Roadha Mihaaru
ކްރިމިނަލް ކޯޓު ވެސް ރިސެސްއަށް ހިނގައްޖެ

ކްރިމިނަލް ކޯޓު ވެސް ރިސެސްއަށް ހިނގައްޖެ

17 ޑިސެމްބަރ 2017

އިއްޔެއިން ފެށިގެން ކްރިމިނަލް ކޯޓު ވެސް ރިސެސްއަށް ހިނގައްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިއްޔެއިން ފެށިގެން ކްރިމިނަލް ކޯޓު ވެސް ރިސެސްއަށް ހިނގައްޖެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އިއްޔެއިން ފެށިގެން މި މަހުގެ ނިޔަލަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށވެ. އެ މުއްދަތުގައި ޝަރީއަތްތައް މަދުކޮށްލިޔަސް، އެހެން މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް އެ ކޯޓުން ބުންޏެވެ. އެގޮތުން ބަންދާ މެދު ގޮތެއް ނިންމުމާއި އިދާރީ މަސައްކަތްތައް ވެސް ކުރާނެ ކަމަށް އެ ކޯޓުން ބުންޏެވެ.

ސުޕީރިއާ ކޯޓުތައް ކޮންމެ އަހަރަކު ދެ ފަހަރު ރިސެސްއަށް ދާނެ އެވެ. އެގޮތުން ޖޫން މަހާއި ޑިސެމްބަރު މަހުގެ ވަކި މުއްދަތެއްގައި ކޯޓުތައް އޮންނަނީ ރިސެސްގަ އެވެ.

ކްރިމިނަލް ކޯޓު ރިސެސްއަށް ދިޔައިރު ސިވިލް ކޯޓާއި ޖުވެނައިލް ކޯޓު ވެސް މިހާރު އޮތީ ރިސެސްގަ އެވެ. އެ ދެ ކޯޓުގެ ރިސެސް އަންނަ ބުދަ ދުވަހު ނިމޭނެ އެވެ. ސުޕްރީމް ކޯޓު ވެސް ރިސެސްގައި އޮތްއިރު އެ ކޯޓުގެ ރިސެސް ނިމޭނީ އަންނަ ޖެނުއަރީ 10 ގަ އެވެ.