10 ޑިސެމްބަރ 2017
މިފަހަކަށް އައިސް ފުރައްސާރަ ކުރުމާއި އަބުރު ނަގާލުމާއި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ އަމަލުތައް އިތުރުވެފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިފަހަކަށް އައިސް ފުރައްސާރަ ކުރުމާއި އަބުރު ނަގާލުމާއި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ އަމަލުތައް އިތުރުވެފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ ދިވެހިންނަކީ ކުރީއްސުރެ އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަށް އެކަކު އަނެކަކަށް އިހުތިރާމްކޮށް ވަރަށް އެކުވެރިކަމާއެކު އުޅެމުން އައި ބައެއް ކަމަށެވެ. ނަމަވެސް މިހާރު މުޖުތަމައުން ފެންނަނީ ތަފާތު މަންޒަރެއްކަން އެޗްއާރުސީއެމުން ބުންޏެވެ.
އެ ކޮމިޝަންގެ ބަޔާނުގައި ބުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ވެސް ވަކި ހުދޫދެއްގެ ތެރެއިން ޒިންމާދާރުކަމާއެކު ބޭނުން ކުރަންޖެހޭ ހައްގަކަށް ވާއިރު، އެހެން މީހުންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނަ ގޮތަށް އަމަލުތައް ބަހައްޓަމުންދާ ކަމަށެވެ. އެ ކޮމިޝަނުން ބުނީ، އެހެންވެ އެކަމުގެ ނުބައި އަސަރު މުޖުތަމައަށް ކުރަމުންދާ ކަމަށެވެ.
"...ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެ އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަކު އަނެކަކަށް އިހުތިރާމުކޮށް ވަރަށް އެކުވެރިކަމާއެކު އުޅެމުން އައި ބައެކެވެ. ނަމަވެސް، މިފަހަކަށް އައިސް ދިވެހި މުޖުތަމައުއިން ފެންނަމުން މިދަނީ ވަރަށް ތަފާތު މަންޒަރުތަކެއްކަން ހިތާމައާއެކު ފާހަގަކުރަމެވެ. އެކަކު އަނެކަކަށް ފުރައްސާރަ ކުރުމާއި މަލާމާތް ކުރުމާއި އެކަކު އަނެކެއްގެ އަބުރު ނަގާލުމާއި މުޖުތަމައުގައި ނަފުރަތު އުފެދޭފަދަ އަމަލުތައް އިތުރުވުމާއި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ އަމަލުތައް އިތުރުވަމުންދާ ހިތާމައާއެކު ފާހަގަކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.
އިންސާނީ ހައްގުތައް ހިމާޔަތްކުރަން މިއަހަރުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ. ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުން އެގޮތުން ފާހަގަކޮށްފައިވެ އެވެ.
ކާމިޔާބު މަސައްކަތްތަކެއް ކުރެވުނަސް އިންސާނީ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރަން ބޭނުންވާ މުހިއްމު ބިލްތަކެއް އަދި ވެސް ފާސްނުވާ ކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. ހެއްކާ ބެހޭ ބިލާއި މަދަނީ އިޖުރާއަތުގެ ބިލާއި ޖުވެނަލް ޖަސްޓިސް ބިލާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބިލް އަދި ހެކިންނަށް ހިމާޔަތް ދިނުމާބެހޭ ބިލް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
އެޗްއާރުސީއެމުން ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރަން އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކާއި ސިޔާސީ ފަރާތްތައް ވެސް ގުޅިގެން މަސައްކަތް ކުރަން އެދިފަ އެެވެ.
އެޗްއާރުސީއެމްގެ އިހުމާލުތައް ބަލަންޖެހޭ: އެމްއާރުއެމް
އެޗްއާރުސީއެމްގެ މިނިވަންކަމަށް ފުރުސަތު ދޭނަން: ރައީސް
އެޗްއާރުސީއެމުން ޒިންމާ އަދައެއް ނުކުރޭ: ނަޝީދު
ބިދޭސީންގެ ހައްގުތައް ކަށަވަރުކުރަން ގޮވާލައިފި
ހައްގުތައް ރައްކާތެރިކުރަން ފަރުދީ މަސައްކަތް ކުރަންޖެހޭ
ނުހައްގުން ބަޔަކު މަރާކަށް ނޫޅެން: އަޒްލީން
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން
އެޗްއާރުސީއެމްގެ މެމްބަރުން ތިބީ ބިރުން: އިދިކޮޅު