އަހަރެމެންގެ އިރުގެ ނިޒާމުގައި ހިމެނޭ ޕްލެނެޓްގެ އަދަދާ އެއް ވަރުގެ ޕްލެނެޓްތަކެއް ހިމެނޭ އެހެން ތަރިއެއް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ހޯދައި، އެކަން ރޭ އިއުލާންކޮށްފި އެވެ.
އަހަރެމެންގެ އިރުގެ ނިޒާމުގައި ހިމެނޭ ޕްލެނެޓްގެ އަދަދާ އެއް ވަރުގެ ޕްލެނެޓްތަކެއް ހިމެނޭ އެހެން ތަރިއެއް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ހޯދައި، އެކަން ރޭ އިއުލާންކޮށްފި އެވެ.
ޖުމްލަ އަށް ޕްލެނެޓް ހިމެނޭ އެހެން ތަރިއެއް ނުވަތަ އިރުގެ ނިޒާމެއް މީގެ ކުރިން ފެނިފައެއް ނުވެ އެވެ. އެހެންކަމުން މިއީ އިރުގެ ނިޒާމާ އެއްފަދަ އެހެން ތަރިތައް ކާއިނާތުގައި ހިމެނޭނެ ކަމަށް ސައިންސްވެރިން ބުނަމުން އަންނަ ވާހަކައަށް ލިބުނު ބާރެކެވެ.
އަށް ޕްލެނެޓް ހިމެނޭ ތަރިއަށް ދީފައިވާ ނަމަކީ ކެޕްލާ-90 އެވެ. މިއީ އަހަރެމެންގެ އިރަށް ވުރެ ހޫނު އަދި ބޮޑު ތަރިއެކެވެ. މީގެ ކުރިން އެ ތަރި ވަށައިގެން ހަތް ޕެލެނެޓެއް ދައުރުވަމުން ދާކަން ސައިންސްވެރިންނަށް އޮތީ އެނގިފަ އެވެ. އަށް ވަނަ ޕްލެނެޓަކަށް ފެނުނީ، ސައިންސްވެރިން ބުނާ ގޮތުގައި، ގޭސްގަނޑަކަށް ވުރެ ހަރު ބިންގަނޑެއް ހިމެނޭ ޕްލެނެޓެކެވެ.
އަލަށް ފެނުނު ޕްލެނެޓާ އެކު "ކެޕްލާ-90 ވެފައި ވަނީ އަހަރެމެންގެ އަމިއްލަ އިރުގެ ނިޒާމުގައި ހިމެނޭ އަދަދުގެ ޕެލެނެޓްތައް ނިސްބަތްވާ ތަނަކަށް،" އާ ހޯދުމަށް އެހީތެރިވި ގޫގުލްގެ ސޮފްޓެވެއާ އިންޖީނަރެއް ކަމަށްވާ ކްރިސްޓޮފާ ޝައުލް ވިދާޅުވި އެވެ.
ކުރިން ހޯދި ހޯދުންތަކުން އަޅައިނުގަތް އެކަމަކު ދައުރުވަމުން ހިނގައިދާނެ ޕްލެނެޓްތައް ހޯދަން ގޫގުލްގެ އިންޖީނެރުން ބޭނުންކުރީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެވެ. އެކަމަކު އެ ހޯދުންތައް ބިނާކުރީ ނާސާގެ ކެޕްލާ ސްޕޭސް ޓެލެސްކޯޕުން ކުރިން ކޮށްފައިވާ ދިރާސާތަކުގެ މައްޗަށެވެ.
ކެޕްލާ-90 ތަރި ފެނުނީ ދުނިޔެއާ 2،545 އަލި އަހަރުގެ ދުރުންނެވެ. އެކަމަކު އެ ތަރީގެ ޕްލެނެޓްތައް އެތުރިފައި ވަނީ އަހަރެމެންގެ އިރުގެ ނިޒާމާ ދާދި އެއްގޮތަކަށް ކަމަށް، ސައިންސްވެރިން ބުނެ އެވެ.
