Roadha Mihaaru
ދުނިޔޭގެ ފާޑުކިޔުން އަމާޒުވެފައިވާ ސޫކީ ޗައިނާ އަށް

ރޮހިންޖާ މައްސަލާގައި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ސޫކީ ޗައިނާ އަށް

27 ނޮވެމްބަރ 2017

ޔަންގޮން (ނޮވެމްބަރު 27) - ރޮހިންޖާ މުސްލިމުންނާ މެދު އަމަލު ކުރި އަނިޔާވެރި ގޮތުން މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ އަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް ޗައިނާ އަށް ވަޑައިގަތުމަށް ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔަންގޮން (ނޮވެމްބަރު 27) - ރޮހިންޖާ މުސްލިމުންނާ މެދު އަމަލު ކުރި އަނިޔާވެރި ގޮތުން މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ އަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް ޗައިނާ އަށް ވަޑައިގަތުމަށް ނިންމައިފި އެވެ.

ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން މުސްލިމުންނަށް އަނިޔާދީ އެ މީހުންގެ ގެދޮރުގައި އަލިފާން ޖެހިއިރު ސޫކީ ހުންނެވީ ހިމޭނުންނެވެ. އެކަމަނާ އަށް ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ވިދާޅުވެފައި ވަނީ އެއީ ސިފައިން ދިން ހަމަލާތަކެއް ނޫން ކަމަށެވެ. އެކަމަކު އެމެރިކާ އާއި އދ. އިން ބުނެފައި ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގާފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ އަމަލުތަކެއް ކަމަށެވެ.

ދުނިޔޭގެ އެތައް ގައުމަކުން މިއަންމާ އަށް ފާޑުކިޔަމުން ދިޔަ ނަމަވެސް ޗައިނާ އިން ވަނީ މިއަންމާއާ އެއްކޮޅަށް ޖެހިފަ އެވެ. އަދި ރޮހިންޖާ މައްސަލާގައި މިއަންމާއާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ފާސްކުރާ ގަރާރުތައް ވީޓޯކޮށްފާނެ ކަމަށް ބުނެފައިވެ އެވެ.

ސޫކީ ޗައިނާ އަށް ވަޑައިގަންނަވާކަން އިއުލާންކޮށްފައިވާ އިރު ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ސިފައިންގެ ލީޑަރުން ވަނީ މިއަންމާ ސިފައިންގެ ބާރުގަދަ ވެރިޔާ މިން އައުންގް ލައިން އަށް ތައުރީފް ކުރައްވައިފަ އެވެ.

މިއަންމާ ސަރުކާރުން ހިންގާ ނޫސް ގްލޯބަލް ނިއު ލައިޓް އިން ބުނެފައި ވަނީ ނޯބެލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ ސޫކީ ވަރަށް އަވަހަށް ޗައިނާ އަށް ވަޑައިގެން ދުނިޔޭގެ ސިޔާސީ ލީޑަރުންނަށް ކޮމިއުނިސްޓް ޕާޓީން ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.