ރާއްޖޭގެ ރިސޯޓެކޭ ބުނުމުން ކޮންމެ މީހަކަށް ވެސް ސިފަވާނީ ސާފު ހުދު ވެއްޔާއި ވިލު ނޫކުލައި މޫދެވެ. އެކަމަކު ކަނޑިންމަ ރިސޯޓުން އަހަރު ނިންމުމާ ދިމާކޮށް، ރާއްޖޭގެ ރިސޯޓަކުން މިހާތަނަށް ނުބާއްވާ ފެންވަރުގެ ކުލަ ގަދަ އާޓް ފެސްޓިވަލެއް ބާއްވައި ހުރިހާ ކުލަތަކެއް ވަނީ ދައްކާލައިފަ އެވެ. އެއީ ކުލައިގެ ބޮޑު އީދެކެވެ.
09 ޖެނުއަރީ 2018
ރާއްޖޭގެ ރިސޯޓެކޭ ބުނުމުން ކޮންމެ މީހަކަށް ވެސް ސިފަވާނީ ސާފު ހުދު ވެއްޔާއި ވިލު ނޫކުލައި މޫދެވެ. އެކަމަކު ކަނޑިންމަ ރިސޯޓުން އަހަރު ނިންމުމާ ދިމާކޮށް، ރާއްޖޭގެ ރިސޯޓަކުން މިހާތަނަށް ނުބާއްވާ ފެންވަރުގެ ކުލަ ގަދަ އާޓް ފެސްޓިވަލެއް ބާއްވައި ހުރިހާ ކުލަތަކެއް ވަނީ ދައްކާލައިފަ އެވެ. އެއީ ކުލައިގެ ބޮޑު އީދެކެވެ.
މިދިޔަ އޮކްޓޯބަރު ފަހެއްގައި އެ ފެސްޓިވަލް ލޯންޗުކުރުމާ އެކު ކަނޑިންމަ ރިސޯޓުގެ ހުރިހާ މުވައްޒަފުން ވެސް ދިޔައީ އެ ހަރަކާތަށް ތައްޔާރުވަމުންނެވެ. ރާއްޖޭގައި ތިބި އާޓިސްޓުންނަށް ފަހި ފުުރުސަތުތަކެއް ހޯދައިދީ، ކުރިއަށްދެވޭނެ ބޮޑު މަގެއް ހޯދައިދީފައިވާއިރު، މިދިޔަ މަހު އެ ރިސޯޓުގައި އިތުރަށް ފޯރި ގަދަވި އެވެ.
ކަޑިންމަ ރިސޯޓުގެ ކުލަ އާޓް ފެސްޓިވަލް ޓޫރިސްޓުންތަކެއް މޫނުގައި ކުލަ އުނގުޅައިގެން.-- ފޮޓޯ: ކަޑިންމަ މޯލްޑިވްސް
ތަފާތު ދާއިރާތަކުން ހާއްސަވެފައިވާ 20 ފަންނާނަކު ބައިވެރިކޮށްގެން އެ ރިސޯޓުގައި ބޭއްވި ފެސްޓިވަލުގައި ތަފާތު ކުޅިވަރުތައް ވެސް ވަނީ ބާއްވައިފަ އެވެ. އެގޮތުން ބީޗް ގޭމްސްތަކާއި އާޓާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތައް އޮތެވެ.
ކަޑިންމަ ރިސޯޓުގެ ކުލަ އާޓް ފެސްޓިވަލުގައި ބޭއްވި ކުލަ ރަން. .-- ފޮޓޯ: ކަޑިންމަ މޯލްޑިވްސް
ކަނޑިންމަ ރިސޯޓުގެ ބީޗުގައި ކުލަ އާޓް ފެސްޓިވަލް ކުރިއަށް ދިޔައިރު ރަށުގައި ތިބި ޓޫރިސްޓުންނަށް އާޓް ކްލާސްތަކެއް ނަގައި ދިވެހި ކުރެހުންތެރިންގެ ކުރެހުންތައް ދައްކާލި އެވެ. ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ދިވެހީންގެ ހުނަރު ދައްކާލުން ކަމަށް އެ ރިސޯޓުން ބުންޏެވެ.
ކަޑިންމަ ރިސޯޓުގެ ކުލަ އާޓް ފެސްޓިވަލުގަި ކުރަހަނީ.-- ފޮޓޯ: ކަޑިންމަ މޯލްޑިވްސް
ކުލަ އާޓް ފެސްޓިވަލްގެ ތެރެއިން އެންމެ ގިނަބައެއްގެ ސަމާލުކަން ލިބުނީ ކުލަ ރަން އަށެވެ. ފިޔާތޮއްޓާއި ރީނދުލާއި ފެހި އަދި ނޫ ކުލައިގެ އެކި ކުލަތަކުން އެ ދުވުމުގައި ބައިވެރިވި އެންމެން ވެސް ވަނީ ޖަރީވެފަ އެވެ.
ކަނޑިންމަ މުވައްޒަފަށް އިންސާފު ހޯދައިދޭން ގޮވާލަނީ
ޓޫރިޒަމްދާއިރާގެ އިހުމާލު މަޖިލީހުން ބަަލަން ހުށަހަޅައިފި
ކަނޑިންމަގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
ކަނޑިންމަ ރިސޯޓުން 250 ވަޒީފާގެ ފުރުސަތު ހުޅުވާލަނީ
ކަނޑިންމަ ރިސޯޓް ފެބްރުއަރީ މަހު ހުޅުވަނީ
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް