Roadha Mihaaru
އިނާޔަތް ލިބޭތީ ދަރިން ހޯދަމުން ގޮސް 12 ހަމަވެއްޖެ

އިނާޔަތް ލިބޭތީ ދަރިން ހޯދަމުން ގޮސް 12 ހަމަވެއްޖެ

08 ޖުލައި 2016

އިނިރޭސި ވިލާތުގެ އަންހެނެއް ކަމަށް ޝެރީ ޕްރޫދަމްގެ 12 ދަރިން އެބަތިއްބެވެ. އޭނާ އަށް ދައުލަތުން އިނާޔަތުގެ ގޮތުގައި އަހަރަކު 40،000 ޕައުންޑް ލިބެ އެވެ. ކައިވެންޏެއް ނުކޮށް އުޅޭ ޝެރީ އަށް މި ފައިސާ ނުދިނުމަށް އެދި އެތައް ހާސް ބަޔަކު މިހާރު ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިނިރޭސި ވިލާތުގެ އަންހެނެއް ކަމަށް ޝެރީ ޕްރޫދަމްގެ 12 ދަރިން އެބަތިއްބެވެ. އޭނާ އަށް ދައުލަތުން އިނާޔަތުގެ ގޮތުގައި އަހަރަކު 40،000 ޕައުންޑް ލިބެ އެވެ. ކައިވެންޏެއް ނުކޮށް އުޅޭ ޝެރީ އަށް މި ފައިސާ ނުދިނުމަށް އެދި އެތައް ހާސް ބަޔަކު މިހާރު ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ.

ޝެރީ އަކީ ގޮތެއްފޮތެއް ނެތް މީހެއް ކަމަށް ބުނެ އޭނާ އަށް އިނާޔަތް ކަނޑާލަން އެތައް ބަޔަކު އެދެން ފަށާފައި ވަނީ އޭނާގެ އަށް ލިބޭ އިނާޔާތު ފައިސާ އިން ކޮސްމެޓިކްސް ސާޖަރީ ހެދުން ފަދަ ބޭކާރު ކަންކަމަށް ހޭދަކުރާތީ އެވެ.

ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން މިދިޔަ ހަފުތާގައި ޝެރީ ބުނެފައިވަނީ ދަރިން ހޯދުމަކީ އޭނާ ދެވި ހިފާފައިވާ ކަމެއް ކަމަށެވެ. މިހާރު 12 ދަރިން ތިބިއިރު 13 ވަނަ ދަރިއަކު ހޯދުމަށް ސްޕާމް ޑޯނާއެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ޝެރީއާ ދެކޮޅު ޕެޓިޝަންގައި ސޮއިކުރި ގިނަ މީޙުން ބުނެފައި ވަނީ ސަރުކާރުން އިނާޔަތް ދޭންޖެހޭނީ ބޭނުން ޖެހިފައިވާ މީހުންނަށް ކަމަށާއި ޝެރީ އަށް ފައިސާ ހައްގު ނޫން ކަމަށެވެ.

މިރާ ނޫހުގައިވާ ބުނެފައިވާ ގޮތުން އިނގިރޭސި ވިލާތުގައި ކޮންމެ ދުވަހަކު ބުރަ މަސައްކަތްކުރާ މީހުންނަށް ވުރެ ޝެރީ އަށް ގޭގައި އޮވެގެން ލިބޭ ފައިސާ ގިނަ އެވެ. އަދި މިހާ ގިނަ ފައިސާ ލިބޭނެ އެއްވެސް ތަނެއް ނުހުންނާނެ ކަމަށް ވެސް ޕެޓިޝަންގައި ސޮއިކުރި މީހުން ބުނެ އެވެ.

"ދަރިންނަކީ އަމިއްލަ ބޭނުންތަކަށްޓަކައި ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރެވިގެންނުވާނެ،" ޕެޓިޝަންގައި ބުނެފައިވެ އެވެ.

ޝެރީ ބުނެފައި ވަނީ އިނާޔަތްތައް ނުލިބިދާނެތީ އޭނާ މަސައްކަތްކުރަނީ ޕާޓްޓައިމްކޮށް ހަފުތާއަކު 16 ގަޑިއިރު ކަމަށެވެ.

ޝެރީ އޭނާގެ ދިފާއުގައި ވާހަކަދައްކަމުން ބުނެފައި ވަނީ އޭނާއަކީ ސަރުކާރު ނޫން ކަމަށާއި އަދި ގާނޫނާއި ގަވާއިދުތައް ހަދަނީ ވެސް އޭނާ ނޫން ކަމަށެވެ. އަދި ސަރުކާރުން އިނާޔަތްތައް ދޭ ނަމަ އޭނާ އެ އިނާޔަތްތަކުގައި ހިފާނެ ކަމަށާއި އިތުރު ދަރިން ހޯދުން މަނާ ނުކުރާ ނަމަ ދަރިން ހޯދުމުގައި ކުރިޔަށް ދާނެ ކަމަށް ވެސް ޝެރީ ބުނެފައިވެ އެވެ. މިއީ އޭނާ ލަދުގަނެ ދެރަވާން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ހުރިހާ ދަރިން ބަލަމުން ނިދަނީ ކޮން ވަގުތަކުތޯ ސުވާލުކުރުމުން ޝެރީ ބުނީ 12 ދަރިން ބެލުމަކީ އޭނާއަށް އެހާ އުނދަގޫ ކަމެއް ނޫން ކަމަށެވެ.