Roadha Mihaaru
އަމާލް ކްލޫނީ އުޅެނީ ސަމާލުކަން ހޯދަންތަ؟

ކޭންސް ފެސްޓިވަލްގައި ހޮލީވުޑް ތަރިންނަށް ވުރެ އަމާލް ކްލޫނީ ވިދާލި

22 މެއި 2016

މިއަހަރުގެ ކޭންސް ފިލްމް ފެސްޓިވަލްގައި ރެޑް ކާޕެޓްގައި ހިނގި ހޮލީވުޑް ބަތަލާއިންނަށް ވުރެ ގިނަ ބަޔެއްގެ ލޯ އަމާޒުވީ ހޮލީވުޑްގެ މަޝްހޫރު ބަތަލު ޖޯޖް ކްލޫނީގެ އަންހެނުން އަދި މަޝްހޫރު ގާނޫނީ ވަކީލު އަމާލް ކުލޫނީ އަށެވެ.

މިއަހަރުގެ ކޭންސް ފިލްމް ފެސްޓިވަލްގައި ރެޑް ކާޕެޓްގައި ހިނގި ހޮލީވުޑް ބަތަލާއިންނަށް ވުރެ ގިނަ ބަޔެއްގެ ލޯ އަމާޒުވީ ހޮލީވުޑްގެ މަޝްހޫރު ބަތަލު ޖޯޖް ކްލޫނީގެ އަންހެނުން އަދި މަޝްހޫރު ގާނޫނީ ވަކީލު އަމާލް ކުލޫނީ އަށެވެ.

ފިރިމީހާ ޖޯޖް ކްލޫނީގެ އަތުގައި ހިފައިގެން އަމާލް ރެޑް ކާޕެޓްގައި ހިނގާލި ވަގުތު އެތަނުގައި ތިބި އެންމެންގެ ވެސް ނޭވާ ހިފަހައްޓާލެވުނެވެ.

އަމާލްގެ ފިރިމީހާ ކްލޫނީ ކޭންސްގައި މިފަހަރު ބައިވެރިވީ ޑައިރެކްޓަރު ޖޯޑީ ފޮސްޓާ އާއި ފިލްމީ ބަތަލާ ޖޫލިއާ ރޮބަޓްސް އާއެކު އެމީހުން އެކުގައި އުފެއްދި އާ ފިލްމު "މަނީ މޮންސްޓާ" ޕްރޮމޯޓްކުރުމަށެވެ.

ބިލިއަން ޑޮލަރުގެ އަގުހުރި ހޮލީވުޑް ފަންނާނުންގެ ތެރޭގައި އަމާލް ހުރިއިރު އޭނާއަކީ ފިލްމީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް މީހަކަށް އެތަނުގައި ހުރި ހަމައެކަނި މީހާ އެވެ. އެހެންކަމުން ހޮލީވުޑް މީހުންގެ ތެރޭގައި އަމާލް ކުރަނީ ކީއްތޯ ވެސް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.

އަމާލް އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެން ދިމާވި އަނެއް ސަބަބަކީ އޭނާ ލައިގެން ހުރި މަޑު ރީނދޫ ކުލައެއްގެ ހެދުން އޭނާއަށް އެއްގޮތަކަށް ވެސް މައިތިރި ނުވެގެން އުޅުނު ގޮތުންނެވެ. އޭނާ އަރައިގެން ހުރި ފުންނާބު އުސް ފައިވާނުން ހެދުމަށް އެރި ހެދުމުގެ ބޮޑު ބައެއް ބިންމަތީގައި ފެތުރިފައި އޮއްވާ ވެސް ފެނުނެވެ. އަދި ހެދުން މެދުން ފަޅާފައި ހުރުމުގެ ސަބަބުން އޭނާގެ ދިގު ދެ ފައިގެ އިތުރުން ވެސް ފެންނަން ނުޖެހޭ ހިސާބުތައް ވެސް ފެނުނުކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔާފައިވެ އެވެ.

ހެދުމުން ސަލާމަތްނުވެވިގެން އަމާލް އުޅެނިކޮށް އޭނާއަށް އެހީވީ އެވަގުތު އެތާ ކުޅިބަލަން ތިބި ބައެއް މީހުންނެވެ.

