ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި މައްސަލާގައި ދައުލަތާ ދެކޮޅަށް އޭނާގެ ފަރާތުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
16 ނޮވެމްބަރ 2017
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި މައްސަލާގައި ދައުލަތާ ދެކޮޅަށް އޭނާގެ ފަރާތުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
ރާއްޖެ އިން ބޭރުގައި ހުންނަވަނިކޮށް، މިދިޔަ ޖޫން މަހު ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި މައްސަލާގައި މޯލްޑިވްސް އިމިގްރޭޝަނާ ދެކޮޅަށް ޖާބިރުގެ ފަރާތުން ކުރި ދައުވާ މިދިޔަ ހަފުތާގައި ކޯޓުން ބޭރުކޮށްލީ އޭނާގެ ފަރާތުން ކޯޓަށް ހާޒިރުވާންޖެހޭ ފަރާތުން ކޯޓަށް ހާޒިރު ނުވުމުންނެވެ. މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން މަގްބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ އެ މައްސަލައެއް ބޭރުކޮށްލުމުގެ ބާރު ކޯޓުތަކަށް އޮވެ އެވެ.
ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރީ އެކަން ކުރުމަށް އިމިގްރޭޝަންގައި ފުލުހުން އެދިފައި ވަނިކޮށެވެ. އެގޮތަށް ފުލުހުން އެދުނީ ޖާބިރާ ގުޅޭގޮތުން ބަލާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަން ފުލުހުން މިހާތަނަކަށް ހާމައެއް ނުކުރެ އެވެ.
ފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކޮށްފައިވާއިރު، އޭނާގެ ކުންފުނި، ޔޮޓް ޓުއާސް އަތުން 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ވަނީ ދައުވާކޮށްފަ އެވެ.
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރީ ގާނޫނާ ޚިލާފަށް: ކޯޓު
ޖާބިރުގެ ޕާސްޕޯޓް މައްސަލަ އަލުން ހުށަހަޅައިފި
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރި މައްސަލަ ކޯޓަށް
ޒަކީގެ ޕާސްޕޯޓް މައްސަލާގައި އޭޖީއަށް ކޯޓަށް ނުދެވޭނެ
10 އަހަރު ވަންދެން ހިފެހެއްޓި ޕާސްޕޯޓެއް ދޫކޮށްލައިފި
އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓައިފި
ޒަކީގެ ޕާސްޕޯޓާ ގުޅޭ އަމުރު ފަސް އަހަރު ފަހުން ބާތިލްް
އުނގޫފާރުގައި އައިޑީކާޑު ޕްރިންޓްކުރަން ފަށައިފި
ބާރުގަދަ ޕާސްޕޯޓްގެ މަގާމު ރާއްޖެއިން ދިފާއުކޮށްފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް