ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެ އަށް ވެސް ކުރާނެ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިރޭ ބުނެފި އެވެ.
29 ނޮވެމްބަރ 2017
ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެ އަށް ވެސް ކުރާނެ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިރޭ ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ލަންކާ ކައިރީގައި މިއަދު ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި އެ ކޮޅިގަނޑު ދަތުރު ކުރަނީ، އެންމެ އުތުރުގެ ދެ އަތޮޅު ކަމަށްވާ ހއ. އަތޮޅާއި ހދ. އަތޮޅުގެ އުތުރުން ހުޅަނގު އުތުރަށް ކަމަށެވެ. އެހެންވެ، އެ ކޮޅިގަނޑުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށް، ދޭތެރެދޭތެރެއިން ބޯކޮށް ވާރޭ ވެހި ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކުރެ އެވެ.
މެޓް އޮފީހުން އިލްތިމާސް ކޮށްފައި ވަނީ ހުރިހާ ފަރާތަކުން އަދި ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށެވެ.
މެޓްގެ ވެދާ ރާޑަރު އަލުން ބޭނުންކުރަން ފަށައިފި
މިއީ މޫސުމީ ވިއްސާރައެއް، ވަކި ތަފާތެއް ނުފެނޭ: މެޓް
ކުރިއަށް އޮތީ މޫސުން ގޯސް ތިން ދުވަސް!
ބުރާސްފަތި ދުވަހާ ހަމައަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
މިއަދު ވެސް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް!
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް!