Roadha Mihaaru
ފޮޓޯ ސްޓޯރީ: އަލަށް ހޯދުނު ބައެއް ދިރޭތަކެތި

ފޮޓޯ ސްޓޯރީ: އަލަށް ހޯދުނު ބައެއް ދިރޭތަކެތި

20 ޑިސެމްބަރ 2017

މެކޮން ސަރަހައްދުން 2016 ވަނަ އަހަރު ސައިންސްވެރިން މުޅިން އަލަށް ހޯދި 115 އަށް ވުރެ ގިނަ ދިރޭ އެއްޗެހީގެ ތެރޭގައި ހިމެނޭ، އެކި ކުލަ ހިމެނޭ ބޮކެއް. މި ބޮއް ފެނިފައިވަނީ ވިއެޓްނާމްގެ އިރު އުތުރުގައިވާ ޖަންގައްޔަކުން.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

މެކޮން ސަރަހައްދުން 2016 ވަނަ އަހަރު ސައިންސްވެރިން މުޅިން އަލަށް ހޯދި 115 އަށް ވުރެ ގިނަ ދިރޭ އެއްޗެހީގެ ތެރޭގައި ހިމެނޭ، އެކި ކުލަ ހިމެނޭ ބޮކެއް. މި ބޮއް ފެނިފައިވަނީ ވިއެޓްނާމްގެ އިރު އުތުރުގައިވާ ޖަންގައްޔަކުން.

އޮޑޮރާނާ މަޗްމަނީ ނަމަކަށް ކިޔާ، އެކި ކުލަ ހިމެނޭ ބޮކެއް.

އޮޑޮރާނާ މަޗްމަނީ ނަމަކަށް ކިޔާ، އެކި ކުލަ ހިމެނޭ ބޮކެއް.

ވިއެޓްނާމުގެ ޖައްގައްޔަކުން ފެނުނު ދެ ބާވަތެއްގެ މޯލްގެ ތެރޭގައި ހިމެނޭ އެއް މޯލް. ދިރާސާ ކުރާ މީހުން ބުނާ ގޮތުގައި މި ބާވަތުގެ އެއްޗެހި ބިމުއަޑީގައި ދިރިއުޅޭތީ އެސޮރުމެންނަށް އިތުރު ރައްކާތެރިކަމެއް ލިބޭ.

ޔޫރޯސްކެޕްޓަ އޮލަވީ ނަމަކަށް ކިޔާ މޯލްއެއް

ޔޫރޯސްކެޕްޓަ އޮލަވީ ނަމަކަށް ކިޔާ މޯލްއެއް

ފަރުބަދައެއްހެން އުސްކޮށް، އަހުގެ ފައިވާނުގެ ބައްޓަމަކަށް އުފެދިފައިވާ މި ވާ ފެނިފައިވަނީ ތައިލޭންޑްގެ އިރު އުތުގައިވާ ލޯކަލް މާރުކޭޓެއްގެ ތެރެއިން.

ރައިނަލޯފަސް މަންޓިކޮލަސް ނަމަކަށް ކިޔާ ވާލެއް.

ރައިނަލޯފަސް މަންޓިކޮލަސް ނަމަކަށް ކިޔާ ވާލެއް.

ތައިލޭންޑްގެ އިރު އުތުރުގައިވާ ލޯކަލް މާރުކޭޓެއްގެ ތެރެއިން އަލަށް ފެނުނު، ފިނިހަކަ ކައިގެން އުޅޭ ވެލައެއް. އިންސާނުންގެ ސަބަބުން ދިރޭ ތަކެއްޗަށް ލިބޭ ނުރައްކާ ކިތައްމެ ބޮޑު ނަމަވެސް، އަލަށް ފެންނަ ދިރޭ އެއްޗެހި އިތުރު ވަމުން ދިއުމަކީ ލިބޭ ހިއްވަރެއް ކަމަށް ވޯލްޑް ވައިލްޑްލައިފް ފަންޑް (ޑަބްލިއުޑަބްލިއުއެފް) އިން ބުނޭ.

މަލަޔަމީސް އައިސަން ނަމަކަށް ކިޔާ ވެލާ

މަލަޔަމީސް އައިސަން ނަމަކަށް ކިޔާ ވެލާ

މިއީ ވިއެޓްނާމްގެ އުތުރު ސަރަހައްދުގެ ޖަންގައްޔަކުން އަލަށް ފެނުނު ދިރޭ ތަކެތީގެ ތެރޭގައި ހިމެނޭ ބޮނޑެއް. ސައިންސްވެރިން ބުނާ ގޮތުގައި މި ބޮނޑަކީ ރެޕްޓައިލްގެ ކޮން އާއިލާއަކަށް ނިސްބަތްވާ އެއްޗެއްކަން ދެނެގަންނަން ވަރަށް ގިނަ ދުވަސް ނެގި. މި ޒާތުގެ އެއްޗެއް އެންމެ ފުރަތަމަ ފެނިފައިވަނީ 2003 ވަނަ އަހަރު.

ޝައިނިޝޯރަސް ކްރޮކޮޑިލެޫރަސް ވިއެޓްނާމެންސިސްގެ ނަން ދީފައިވާ، އަލަށް ހޯދުނު ބޮނޑު

ޝައިނިޝޯރަސް ކްރޮކޮޑިލެޫރަސް ވިއެޓްނާމެންސިސްގެ ނަން ދީފައިވާ، އަލަށް ހޯދުނު ބޮނޑު

ކެމްބޯޑިއާގެ ސަރަހައްދުން އަލަށް ފެނުނު ދިރޭތަކެތީގެ ތެރޭގައި ހިމެނޭ މަހެއް. ފާއިތުވި 20 އަހަރުގެ ތެރޭގައި މެކޮންގް ސަރަހައްދުން 2500 އަށް ވުރެ ގިނަ ދިރޭއެއްޗިހި އަލަށް ހޯދިފައިވާ ކަމަށް ޑަބްލިއުޑަބްލިއުއެފް އިން ބުނޭ. އެއީ އާންމުކޮށް ބަލާއިރު ހަފުތާއަކު ދެ ހޯދުން.

ސްޗިސްޓުރާ ކެމްޕުޗީންސިސްގެ ނަން ދީފައިވާ އަލަށް ހޯދުނު މަސް.

ސްޗިސްޓުރާ ކެމްޕުޗީންސިސްގެ ނަން ދީފައިވާ އަލަށް ހޯދުނު މަސް.