23 ޖުލައި 2018
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިއްސާވާ ކުންފުންޏެއްގެ މައްޗަށް ސާބިތުވި 1.8 މިލިއަން ރުފިޔާގެ ދަރަންޏެއްގެ މައްސަލާގައި އުމަރުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިއްސާވާ ކުންފުންޏެއްގެ މައްޗަށް ސާބިތުވި 1.8 މިލިއަން ރުފިޔާގެ ދަރަންޏެއްގެ މައްސަލާގައި އުމަރުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އުމަރުގެ ޕާސްޕޯޓް ހިފެހެއްޓީ އުމަރު ހިއްސާވާ ޓޫރިސްޓް ވޭލް ސަބްމެރިން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އޮތް ސާބިތު ދަރަނީގެ މައްސަލައެއްގަ އެވެ.
ޓޫރިސްޓް ވޭލް ސަބްމެރިން ކުންފުނީގެ މައްޗަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރި ދައުވާއެއްގައި ޑިސެމްބަރު 26، 2016 ގައި ވަނީ މުވައްޒަފުންގެ ރިޓަޔާމަންޓް ޕެންޝަން ފައިސާގެ ގޮތުގައި 1،860،405.86ރ. ދެއްކުމަށް ހުކުމްކޮށްފަ އެވެ. އެ ފައިސާ ނުދައްކައިގެން ޕެންޝަން އޮފީހުން އެ މައްސަލަ ތަންފީޒަށް ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުގައި މިހާރު މައްސަލަ ކުރިއަށް ދާއިރު ކުންފުނީގެ ހުރިހާ ޑިރެކްޓަރުންގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އިއްޔެ އެވެ.
ރަހުނެއް ނުހިމެނޭ ސާބިތު ދަރަންޏާ ބެހޭ ގަވައިދުގައި ބުނާ ގޮތުން، ކުންފުންޏެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެއްޖެ ނަމަ އެ ފައިސާ ދައްކަންދެން، އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ޕާސްޕޯޓް ހިފެހެއްޓިދާނެ އެވެ. އުމަރުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މި ގަވައިދުގެ ދަށުންނެވެ.
ނަމަވެސް އުމަރު ވިދާޅުވީ ޕާސްޕޯޓް ނުހިފަހައްޓާ ކަމަށާއި "އެއީ ދޮގެއް" ކަމަށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހުޅުވާލާފައިވާއިރު އުމަރަކީ އެ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ.
އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހެއް ނަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޝަރުތު ހަމައެއް ނުވާނެ އެވެ.
އުމަރު ނަސީރު ވަނީ 2008ގެ ރިޔާސީ އިންތިހާބާއި 2013ގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯދެއްވުމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވައިފަ އެވެ.
ޒަކީގެ ޕާސްޕޯޓް މައްސަލާގައި އޭޖީއަށް ކޯޓަށް ނުދެވޭނެ
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރީ ގާނޫނާ ޚިލާފަށް: ކޯޓު
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރި މައްސަލަ ކޯޓަށް
ޖާބިރު އެންމެ ފަހުން ލަންޑަނަށް އެތެރެވެއްޖެ
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކޮށްފި
ފާރިސް އަށް ހުރަސް ނާޅަން އެމްޑީޕީން ގޮވާލައިފި
ޝިދާތާގެ ޕާސްޕޯޓު އަދިވެސް ހިފަހައްޓާފައި
ފާރިސްއަކަށް ނުފުރުނު، ޕާސްޕޯޓް އަދިވެސް ހިފަހައްޓާފައި
ވަގު ޕާސްޕޯޓެއްގައި އައި ތިން މީހަކު ހިފަހައްޓައިފި
ސަރަހައްދުގެ އެއް ވަަނައިގައި އަދިވެސް ދިވެހި ޕާސްޕޯޓް