03 ޑިސެމްބަރ 2017
މިހާރު ރާއްޖެ އަށް ކުރަމުން މިދަނީ ސްރީ ލަންކާ ކައިރިން އުފެދުނު ތޫފާނާ ގުޅިގެން ކުރާ ވިއްސާރައެއް ނޫން ކަމަށާއި މިއީ މޫސުމީ ވިއްސާރައެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.
މިހާރު ރާއްޖެ އަށް ކުރަމުން މިދަނީ ސްރީ ލަންކާ ކައިރިން އުފެދުނު ތޫފާނާ ގުޅިގެން ކުރާ ވިއްސާރައެއް ނޫން ކަމަށާއި މިއީ މޫސުމީ ވިއްސާރައެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.
ތޫފާނު އޮކްޝީގެ އަސަރު ވޭތުވެ ދިޔަ ހަތަރު ވަރަކަށް ދުވަހު ރާއްޖެ އަށް ވަރަށް ބޮޑަށް ކުރި އެވެ. އެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ އަށް ބޯކޮށް ވާރޭ ވެހި، 57 ރަށަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ
ތޫފާނުގެ އަސަރު ކެނޑިފައި ވިޔަސް މޫސުން އަދިވެސް ރަނގަޅެއް ނޫނެވެ. މޯލްޑިވްސް މީޓިއޮރޮލިކަލް ސެންޓަރު (މެޓު) އިން ބުނީ މިހާރު މި ކުރަނީ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށެވެ. އެއީ ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށެން އުޅޭ ދުވަސްވަރު ކުރާ ވިއްސާރަ އެވެ.
"އާއްމުކޮށް މި ދުވަސްވަރު ވިއްސާރަ ކުރާނެ. ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވިލާގަނޑުގައި ވަޔާއި ކަނޑު ވެސް ގަދަވާނެ. އެކަމަކު މިދިޔަ ތޫފާނުގައި ވީ ވަރެއް ނުވާނެ،" މެޓްގެ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފް ވިދާޅުވި އެވެ.
މެޓުން ބުނި ގޮތުގައި ރާއްޖެ އަށް މިހާރު ކުރާ ވިއްސާރައިގައި ދެކުނާއި މެދުތެރޭގެ އެކި ހިސާބަށް ވާރޭ ވެހޭނެ އެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13-20 މޭލު ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 7-15 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާ ކުރެ އެވެ.
ލަންކާ ކައިރި އަށް އައި ތޫފާނުގައި ކުރި ވިއްސާރައިގައި ބޮޑަށް އަސަރުކުރީ އުތުރުގެ ރަށްތަކަށެވެ. ނަމަވެސް މެދު ރާއްޖެތެރޭގެ ރަށްތަކަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުން ލިބުނެވެ. ގެއްލުންވި ރަށްރަށަށް ސަރުކާރުން މިހާރު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޗާގޯސް ކައިރީ ކޮޅިގަނޑެއް، ރާއްޖެއަށް އަސަރު ނުކުރާނެ
މިރޭ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަކުރާނެ
މި ވެހޭ ބޯ ވާރެޔާއި އޭގެ ސައިންސް
މޫސުން: ހަފުތާ ބަންދު ވެސް އޮތީ ގަދަކޮށް
މިއަދު ވައިގަދަ، ކަނޑުތައް ވަރަށް ގަދަވާނެ
މާލެއަށް އިއްޔެ 89 މިލިމީޓަރުގެ ވާރޭ ވެހުނު
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ
24ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުމުގެ ރެކޯޑު ކެލައަށް
ރާއްޖޭގެ އެންމެ އުތުރަށް އޮރެންޖް އެލާޓް ނެރެފި