Roadha Mihaaru
ސީބީއެމްގެ ބްރާންޗެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުޅުވައިފި

ކޮމާޝަލް ބޭންކްގެ ބްރާންޗެއް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ހުޅުވައިފި

12 ޑިސެމްބަރ 2017

ހުޅުމާލޭގައި އިމާރާތްކުރި ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ބްރާންޗެއް އިއްޔެ ހުޅުވައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލޭގައި އިމާރާތްކުރި ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ބްރާންޗެއް އިއްޔެ ހުޅުވައިފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް އިމާރާތްކުރި ކުންފުނި، ޓްރީ ޓޮޕް އިންވެސްޓްމެންޓްގެ ހިއްސާ އޮންނަ ސީބީއެމްގެ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ރަސްމީކޮށް ޚިދުމަތް ދޭން ފެށި ސީބީއެމުން މާލެއިން ބޭރުގައި ހުޅުވި ފުރަތަމަ ބްރާންޗެވެ. ޓްރީ ޓޮޕް ހޮސްޕިޓަލާ ޖެހިގެން ހުންނަ ސަޕޯޓް ބިލްޑިންގްގައި ހުޅުވި އެ ބްރާންޗުން ލިބޭނެ ޚިދުމަތްތަކުގެ މައުލޫމާތެއް އަދިއެއް ހާމައެއް ނުކުރެ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ޓްރީ ޓޮޕް އިންވެސްޓްމެންޓާއި ސްރީ ލަންކާގެ ކޮމާޝަލް ބޭންކް ގުޅިގެން ހިންގާ ސީބީއެމުން މާލޭގައި ހިންގާ ބްރާންޗުން ބޭންކިންގެ ހުރިހާ ޚިދުމަތްތަކުގެ އިތުރުން ދެ އޭޓީއެމާއި ޑިޕޮޒިޓް މެޝިނެއް ވެސް އެ ބޭންކްގައި ބަހައްޓާފައި ހުރެ އެވެ.

ކޮމާޝަލް ބޭންކުން ކުރިން ބުނެފައި ވަނީ ރާއްޖޭގައި ފުރަތަމަ ޚިދުމަތް ފަށާނީ އެއް ބްރާންޗުން ކަމަށާއި އެކަމަކު ފަސް އަހަރު ތެރޭގައި ތިން ބްރާންޗް ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އޭޓީއެމްގެ ހިދުމަތް މުހިންމު ތަންތަނުގެ ދިނުމުގެ އިތުރުން ޓެކްނޮލޮޖީގެ ބޭނުންކުރެވެން އޮތް އެންމެ ފުޅާދާއިރާއެއްގައި ކުރާނެ ކަމަށް ވެސް ކޮމާޝަލް ބޭންކުން ބުނެފައި ވެ އެވެ.