23 މެއި 2016
ރޯމް (މޭ 22) - އިޓާލިއަން ކަޕް ފައިނަލްގައި 1-0 އިން އޭސީ މިލާން ބަލިކޮށް ޔުވެންޓަސް އިން ވިދިވިދިގެން ދެ ވަނަ ފަހަރަށް އިޓަލީ ލީގާއި ކަޕް ކާމިޔާބުކޮށް ރެކޯޑެއް ހަދައިފި އެވެ.
ރޯމް (މޭ 22) - އިޓާލިއަން ކަޕް ފައިނަލްގައި 1-0 އިން އޭސީ މިލާން ބަލިކޮށް ޔުވެންޓަސް އިން ވިދިވިދިގެން ދެ ވަނަ ފަހަރަށް އިޓަލީ ލީގާއި ކަޕް ކާމިޔާބުކޮށް ރެކޯޑެއް ހަދައިފި އެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުުގައި ކުޅެން އެރި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ.
މިލާންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި އެ ޓީމުގެ ކޮލަމްބިއާ ފޯވާޑް ކާލޮސް ބައްކާ ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ނަމަވެސް ޔުވެންޓަސްގެ ކުރިއަށް ކުޅުނު މާރިއޯ މަންޒުކިޗާއި ޕައޮލޯ ޑީބަލާ އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުމުން ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ވަނީ މޮރާޓާ ކުޅެން އަރުވައިފަ އެވެ.
ރޭގެ މެޗުން މިލާން ބަލިވުމުން އެ ޓީމަށް ވަނީ 2010 ވަނަ އަހަރަށް ފަހު ތަށްޓެއް ހޯދުމަށް ލިބުނު ފުރުސަތު ގެއްލިފަ އެވެ. އަދި އަންނަ ސީޒަނުގައި ޔޫރޮޕާ ލީގުގައި ކުޅުމުގެ ފުރުސަތު ވެސް އެ ޓީމަށް ގެއްލުނީ އެވެ.
ޔުވެންޓަސްގެ ކޯޗުކަމާ އަލެގްރީ ހަވާލުވީ 2014 ވަނަ އަހަރު އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް، ޔުވެންޓަސްގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެ ޓީމު ދޫކޮށްލުމުންނެވެ. އަލެގްރީ ވަނީ ޔުވެންޓަސްއާ ހަވާލުވުމުގެ ކުރިން އޭސީ މިލާނާއި ކަލިއަގްރީ އަދި ސަސުއޯލޯ އަށް ކޯޗުކޮށްދީފަ އެވެ. އަލެގްރީ ޔުވެންޓަސްއާ ހަވާލުވި ފަހުން އެ ޓީމު ވަނީ އިޓަލީގެ މުބާރާތްތަކުގެ އިތުރުން ޔޫއޭފާ ޗެމްޕިއަންސް ލީގުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައި ކާމިޔާބު ހޯދައިފަ އެވެ.
ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ.-- ފޮޓޯ: އޭއެފްޕީ
"ޔުވެންޓަސްގައި ގިނަ އަހަރުތަކެއް ވަންދެން މަޑުކުރަން ބޭނުން. އެއީ އަހަންނަށް މި ކްލަބްގައި ގިނަ ކާމިޔާބީތަކެއް ހޯދައިދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. 10 ވަރަކަށް އަހަރު ވެސް އަހަރެން މި ކްލަބުން ފެނުމުގެ ފުރުސަތު އެބައޮތް" އަލެގްރީ ބުންޏެވެ.
އަލެގްރީ ހޯދުމަށް އިނގިރޭސި ގިނަ ކްލަބްތަކުން ޝައުގުވެރިވީ ނަމަވެސް އޭނާ ވަނީ ޔުވެންޓަސް ދޫކޮށްލާން ނުވިސްނާ ކަމަށް ބުނެފަ އެވެ. އަދި ކިތަންމެ ބޮޑު ހުށަހެޅުމެއް ލިބުނު ނަމަވެސް ހުންނާނީ ޔުވެންޓަސްގައި ކަމަށް ބުންޏެވެ.
މިސީޒަނަށް ފަހު އެލެގްރީ ޔުވެންޓަސް ދޫކޮށްލަނީ: ރިޕޯޓް
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
ޔުވެންޓަސްގެ ވްލަހޮވިޗަކީ ހާލަންޑާ އެއްފަދަ ފޯވާޑެއް
އެތުލެޓިކޯގެ މެޑިކަލް ފެއިލްވުމުން ކީން އެނބުރި ދަނީ
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
މަނާބޭހަށް ޕޮގްބާ ޕޮޒިޓިވް ބޮޑު ސަސްޕެންޝަނެއްގެ ބިރު
ތުރާމް އިންޓަ އަށް، ވެއާ ޔުވެންޓަސް އަށް
ޔުވެންޓަސް ބަލިކޮށް އިންޓަ ފައިނަލަށް
ގާތްގަނޑަކަށް އަހަރެއް ފަހުން ޕޮގްބާ އަލުން ދަނޑަށް
އެޓަލާންޓާ މެޗުން ޔުވެންޓަސް އަށް ހޯދުނީ އެއް ޕޮއިންޓް