Roadha Mihaaru
ކޮވިޑްގައި 37 އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް-19: އައިޖީއެމްއެޗަށް ގެންދިޔަ 37 އަހަރުގެ ބިދޭސީއަކު މަރުވެއްޖެ

04 ޖޫން 2021

އައިޖީއެމްއެޗުގެ އިމަޖެންސީ އަށް ގެންދިޔަ އުމުރުން 37 އަހަރުގެ ބިދޭސީއަކު ކޮވިޑް ބަލީގައި މިއަދު މަރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައިޖީއެމްއެޗުގެ އިމަޖެންސީ އަށް ގެންދިޔަ އުމުރުން 37 އަހަރުގެ ބިދޭސީއަކު ކޮވިޑް ބަލީގައި މިއަދު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ސްރީ ލަންކާގެ އެ މީހާ މަރުވީ ރޭ ފަތިހު 4:24 ގައި ކަމަށެވެ. މިއީ ރާއްޖެ އިން ކޮވިޑްގައި މަރުވި 176 ވަނަ މީހާ އެވެ.

ރޭ ފަތިހު މަރުވި ލަންކާގެ މީހާ އަކީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި ތިން ވަނަ ބިދޭސީ އެވެ. މީގެ ކުރިން އއ. ރަސްދޫގައި އިންޑިއާގެ މީހަކު އަދި ކ. މާފުށީގައި ބަންގުލަދޭޝްގެ މީހަކު މި ބަލީގައި މަރުވެފައިވެ އެވެ.

އެ މީހުން ވަޅުލާފައި ވަނީ ހުޅުމާލޭ އާސަހަރާގަ އެވެ. މިއަދު މަރުވި މީހާ ވެސް ވަނީ އެ ސަހަރާގައި ވަޅުލައިފަ އެވެ.

ރޭ ފަތިހުގެ މަރާ އެކު މި މަހު މަރުވި މީހުންގެ ޖުމުލަ އަދަދު 12 އަށް އެރީ އެވެ.

ކޮވިޑް ބަލީގައި ފުރަތަމަ ފަހަރަށް ރާއްޖެ އިން ކުޑަކުއްޖެއް ވެސް ވަނީ މި ހަފުތާގައި މަރުވެފަ އެވެ. އެންމެ 10 އަހަރުގެ އެ ކުއްޖާ މަރުވީ މާ ބޮޑަށް ހާލު ދެރަވެ، ފަރުވާ ނުދެވި ލަސްވެގެންނެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެ އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކޭސްތައް މިހާރު ވަނީ މަޑުމަޑުން ދަށްވާން ފަށައިފަ އެވެ.