Roadha Mihaaru

އެމްއައިޓީޑީސީގެ އެމްޑީއަކަށް ރާއިދު

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ރާއިދު އައްޔަންކޮށްފި އެވެ.

އެމްއައިޓީޑީސީގެ އެމްޑީއަކަށް ރާއިދު
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

07 ޖެނުއަރީ 2019

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ރާއިދު އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ބުނި ގޮތުގައި ހ.ސްވޯޑް މުހައްމަދު ރާއިދު އެ މަގާމަށް އައްޔަންކުރީ މިއަދު އެވެ. މީގެ ކުރިން މި މަގާމުގައި ހުންނެވީ މުހައްމަދު ޝާހިދެވެ.

އެމްއައިޓީޑީސީ އުފައްދާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. މެދުފަންތީގެ ޓޫރިޒަމްގެ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް އުފެއްދި މި ކުންފުނީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން ޚަރަދާއި ލިބެންޖެހޭ ފައިސާ އަދި ހަރުމުދަލުގެ ގޮތުގައި ހިސާބުތަކުން ދައްކާ 85.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްހަކަށް ކަށަވަރުވެފައެއް ނުވެ އެވެ.