އަމާލް ދެކެ ހިތްހަމަނުޖެހިފައި ތިބި ބައެއް މީހުން ބުނީ ފިލްމީ ތަރިންގެ އަނބިން އެމީހުންނާ އެކު މިފަދަ ތަންތަނަށް ދިޔަ ނަމަވެސް އެއްފަރާތެއްގައި ހުރެ ފިލްމީ ތަރިންނަށް މީހުންގެ ސަމާލުކަން ހޯދުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އަދި ޖޫލިއާ ރޮބާޓްސް ފަދަ ހޮލީވުޑްގެ ނަން މަޝްހޫރު ބަތަލާއެއްގެ ވިދުން ފަނޑުވާ ގޮތަށް އަމަލު ކޮށްގެން ނުވާނެކަމަށް އާމާލަށް ފާޑުކިޔާ ބައެއް މީހުން ބުންޏެވެ.

ކޭންސް ފިލްމް ފެސްޓިވަލުގެ ރެޑް ކާޕެޓްގައި އާމާލް ކްލޫނީ ހެދުމުން ސަލާމަތް ނުވެވިފައި

ކޭންސް ފިލްމް ފެސްޓިވަލުގެ ރެޑް ކާޕެޓްގައި އާމާލް ކްލޫނީ ހެދުމުން ސަލާމަތް ނުވެވިފައި

ޖޫލިއާ ރޮބާޓްސް، 48، ނިއު މެކްސިކޯ އިން ދުނިޔޭގެ ދެބައިކުޅަ އެއްބައިގައި ދަތުރުކޮށްފައި މި ފެސްޓިވަލަށް ދިޔައީ އަމާލް ކުލޫނީގެ ވޯޑްރޯބް މެލްފަންކްޝަންގެ ސަބަބުން އޭނާއަށް ހުރިހާ ފޮޓޯގްރާފަރުންނާއި މީޑީއާއެއްގެ ސަމާލުކަން ހުއްޓި ޖޫލިއާ އަޅާލާނެ މީހަކު ނެތި ހުންނަން ނޫން ކަމަށް ވެސް އަމާލް އާ މެދު ނުރުހުން ވެފައިވާ ބައެއް ނޫސްވެރިން ބުނެފައިވެ އެވެ.

ޚުދް ޑައިރެކްޓަރު ޖޮޑީ ފޮސްޓާ ވެސް އަމާލް އާ ދިމާލަށް ވަރަށް ހިތްހަމަނުޖެހޭ ގޮތަކަށް ބެލިކަމަށްވެ އެވެ. އަދި އަމާލް ކަންތައް ކުރީ ގާނޫނީ މީހުންނާ މެދު ދެކޭ ގޮތް ބަދަލުވެދާނެ ފަދަ ގޮތަކަށް ކަމަށް ބައެއް ނޫސްވެރިން ދެކެ އެވެ.

ވެނީސްގައި ތިން ދުވަހަށް ދިގުދެމިގެންދިޔަ ކައިވެނީގެ ކުލަގަދަ ރަސްމިއްޔާތުތަކެއްގައި އަމާލް އާއި ޖޯޖް ކްލޫނީ ކައިވެނި ކުރިތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭރު ޖޯޖް ކްލޫނީ އަކީ ދުނިޔޭގައި ހުރި، ކައިވެނިކުރަން ގިނަ ބަޔަކު އެންމެ ހިތް އެދޭނެ ފިރިހެނުންގެ ލިސްޓުގެ ކުރީގައި އުޅޭ މީހެކެވެ. އަމާލް އަކީ އޭނާގެ ރީތިކަން މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ އިންޓަނޭޝަނަލް ބެރިސްޓާ އެކެވެ. ޖޯޖް ކްލޫނީ އަށް އަމާލް ފެނި އޭނާއަށް ހިތް ދެވުނު ހިސާބުން އަމާލްގެ ދިރިއުޅުން މުޅީން ބަދަލުވެގެން ދިޔަ އެވެ. އޭގެ ފަހުން އޭނާއަކީ ބެރިސްޓާއަކަށް ވުރެ ބޮޑަށް ސެލެބްރިޓީއަކަށްވި އެވެ.

