27 ޑިސެމްބަރ 2017
ރާއްޖޭގައި ވަޒީފާއަދާކުރާ އިންޑިއާ ރައްޔިތުންގެ އާއިލާތަކަށް ޑިޕެންޑެންޓް ވިސާ އާއި ސްޓޫޑެންޓް ވިސާ ދޫކުރުން ހުއްޓާލާފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދޮގުކޮށްފި އެވެ.
ރާއްޖޭގައި ވަޒީފާއަދާކުރާ އިންޑިއާ ރައްޔިތުންގެ އާއިލާތަކަށް ޑިޕެންޑެންޓް ވިސާ އާއި ސްޓޫޑެންޓް ވިސާ ދޫކުރުން ހުއްޓާލާފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދޮގުކޮށްފި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ސިޔާސީ ނުތަނަވަސްކަމެއް އުފެދިފައިވާއިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ޑިޕެންޓެންޑް ވިސާ ދޫކުރުމުގައި ވަނީ ދަތިތަކެއް ކުރިމަތިކޮށްފަ އެވެ. އެ މައްސަލަ އިންޑިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ވެސް ހުށަހަޅާފައިވާއިރު، ރާއްޖެ އިން ވެސް އިންޑިއާގެ ރައްޔިތުންނާ ދޭތެރޭގައި އަމަލުކުރަމުން ދަނީ އެ އުސޫލުން ކަމަށް ވަނީ ވާހަކަ ފެތުރިފަ އެވެ.
އިންޑިއާގެ ރައްޔިތުންނަށް ޑިޕެންޑެންޓް ވިސާ އާއި ސްޓޫޑެންޓް ވިސާ ދޫކުރުން ރާއްޖެ އިން ހުއްޓާލިތާ ތިން މަސްވެފައިވާ ކަމަށް އެ ގައުމުގެ ބައެއް ރައްޔިތުންނާ ހަވާލާދީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އިންޑިއާ ހައި ކޮމިޝަނުން ބޭއްވި ރަސްމިއްޔާތެއްގައި އެ ގަމުގެ ސަފީރު އަކިލޭޝް މިޝްރާ ވާހަކަ ދައްކަވަނީ: ރާއްޖެ އާއި އިންޑިއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރަން އެ ގައުމުގެ ވަފުދެއް ރާއްޖެ އަންނަން ވަނީ ނިންމާފައި. --ފޮޓޯ/މިހާރު
އެކަމަކު، ރާއްޖެއާ ގާތް ގުޅުމެއް އޮންނަ، އިންޑިއާ ގުޅޭ ގޮތުން ފަތުރާފައިވާ މި ވާހަކަ އިމިގްރޭޝަނުން ދޮގުކުރެ އެވެ.
އެ ވާހަކަތައް ދޮގުކުރައްވައި، ރާއްޖޭގެ އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް "މިހާރު" އަށް މިއަދު ވިދާޅުވީ އިންޑިއާ ރައްޔިތުންނަށް ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ވިސާ ދޫކުރަމުން އަންނަ ކަމަށާއި ތަފާތަކީ ކުރިއާ ޚިލާފަށް ލިޔުމެއް ދޫކުރުން ކަމަށެވެ. އެއީ، އިންޑިއާގެ ރައްޔިތުންނަށް އެކަނި ނޫން ކަމަށާއި ހުރިހާ ގައުމުތަކުގެ ރައްޔިތުންނަށް ވެސް މިހާރު ދޫކުރަނީ ވިސާ ހަމަޖެހިފައިވާ ކަމުގެ ލިޔުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން ޕާސްޕޯޓުގައި ޖަހަނީ ސްޓިކާއެއް. އެކަމަކު އަޅުގަނޑުމެން މިހާރު ދޫކުރަނީ ވިސާ ހަމަޖެހިފައިވާ ކަމުގެ ލިޔުއް. ހުރިހާ ގައުމުތަކަށް ވެސް މިހާރު އަމަލުކުރަނީ މިގޮތަށް، އެއީ އިމިގްރޭޝަނުން ކަންތައްތަކެއް ހައްލުކުރާތީވެ،" އޭނާ ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވި ގޮތުގައި މިހާރު ހައްލުކުރަމުން އަންނަ ކަންކަން ނިމުމުން، ކުރިއެކޭ އެއްގޮތަށް، ޕާސްޕޯޓުގައި ވިސާ ޖަހައިދޭނެ އެވެ.
"ދެ ގައުމުގައި އޮންނަ ގުޅުމަށް ބުރޫ އަރާ ގޮތަށް މީޑިއާތަކުން ވާހަކަ ފަތުރާތީ ހިތާމަކުރަން، އަދި އެ އަމަލު ކުށްވެރިވެސް ކުރަން. ވިސާ ދޫކުރާ ގޮތް ބަދަލުވީ ހަމައެކަނި އިންޑިއާއަކަށް ނޫން،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ-ޗައިނާގެ ގުޅުން ކުރިއަށް ވުރެ ބަދަހިވާތީވެ އިންޑިއާ އިން ކަންބޮޑުވާއިރު، އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އަކިލޭޝް މިޝްރާގެ ބައްދަލުވުންތައް ދިވެހި ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. މިގޮތަށް، ރިޕޯޓްކުރީ، އެކި ރަށްތަކަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލުކުރެއްވުމުން، ކައުންސިލްތަކަށް އެ ބައްދަލުވުންތައް ކުރިއަށް ގެންދެވޭނީ ހޯމް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
މި މައްސަލައިގެ އިތުރުން، ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް، އެ އިންޑިއާގެ ނޫސްތަކުން ފާޑުކިޔަމުންދާއިރު، ދެ ގައުމުގެ ގުޅުން ބަދަހިކުރަން އިންޑިއާ ސަރުކާރުގެ އިސް ވަފުދެއް ރާއްޖެ އަންނަން ވަނީ ނިންމައިފަ އެވެ. އަންނަ މަހުގެ ކުރީކޮޅު، އެ ވަފުދުގެ ބޭފުޅުން ވަޑައިގެން ދިވެހި ސަރުކާރާއެކު މަޝްވަރާތައް ބާއްވާނެ އެވެ.
ބޭހަށް އިންޑިއާއަށް ދާން ވިސާ ނަގަން ނުޖެހޭގޮތް ހަދަނީ
އިންޑިއާގެ ވިސާ ހޯދުމުގެ ދަތިތައް އަވަހަށް ހައްލުވާނެ
ދިވެހިންނަށް އިންޑިއާގެ މެޑިކަލްވިސާގެ ލުއިދެވޭތޯ ބަލަނީ
ދިވެހިންނަށް އިންޑިއާގެ ވިސާގެ ބޮޑެތި ލުއިތަކެއް
ރާއްޖެ-އިންޑިއާ އިން އާ ވިސާ އެއްބަސްވުމެއް
ވިސާ މައްސަލަ ހައްލުކޮށްދޭން އިންޑިއާ އިން އެދިއްޖެ
"އިންޑިއާ އިން ދިވެހިންނަށް ވިސާ ނުދީ ދަތިކުރޭ"
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އިންޑިއާގެ އާ ސަފީރަކަށް އަޒީމާ އައްޔަން ކުރަނީ