Roadha Mihaaru
ހައި ކޯޓު ވެސް އެއް މަހުގެ ރިސެސްއަކަށް ހިނގައްޖެ

ހައި ކޯޓު ވެސް އެއް މަހުގެ ރިސެސްއަކަށް ހިނގައްޖެ

02 ޑިސެމްބަރ 2018

ހައި ކޯޓު ވެސް އެއް މަހުގެ ރިސެސްއަކަށް ހިނގައްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓު ވެސް އެއް މަހުގެ ރިސެސްއަކަށް ހިނގައްޖެ އެވެ.

ހައި ކޯޓުގެ ގަވާއިދު އޮންނަ ގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ރަސްމީ އެންމެ ފަހު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ހައި ކޯޓު އޮންނާނީ ރިސެސްގަ އެވެ.

ރިސެސްގެ މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތައް ނުބޭއްވިޔަސް، މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށް ގެންދާނެ އެވެ.

ހައި ކޯޓު ރިސެސްއަށް ދިޔައިރު، މިއަދުން ފެށިގެން ސުޕްރީމް ކޯޓު ވެސް ވަނީ އެއް މަހުގެ ރިސެސްއަކަށް ގޮސްފަ އެވެ. ސުޕްރީމް ކޯޓުގެ ރިސެސް ނިމުމަކަށް އަންނާނީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ.

ހައި ކޯޓާއި ސުޕްރީމް ކޯޓުގެ އިތުރުން ސިވިލް ކޯޓު ވެސް އިއްޔެ އިން ފެށިގެން އޮތީ ރިސެސްގަ އެވެ. ސިވިލް ކޯޓުގެ ރިސެސް ނިމުމަކަށް އަންނާނީ މިމަހުގެ 20 ދުވަހު އެވެ.