Roadha Mihaaru
ސަފާރީއަކުން ފީނަން ފޭބި ލަންކާ މީހަކު މަރުވެއްޖެ

ސަފާރީއަކުން ފީނަން ފޭބި ލަންކާ މީހަކު ޓޫރިސްޓަކު މަރުވެއްޖެ

20 ޑިސެމްބަރ 2017

ކ. ގުރައިދޫ ބޭރުގައި އަޅާފައި އޮތް ސަފާރީއަކުން ފީނަން ފޭބި ލަންކާ ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކ. ގުރައިދޫ ބޭރުގައި އަޅާފައި އޮތް ސަފާރީއަކުން ފީނަން ފޭބި ލަންކާ ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

ގުރައިދޫ ސިއްހީ މަރުކަޒުން ބުނީ މިއަދު ހަވީރު ހިނގި އެ ހާދިސާގައި މަރުވީ އުމުރުން 33 އަހަރުގެ ފިރިހެނަކު ކަމަށެވެ.

ގުރައިދޫ ސިއްހީ މަރުކަޒުގެ ތަރުޖަމާން އަބްދުލް މަޖީދު ވިދާޅުވި ގޮތުގައި އެ މީހާ އެމަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. އޭނާ މަރުވީ ގެނބިގެން ކަމަށް ނުބެލެވޭ ކަމަށާއި އެއީ ގުދުރަތީ މަރެއް ކަމަށް މަޖީދު ވިދާޅުވި އެވެ.

"ލޮނު ބޮވިފައެއް ނެތް. އެހެންކަމުން ނުބެލެވޭ ގެނބުނީ ކަމަކަށް. އަޅުގަނޑުމެން ނިންމީ ހާޓް އެޓޭކެއް ކަހަލަ ކަމެއް ދިމާވެގެން ގުދުރަތީ މަރަކުން މަރުވީ ކަމަށް،" މަޖީދު ވިދާޅުވި އެވެ.

އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.