ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި ވެސް ސިއްހީ ބޭނުމަށް އިންޑިއާ އަށް ދާން ބޭނުންވާ ދިވެހިންނަށް ފަސޭހައިން މެޑިކަލް ވިސާ ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.
02 ޖޫން 2021
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި ވެސް ސިއްހީ ބޭނުމަށް އިންޑިއާ އަށް ދާން ބޭނުންވާ ދިވެހިންނަށް ފަސޭހައިން މެޑިކަލް ވިސާ ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިންޑިއާ އިން އެހެން ބުނީ، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަށް އެ ގައުމުގެ ކެބިނެޓުން މިދިޔަ ހަފުތާގައި ނިންމާފައިވާއިރު، ދިވެހިންނަށް އޮން އެރައިވަލް ވިސާ ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން އެ އަށް ވުރެ މާ މުހިންމު ކަމަށް ބުނެ އެކި ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ.
އެ ފާޑުކިޔުންތަކާ ވިއްދައިގެން، އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓުވީޓުތަކެއްގައި ބުނީ، ރާއްޖެއަކީ އިންޑިއާ އަށް ދިއުމަށް ވިސާ ފްރީ ނުވަ ގައުމުގެ ތެރެއިން އިންޑިއަން އޯޝަން ރީޖަން (އައިއޯއާރު) ސަރަހައްދުގައި އޮންނަ ހަމައެކަނި ގައުމު ކަމަށެވެ.
އިންޑިއާ އިން ކަނޑައަޅާފައިވާ "އިންޑިއަން އޯޝަން ރީޖަން" ގައި ހިމެނެނީ ރާއްޖެ އާއި އިންޑިއާގެ އިތުރުން އޮސްޓްރޭލިއާ، އިންޑޮނޭޝިއާ، ބަންގްލަދޭޝް، މަޑަގަސްކަރަ، ސޯމާލިއާ، ޓެންޒޭނިޔާ،، ސައުތު އެފްރިކާ، ޔޫއޭއީ އަދި ޔަމަނެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ބުނިގޮތުގައި، ޑިސެމްބަރު 17، 2018 ގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ "ވިސާ ފެސިލިޓޭޝަން" އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ބޭސްފަރުވާ އާއި ޓޫރިޒަމާއި ވިޔަފާރީގެ ބޭނުމަށް ވިސާއާ ނުލައި 90 ދުވަހުގެ މުއްދަތަށް އިންޑިއާ އަށް ދަތުރުކުރެވޭނެ އެވެ. އޭގެ އިތުރުން ސްޓޫޑެންޓް ވިސާ ވެސް ދިވެހިންނަށް ހިލޭ ލިބޭނެ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.
"އިންޑިއާގެ ވިސާ ފެސިލިޓޭޝަން ރެޖީމްގެ ދެވަނަ އޯޑަރުގައިވާ އީ-ވިސާ ސްކީމްގެ ދަށުން ވިސާ އެޕްލިކޭޝަން އަދި ޕްރޮސެސިން އޮންލައިންކޮށް ކުރިއަށް ގެންދެވެ އެވެ. މި ސްކީމް މައިގަނޑު ގޮތެއްގައި ބޭނުންކުރެވެނީ އިންޑިއާއާ އެކު ފުޅާ ބައިލެޓަރަލް ވިސާ-ފްރީ އެއްބަސްވުމެއް ނެތް ގައުމުތަކުގަ އެވެ،" އިންޑިއާގެ ހައި ކޮމިޝަންގެ ޓުވީޓުގައި ވެ އެވެ.