"ކެޕްލާ-90 ނިޒާމަކީ އަހަރެމެންގެ އިރުގެ ނިޒާމުގެ ކުޑަ ވައްތަރެއް. ކުދި ޕްލެނެޓްތައް އެތެރޭގައި ހިމެނޭ އިރު ބޮޑެތި ޕްލެނެޓްތައް ވަނީ ބޭރުގައި. އެކަމަކު އެ ހުރިހާ ޕްލެނެޓެއް ވެސް އެތުރިފައި ވަނީ ވަރަށް ކައިރި ކައިރީގައި،" ހޯދުމުގެ އެއް ބައިވެރިއެއް ކަމަށްވާ ޔުނިވަސިޓީ އޮފް ޓެކްސަސްގެ އެންޑްރޫ ވެންޑާބާގު ވިދާޅުވި އެވެ.
ޕްލެނެޓްތައް އުފެދިފައި ވަނީ އެ ތަރިއާ ކިހާ ކައިރިއެއްކަން ދައްކައިދިނުމުގެ ގޮތުން ސައިންސްވެރިން ބުނީ ކެޕްލާ-90ގެ އެންމެ ބޭރު ޕްލެނެޓް ދައުރުވަނީ ގާތްގަނޑަކަށް އިރާއި ދުނިޔެއާ ދެމެދު އޮތް ދުރުމިނުގައި ކަމަށެވެ.
އަހަރެމެންގެ އިރުގެ ނިޒާމުގައި ހިމެނޭ އެންމެ ބިޔަ ޕްލެނެޓްތައް އެނބުރެމުން ދަނީ އިރާ އެއަށް ވުރެ މާ ދުރުންނެވެ.
ކެޕްލާ-90 ގެ ނިޒާމުން އެންމެ ފަހުން ފެނުނު ޕްލެނެޓް ދައުރުވަނީ އެ ތަރިއާ ވަރަށް ކައިރިންނެވެ. އެގޮތުން ކޮންމެ 14.4 ދުވަހުން އެ ތަރި ވަށައި އެ ޕްލެނެޓް ބުރެއް ފުރިހަމަކުރެ އެވެ. އޭގެ ބިންމަތީގެ ހޫނުމިން ހުންނާނެ ކަމަށް ބެލެވެނީ 425 ޑިގްރީގަ އެވެ.
އެހެން ތަރިތައް ވަށައިގެން އެނބުރޭ 3،500 ޕްލެނެޓް މިހާތަނަށް ފެނިފައިވެ އެވެ. އޭގެ ތެރޭގައި ދުނިޔެއާ އެއްގޮތް ބައެއް ޕްލެނެޓްތައް ވެސް ހިމެނެ އެވެ.
ނާސާ އިން މިރޭ އިއުލާން ކުރަން އުޅެނީ ކޮން ކަމެއްބާ؟
އިރުގެ ތޫފާންތައް ދެނެގަނެވޭނެ ނިޒާމެއް އުފައްދައިފި
ވެބް ދުރުމީގައި ޖައްވީ އެތިކޮޅުތަކެއް ޖެހިއްޖެ
މަޑިކިލަނބުގެ ބޭރުން ފުރަތަމަ ޕްލެނެޓްގެ ހިލަމެއް
މި ބިމާ ދާދި އެއްގޮތް ޕްލެނެޓެއް މާދުރުގައި
ނާސާ އިން ވީނަސް އަށް ދެ ދަތުރެއް ކުރަނީ
ގިނިހިލާގައި ނާސާގެ އުޅަނދު "ޖެހިގެންފި"
ޕްލެނެޓަކަށް ކިޔާނެ ނަމެއް ހޮވަން ވޯޓު ނަގަނީ
ތަލްއަތުގެ ކެމެރާއިން ރާއްޖޭގެ އުޑުމަތީގެ ރީތިކަން
ގިނިހިލައަކުން ޖެހިދާނެ ކަމަށް ބިރުގަންނަނީ ކީއްވެ؟