އޭނާގެ ޑައިރީގެ އެންމެ މުހިއްމު ދުވަސްތައް ޚާއްސަކުރީ ފިރިމީހާއާ އެކު ކޭންސް ފިލްމް ފެސްޓިވަލާއި ބާލިން ފިލްމް ފެސްޓިވަލް އަދި ފިލްމު ޕްރެމިއާ ތަކާއި އެނޫންވެސް ފިލްމީ ހަފުލާތަކުގައި ބައިވެރިވުމަށް ދުނިޔޭގެ ކަންކޮޅުތަކަށް އުދުހުމަށެވެ.

ހޮލީވުޑްގެ އެވޯޑު ހަފުލާތަކާއި ކްލޫނީގެ ޓެކިއުލާ ބްރޭންޑް ސްޕެއިންގައި އިފްތިތާހު ކުރުމަށް ބޭއްވި އިވެންޓުގައި ވެސް ކްލޫނީގެ އެންމެ ކައިރީގައި އަމާލް ހުއްޓެވެ. ފިލްމީ ތަރިންނަށް ވުރެ ވެސް އޭނާ ފިލްމީ ތަރިއަކާ މާ ވައްތަރެވެ.

މީހުންގެ ސަމާލުކަން ހޯދާ ގިނަގިނައިން އޭނާގެ ފޮޓޯތައް ނެގުމަކީ އަމާލް ބޭނުންވާ ގޮތެވެ. ނަމަވެސް ބައެއް ފަހަރަށް މިގޮތަސް މީހުންގެ ސަމާލުކަން ހޯދަން އޭނާ ކުރާ މަސައްކަތުގައި މަލާމަތް ރައްދުވާ ފަހަރުވެސް ދެއެވެ. އޭނާ މާބޮޑަށް މީހުންގެ ސަމާލުކަން ހޯދަން ކަންތައްތައް ކުރާކަމަށް ބުނެ އެވެ.

އެގޮތުން އާމާލް، 38، އަޅާ ހެދުންތަކަކީ ވެސް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓޭގޮތަށް ފަހާފައި ހުންނަ ހެދުންތައް ކަން ފާހަގަކުރެވެ އެވެ. އޮން ޑިއުޓީގައި ހުއްޓަސް އޯފް ޑިއުޓީގައި ހުއްޓަސް އާމާލު އެއް އިރު އަޅާ ހެދުމެއް ދެ ވަނަ ފަހަރަކަށް ނުލަ އެވެ.

އޭނާގެ ހެދުން އަލަމާރި އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި ހެދުންތަކަކުން ފުރިފައިވާއިރު މެދު ސައިޒުގެ ދަބަސްވިއްކާ ފިހާރައެއްގައި ހުންނާ ގިނަ އަތް ދަބަސް އޭނާގެ އަތުގައި ހުންނަ ކަމަށް ވެއެވެ.

ބެރިސްޓާއެއްގެ މަސައްކަތުގައި އޭނާ އުޅޭއިރު ވަރަށް ރަސްމީކޮށް ހެދުން އަޅައި ފިރިމީހާއާއެކު ތަންތަނަށް ދާއިރު ވަރަށް ޒަމާނީކޮށް ކްލޫނީ ހެދުން އެޅި ނަމަވެސް ބައެއް ފަހަރު އޭނާ ލާ ހެދުން ހަ އަހަރުގެ ކުދިން އަޅާ ހެދުން ގޮތަށް ހުންނަ ކަމަށް ވެސް ބައެއް މީހުން ސިފަ ކުރެ އެވެ.

އޮކްސްފޯޑުން ތައުލީމު ހާސިލުކޮށްފައިވާ އަމާލް އަކީ ވަރަށް ރީތި އެހާމެ ވިސްނުންތޫނު މީހެކެވެ. އެހެންކަމުން ގާނޫނީވަކީލެއްގެ ހައިސިއްޔަތުން ބޮޑެތި ކާމިޔާބީތައް ހޯދިދާނެ ވަގުތެއްގައި އަމާލް މި ކުރަނީ ކީއް ހެއްޔެވެ؟ ޖޯޖް ކްލޫނީގެ މުލައްދަނޑީގައި ހިފައިގެން މުޅި ދުނިޔޭގައި އުދުހެމުންދާ އަމާލް ބުރަކޮށް މަސައްކަތްކުރާ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރަނީ ކީއްވެ ހެއްޔެވެ؟