ރާއްޖެއަކީ އިންޑިއާއާއި އެކު ވިސާ-ފްރީ އެގްރީމެންޓް އޮންނަ 9 ގައުމުގެ ތެރެއިން، އައި.އޯ.އާރް ސަރަހައްދުގައި އޮންނަ ހަމައެކަނި ގައުމެވެ. 1/9 Thread# pic.twitter.com/QARHVz0UqN
— India in Maldives (@HCIMaldives) June 1, 2021
އިންޑިއާ ހައި ކޮމިޝަންގެ ޓުވީޓް
ހައި ކޮމިޝަނުން ބުނީ، ކޮވިޑް-19ގެ މި ބަލިމަޑުކަމާ ގުޅިގެން މާޗު 2020 ގައި ދުނިޔޭގައި ދަތުރުފަތުރުތައް ހުއްޓުމަކަށް އައުމުގެ ކުރިން ވެސް އެތައް ހާސް ދިވެހިންނެއް އައީ ވިސާއާ ނުލައި އިންޑިއާ އަށް ދަތުރުކުރަމުން ކަމަށެވެ.
ނަމަވެސް އިންޑިއާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމުން މާޗު 23، 2020 ގައި އެ ގައުމުގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ވަނީ ހުރިހާ ކެޓެގަރީއެއްގެ ވިސާ ސަސްޕެންޑް ކޮށްފައި ކަމަށް ހައި ކޮމިޝަންގެ ޓުވީޓުގައި ބުންޏެވެ. މީގެ ތެރޭގައި އީ-ވިސާގެ ހިދުމަތާއި ވިސާ ފެސިލިޓޭޝަން އެއްބަސްވުންތަކާއި ޓޫރިސްޓް ވިސާ ވެސް ހިމެނެ އެވެ.
"މި ރިސްޓްރިކްޝަންތަކަށް މަޑުމަޑުން ލުއިދެވެމުން އައިސް އޮކްޓޯބަރު 2020 ގައި އިންޑިއާއިން ވަނީ ބޭރުގެ ފަރާތްތަކަށް ވިޔަފާރި، ތައުލީމު އަދި ސިއްހީ ބޭނުންތަކަށްޓަކައި އެތެރެވެވޭނެ ގޮތުގެ ގައިޑްލައިންތައް އާންމު ކޮށްފަ އެވެ. ނަމަވެސް މި ގައިޑްލައިންތަކުގެ ދަށުން އިންޑިއާ އަށް އެތެރެވެވެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މިޝަންތަކާއި އެމްބަސީތަކުން ވިސާ ހޯދައިގެންނެވެ،" ހައި ކޮމިޝަނުން ބުނެ އެވެ.
އިންޑިއާގެ ސަރުކާރުން ބުނިގޮތުގައި، މި ގަވާއިދު ވުޖޫދައް އައުމުގެ ކުރިން ވެސް ކްރިޓިކަލް ސިއްހީ ފަރުވާ އަށް އިންޑިއާ އަށް ދިއުމުގެ ހާއްސަ ހުއްދައެއް ދިވެހިންނަށް ވަނީ ދީފަ އެވެ. އެ ހާއްސަ ހުއްދައިގެ ދަށުން މިދިޔަ އަހަރުގެ މެއި/ ޖޫން މަހާ ދެމެދު 8،000 މެޑިކަލް ވިސާ ދިވެހިންނަށް ދޫކުރިކަން ހައި ކޮމިޝަނުން ފާހަގަކުރެ އެވެ.
ރާއްޖެ-އިންޑިއާ އިން އާ ވިސާ އެއްބަސްވުމެއް
ވިސާ މައްސަލަ ހައްލުކޮށްދޭން އިންޑިއާ އިން އެދިއްޖެ
އިންޑިއާ ސަފީރު، ރައީސްއާ ބައްދަލު ކުރައްވައިފި
މި ސަރަހައްދުގެ ސަލާމަތަށް ރާއްޖެ މުހިންމު: މޯދީ
އިންޑިއާގެ ވިސާ ހޯދުމުގެ ދަތިތައް އަވަހަށް ހައްލުވާނެ
މައްސަލަ ބަލަން އެންގީ ކޮމިޓީން ނިންމައިގެނެއް ނޫން
ފިޔަވަޅު އަޅަން އެދުމުން ހައި ކޮމިޝަނަށް ފާޑުކިޔުން!
އިންޑިއާގެ އެމްބަސީގެ ބިންގާ އެޅުން ކެންސަލް
ދިވެހިންނަށް އިންޑިއާގެ ވިސާގެ ބޮޑެތި ލުއިތަކެއް
ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން