މަގު ބެލެހެއްޓުމުގެ މަސައްކަތްތަކަށް އުފައްދާފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް މޫސާ އަލި މަނިކް (މޫކޭ) ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު އައްޔަންކުރައްވައިފި އެވެ.
10 އޮކްޓޯބަރ 2019
މަގު ބެލެހެއްޓުމުގެ މަސައްކަތްތަކަށް އުފައްދާފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް މޫސާ އަލި މަނިކް (މޫކޭ) ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޖޫން މަހު އުފެއްދެވި ކުންފުނީގެ ބޯޑަށް މިވަގުތު އައްޔަންކުރައްވާފައިވަނީ މޫކޭ އެކަންޏެވެ. ނަމަވެސް އިތުރު ދެ ޑިރެކްޓަރުން އައްޔަންކުރުމުގެ މަސައްކަތް ޕްރައިވަޓައިޒޭޝަން ބޯޑުންކުރަމުން އަންނަ ކަމަށް މޫކޭ "މިހާރު" އަށް ވިދާޅުވި އެވެ.
އޭނާ ވަނީ މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައިފަ އެވެ. ނަމަވެސް ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ މޫކޭ ވަނީ އެ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންފަ އެވެ.
އާރުޑީސީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހަދައި، އެ ތަންތަން ބެލެހެއްޓޭނެ ގޮތެއް ހަމަޖެއްސުމެވެ. އަދި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން އެއް ރަށާއި އަނެއް ރަށް ގުޅުވާލަން ހަދާ ބްރިޖްތައް ތަރައްގީކޮށް އެ ތަންތަން ބެލެހެއްޓުން ވެސް ހިމެނެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން ސަރުކާރުން ހިންގި އެވެ. ނަމަވެސް، ރާއްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމުގެ އިތުރުން ފުޓުބޯޅަ ދަނޑާއި ނަރުދަމާ އެޅުމުގެ މަސައްކަތް ވެސް ކުރަމުން ދިޔަ އެމްއާރުޑީސީ، ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ އުވާލައިފަ އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭ ކުއްލި މައްސަލަ ބޭރު
ފްލެޓް ގަތީ މަގާމުގެ ލިބުމުގެ ކުރިން: ޒިފްލީން
ފުރަތަމަ ބަލަންވީ ސިޔާސީ މުވައްޒަފުން މަދުކުރެވޭތޯ: ފައްޔާޒް
ސަރުކާރުގެ އިގްތިސާދީ ރިފޯމް ބިލަށް ތާއީދު: އެމްޑީޕީ
ފުލުހުން ބަލަނީ ފައްޔާޒަށް ޖަމާވި ފައިސާގެ މައްސަލައެއް
އެމްޓީޑީސީގެ އެމްޑީއަކަށް ނިޔާޒް
އެންސްޕާގެ ސީއީއޯއަކަށް ހީނާ
އެމްއޭސީއެލް އަށް ޝަރީފް
އެމްޓީސީސީގެ އެމްޑީއަކަށް ޒިޔާދު
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ވަޖީހު