ކޮލޮމްބޯ ޕްލޭން ކައުންސިލްގެ ރިޔާސަތާ ރާއްޖެއިން އަނެއްކާވެސް ހަވާލުވެއްޖެ އެވެ.
13 ޑިސެމްބަރ 2017
ކޮލޮމްބޯ ޕްލޭން ކައުންސިލްގެ ރިޔާސަތާ ރާއްޖެއިން އަނެއްކާވެސް ހަވާލުވެއްޖެ އެވެ.
ކޮލަމްބޯ ޕްލޭނަކީ ޖެނުއަރީ 1950 އިން ފެށިގެން ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ބާއްވަމުން އަންނަ ފޮރިން އެފެއާޒްއާ ބެހޭ ކޮންފަރެންސްގައި ދެކުނު އޭޝިއާ އާއި ޕެސިފިކް ގައުމުތަކުގެ އިގްތިސާދީ، އިޖުތިމާއީ އަދި ތިމާވެށީގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް އެކުލަވައިލި ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން އިއްޔެ ބުނީ ކޮލަމްބޯ ޕްލޭން ކައުންސިލްގެ 293 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ރިޔާސަތާ ހަވާލުވީ ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ކަމަށެވެ. އެ ޖަމިއްޔާގެ ކޮމިޓީ އޮން އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންޝަލް މެޓާގެ ޗެއާކަން ވެސް ކުރައްވަނީ މުންދު އެވެ.
އެމްބަސީން ބުނީ އަންހެނުންގެ ތަރައްގީ އާއި ކުރިއެރުވުމުގެ ހާއްސަ ޕްރޮގްރާމާއި ދިގު މުއްދަތުގެ ތަމްރީން ޕްރޮގްރާމާއި ޑްރަގް އެޑްވައިޒަރީ ޕްރޮގްރާމުން ރާއްޖެ އަށް ފައިދާތަކެއް ކުރާ ކަމަށެވެ. ކޮލޮމްބޯ ޕްލޭން ކައުންސިލްގެ ރިޔާސަތު ރާއްޖެއިން ތިން ފަހަރެއްގެ މަތިން ބަލަހައްޓާފައިވެ އެވެ. އެންމެ ފަހުން ރިޔާސަތު ބެލެހެއްޓީ 2004-2005 އަށް މިހާރުގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.
"މުޒާހަރާއިން އެނގުނީ އެމްޑީޕީއަށް ތާއީދު ނެތްކަން"
ޕީޕީއެމްގެ "ނަވަށް" އިދިކޮޅު މީހުން އަރުވަން ޖެހޭ
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު ސިރިސެނާއަށް އަރުވައިފި
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުން މިއަދު
ސިރިސޭނާއަށް ފަތްކޮޅު އެރުވޭ ގޮތެއް އަދިވެސް ނުވޭ!
ލަންކާގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވައިފި
ސަފީރު ކަމާ ހަވާލުވާން މުންދު ލަންކާ އަށް
ނަޝީދަށް މުންދު: ހިމާޔަތް އޮތްކަން ލިޔުމުން ދައްކަވާ
ނަޝީދަށް ފޮނުވާލި ތީރު މުންދުގެ ލޮލަށް!
ރާއްޖެ-ލަންކާގެ ނުތަނަވަސްކަމެއް ނެތް: މުންދު