ތަފާތު ރަހައެއްގެ ދިވެހި ލަވައެއް އަޑު އަހާލަން ބޭނު ނަމަ "ރާޅޭ" އަކީ ހަމަ އެންމެ ފައްކާ އެއް ލަވައަށް ވާނެ އެވެ. ލަވައިގެ ޅެމާއި ލަވަ ކިޔާފައިވާ ގޮތްގަނޑަށް ބަލާ އިރު، މިއީ އާންމުކޮށް އިވޭ ދިވެހި ލަވަތަކާ ތަފާތު ސްޓައިލެއްގެ ލަވައެކެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.
24 ޑިސެމްބަރ 2017
ތަފާތު ރަހައެއްގެ ދިވެހި ލަވައެއް އަޑު އަހާލަން ބޭނު ނަމަ "ރާޅޭ" އަކީ ހަމަ އެންމެ ފައްކާ އެއް ލަވައަށް ވާނެ އެވެ. ލަވައިގެ ޅެމާއި ލަވަ ކިޔާފައިވާ ގޮތްގަނޑަށް ބަލާ އިރު، މިއީ އާންމުކޮށް އިވޭ ދިވެހި ލަވަތަކާ ތަފާތު ސްޓައިލެއްގެ ލަވައެކެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.
"ރާޅޭ" އަކީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައި އޭނާގެ ބަރު އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖައްސުވާލި ޒުވާން ލަވަ ކިޔުންތެރިޔާ އަހުމަދު ނަޒީހް (ރާޅުބޯ) ގެ ފުރަތަމަ އޮރިޖަނަލް ލަވަ އެވެ. މި ލަވަ އާންމުންނަށް ދޫކޮށްލުމާ އެކު އެތައް ބަޔަކަށް ކަމުހިނގައްޖެ އެވެ.
"ރާޅޭ" އަޑު އަހާލަން ބޭނުން ނަމަ ލަވަފޮށިންނާއި ސައުންޑް ކްލައުޑާއި ޔޫޓިއުބުން ވެސް ލިބޭނެ އެވެ. ލޯބީގެ އަސަރު ގަދަ ވާހަކަތަކެއް ކިޔައިދޭ ލަވައިގެ ޅެން ވެސް އޭނާ ވަނީ ފޭސްބުކްގައި ހިއްސާކޮށްފަ އެވެ.
"ރާޅޭ" ލަވައިގެ ލިރިކްސް.
ލަވައިގެ ޅެމާއި ލަވައިގެ ރާގު އަޑު އަހާލުމުން ކުރީގެ ހަނދާންތަކެއްގެ ތެރެއަށް ވެސް ގެންގޮސްދެ އެވެ. އެގޮތުން "ރާޅޭ" ގައި ކުރީގެ މަޝްހޫރު ބޭންޑް ޒީރޯ ޑިގްރީ ލަވަތަކުގައި ހުންނަ ރަހަ އާއި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާންގެ ލަވަތަކުގައި ހުންނަ ކަހަލަ ޖާދުލެއް ގެނުވައިދެ އެވެ.
މިއީ ރާޅުބޯއި އަށް ވަރަށް ހާއްސަ ލަވައެއް ވެސް މެ އެވެ. މިއީ އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް "އޮގަރު ކަނޑިއައްޑަނަ"ގެ ހަ ލަވައިގެ ތެރެއިން އެހުންތެރިންނަށް ދޫކޮށްލި ފުރަތަމަ ލަވަ ވެސް މެ އެވެ. ރާޅުބޯއި ބުނެފައިވާ ގޮތުގައި އަލްބަމްގެ ލަވައެއް ކޮންމެ ތިން މަހަކުން އާންމުންނަށް ދޫކޮށްލައި މުޅި ޓްރެކް ލިސްޓް ފުރިހަމަކުރާނެ އެވެ.
"އޮގަރު އައްޑަނަ ކަނޑި" ގައި ހިމެނޭނީ މުޅިން ވެސް އަމިއްލަ ރާގުގެ ދިވެހި ލަވަތަކެވެ. ހާއްސަ ކަމަކީ އާންމުކޮށް މި އިވޭ ދިވެހި ލަވަތަކާ ތަފާތުވުމެވެ. އެހެންވެ ދެން ހުރި ލަވަތަކަށް ވެސް އިންތިޒާރު ކުރަމާ ހިނގާށެވެ.
ޝަލަބީގެ "ފަތްމިނި" އަކީ އަންހެނުން ޝިފާ
ޝަލަބީގެ "ފަތްމިނި" މާދަމާ ފެންނާނެ
އަލީ ރަމީޒާ ބެހުމުން ޒަކިއްޓެއަށް ނުގޮވާ އެއްޗެއްނެތް
މި ފަހަރު ނަޒީހްގެ "އަނެބައްޕަ"
ޝަލަބި އާއި ރާފިޔަތާ އެކު "ދޮންވެލި ތުނޑި" އަށް
މުއައްޒިންގެ "ލޭކޮކާ" އައިޑޮލްގެ ފިނާލޭގައި ދައްކާލަނީ
ޝަލަބީގެ "އާދޭސް" ވަރަށް މަޑުމައިތިރި
ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވައަކީ "އާދޭސް"
އަމާންގެ ސޯލޯ އަލްބަމް ޑިސެމްބަރުގައި ނެރެނީ
އިޝާންގެ ފުރަތަމަ ސޯލޯ އަލްބަމް އަންނަ މަހު ނެރެނީ