މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
03 ޖެނުއަރީ 2018
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވީ ހ. ރަންގަލި، ހަމްދީ އަގީލް ކަމަށެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލްގެ ކޮއްކޮ ހަމްދީ އަށް އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ދިން އިރު، އޭނާ ވަނީ މީގެ ކުރިން ސަރުކާރުގެ ބައެެއް މަގާމުތައް ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމާއި އެސްޓީއޯ ގޭހުގެ ޗެއާމަންކަން ހިމެނެ އެވެ.
އެމްއާރުޑީސީގެ އެމްޑީ ކަމަށް ހަމްދީ އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަފާއު ހަސަން މަސް ދުވަސް ނުވަނީސް ވަކިކުރުމަށް ފަހު އެވެ.
ރައީސް އަބްދުﷲ ޔާމީން، ނޮވެމްބަރު 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމްއާރުޑީސީގެ އެމްޑީގެ މަގާމު މީގެ ކުރިން ހަތަރު ބޭފުޅަކު އަދާކުރައްވާފައިވެ އެވެ. އެއީ ކުޑަ ދުވަސްކޮޅަކަށް އެ ކުންފުނީގެ އެމްޑީކަން ކުރެއްވި ޝަފާއުގެ އިތުރުން އިބްރާހިމް ނަޒީމާއި އިބްރާހިމް ހަލީމް އަބްދުއްރައްޒާގު އަދި މުހައްމަދު ނިމާލެވެ.
އެމްއާރުޑީސީގެ އެމްޑީ ކަމަށް މިއަދު އައްޔަން ކުރެއްވި ހަމްދީއަކީ މި ވެރިކަމުގައި އެ މަގާމު ފުރުއްވާ ފަސްވަނަ ބޭފުޅާ އެވެ.
އެމްއާރުޑީސީގެ އެމްޑީ ހައުސިންގެ އިސް މަގާމަކަށް
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ނިމާލް
އެމްޕީއެލްގެ ސީއީއޯއަކަށް ހަލީމް ހަމަޖައްސައިފި
އާރުޑީސީގެ އެމްޑީއަކަށް މޫކޭ
މަރިޔަމް: ބޮޑު ކުންފުންޏެއްގެ ފުރަތަމަ އަންހެން އެމްޑީ
އެމްޓީޑީސީގެ އެމްޑީ ކަމަށް ތަޒްމީލް އައްޔަންކޮށްފި
އެމްއައިޓީޑީސީގެ އެމްޑީއަކަށް ރާއިދު
މޯލްޑިވް ގޭސްގެ އެމްޑީއަކަށް ޝަޒައިލް އައްޔަންކޮށްފި
ޕީއެސްއެމްގެ ޗެއާއަކަށް ހިލްމީ، ބޯޑު މެމްބަރަށް މަރީ
އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަށް މަމްދޫހް