފިހާރަތައް ހުޅުވައިގެން، ޚާއްސަކޮށް އެމެރިކާގައި، ކަސްޓަމަރުންނަށް ޚިދުމަތްދޭން ހިތްވަރު ނުދިން ނަމަވެސް، ވައިރަސް ކޮންޓްރޯލްކުރެވިފައި ވާ ގައުމުތަކުގައި އޮފީސްތައް ހުޅުވުމަކީ މެނޭޖަރުންގެ އަތްމަތިގައި އޮތް ކަމެއް ކަމަށެވެ.

އެޕަލްގެ އަމިއްލަ އޮފީސްތަކާއި ފިހާތަކުގެ އިތުރުން މުދާ ރީޓެއިލްކުރުމަށް ހުއްދަދީފައި ވާ ފަރާތްތަކުން ވެސް މި އެދުމަށް އިޖާބަދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ. އަދި އޮންލައިންކޮށް މަސައްކަތްކުރަން ބޭނުން ނަމަ، ކަސްޓަމަރުންނާ ހަމަ އަށް ދިއުމަށް، އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުމަށް ވެސް އެޕަލުން އެދެ އެވެ.

އެޕަލް އިން ބުނީ ހާލަތަށް ބަލައި އޮފީސްތައް ހުޅުވުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. އެހެން ނަމަވެސް، އެއީ 2021ގެ ކުރިން، އޮފީސްތައް އާދައިގެ ހާލަތަށް ބަދަލުނުކުރާނެ ކަމަށެވެ.