ޒުވާނުންގެ ބައިނަލްއަގްވާމީ ފޯރަމެއް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
28 ނޮވެމްބަރ 2017
ޒުވާނުންގެ ބައިނަލްއަގްވާމީ ފޯރަމެއް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ޔޫތު ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިރުތިޝާމް ވިދާޅުވީ، ރާއްޖޭގެ ތަރައްގީ އަށާއި އިޖުތިމާއީ ހަމަޖެހުން ގެނައުމަށް ކުރަމުން އަންނަ މަސައްކަތްތައް ވީހާ ވެސް ގިނަ ޒުވާނުންނާ ހިއްސާ ކުރަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ކަމަށެވެ. އެހެންވެ ފުރަތަމަ ޔޫތު ފޯރަމް ބާއްވައި އޭގެ ތަޖުރިބާ އިން، ބައިނަލްއަގްވާމީ ހަރަކާތެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޒުވާނުންނަށް ސަރުކާރުން ފަހިކޮށްދީފައިވާ ކަންތައްތަކާއި ގެންނަމުން އަންނަ ތަރައްގީގެ މައުލޫމާތުތައް އެ މީހުންނާ ހިއްސާކޮށް ހިޔާލު ހޯދަން ބޭނުންވެ އެވެ.
ޔޫތު ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި، ސަރުކާރުގެ ބައެއް އިސްވެރިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އިރުތިޝާމް ވިދާޅުވީ ޔޫތު ފޯރަމް ކުރިއަށް ގެންދާނީ ސުވާލާއި ޖަވާބު ލިބޭނެ ގޮތަކަށް ކަމަށެވެ. އަދި މުހިއްމު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކަރުދާސް ތައްޔާރުކޮށް ރައީސް ޔާމީނަށް ހުށަހަޅަން ނިންމާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
"ކުރިއަށް އޮތް ތަނުގައި އެކަޑެމިކް ލެވެލްގައި، ކޮލެޖާއި ޔުނިވަސިޓީތަކުގެ ހިއްސާއާއެކު މި ކަރުދާސް ތައްޔާރުކޮށް އަންނަ އަހަރަށް ޑިސްކަޝަނެއް ބާއްވާނަން،" ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އިރުތިޝާމް ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ތަރައްގީގެ ކަންކަމުގައި ކުރިއެރުން ލިބެނީ ޒުވާނުންގެ ވެސް ބައިވެރިވުމާއި ހިއްސާއާ އެކު ކަމަށެވެ.
މިރޭގެ ނިޔަލަށް ކުރިއަށް ގެންދާ ޔޫތު ފޯރަމްގައި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީގެ އިތުރުން ރާއްޖޭގެ ކޮލެޖުތަކުން 100 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވެ އެވެ.
ޔޫތު މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގެ އިޖުތިސޯދާއި ތައުލީމާއި އިސްލާމް ދީނާއި ކުޅިވަރު އަދި އިޖުތިމާއީ ފަދަ ދާއިރާތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި އެ ފޯރަމްގައި މަޝްވަރާ ކުރާނެ އެވެ.
ޒުވާނުންގެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް ހިންގަނީ
ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ޒުވާނުންގެ މެދުގައި ގިނައީ ޓްރެފިކްގެ ކުށްތައް
މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް
މި އަހަރު ޒުވާނުންގެ އެވޯޑް 10 މީހަކަށް
ގިނަ ޒުވާނުން ކިޔެވީ އިޖުތިމާއީ، ވިޔަފާރި އަދި ގާނޫނު
ވަޒީފާގެ 800 ފުރުސަތުތަކާއެކު ޔޫތު ޗެލެންޖް ފަށައިފި
ޒުވާނުންނަށް ޚާއްސަ ހަރަކާތެއް މެޕްސްއިން ފަށައިފި
ޒުވާނުންނަށް ޖަލުތަކެއް އަޅާކަށް ބޭނުމެއް ނޫން: ރައީސް
ޒުވާނުންގެ އެވޯޑު މި އަހަރު 8 މީހަކަށް