އަލަށް ހުޅުވާ ދ. ކަނޑިންމަ ރިސޯޓުން 250 ވަޒީފާ އަށް ހުޅުވައިލުމަށް ނިންމައިފި އެވެ.
14 ޖެނުއަރީ 2017
އަލަށް ހުޅުވާ ދ. ކަނޑިންމަ ރިސޯޓުން 250 ވަޒީފާ އަށް ހުޅުވައިލުމަށް ނިންމައިފި އެވެ.
ކަނޑިންމަ މޯލްޑިވްސްގެ އޮފިޝަލަކު ޓްރެވަލް ވެބްސައިޓަކަށް އިއްޔެ ވިދާޅުވީ އަންނަ މަހު އެ ރިސޯޓް ހުޅުވުމުގެ ކުރިން، ވަޒީފާތަކަށް މީހުން ހޯދުމަށް އެކި ރަށްތަކުގައި އޯޕަން ޑޭތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލެ އާއި ސ. ހިތަދޫ އަދި ހުޅުދު އާއި ފުވައްމުލައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދ. ކުޑަހުވަދޫ، މާއެނބޫދޫ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ 65 ޕަސެންޓް ވަޒީފާތައް ދިވެހިންނަށް ހާއްސަކުރުން،" އޮފިޝަލް ވިދާޅުވި އެވެ.
ކަނޑިންމަ ރިސޯޓަކީ އެންމެ މަތީ ފެންވަރަށް ތަރައްގީކުރާ ރިސޯޓެކެވެ. އެ ރިސޯޓުގައި 11 ކެޓަގަރީއެއްގެ 274 ކޮޓަރި ހުންނާނެެ އެވެ.
ކަނޑިންމަ ރިސޯޓް ހުޅުވާއިރު، ރާއްޖޭގެ އެންމެ ބޮޑު ޕޫލް ވެސް އޮންނާނީ އެ ރަށުގަ އެވެ. އަދި ޖިމް އާއި ވޯޓާ ސްޕޯޓްސް އާއި މެރިން ބައިލޮޖީ ސްކޫލަކާއި ކިޑްސް ކްލަބެއްގެ އިތުރުން ކެއުންބުއިމުގެ ހިދުމަތް ދޭ 10 ރެސްޓޯރަންޓް ވެސް ވަނީ ހަދައިފަ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ އާ ރިސޯޓް އަންނަނީ ހުޅުވަމުންނެވެ. އެގޮތުން، މިދިޔަ އަހަރު ވެސް ގާތްގަނޑަކަށް 15 ރިސޯޓް ހުޅުވާފައިވާއިރު، މި އަހަރުގެ ތެރޭގައި އިތުރު 20 ރިސޯޓް ބާޒާރަށް ނެރެން ވެސް ވަނީ ނިންމައިފަ އެވެ. އެ ތަންތަން ތަރައްގީކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ރާއްޖޭގައި ގިނަ އާ ރިސޯޓުތަކެއް ހުޅުވާއިރު، އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ވެސް ހިމެނެ އެވެ. އެގޮތުން އެންމެ މަތީ ފަންތީގެ ހޮޓާތަކާއި ރިސޯޓުތައް ހިންގާ ދުނިޔޭގެ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އިންޓަކޮންޓިނެންޓަލް ވެސް ހިމެނެ އެވެ.
ކަނޑިންމަ ރިސޯޓް ފެބްރުއަރީ މަހު ހުޅުވަނީ
ޓޫރިޒަމްދާއިރާގެ އިހުމާލު މަޖިލީހުން ބަަލަން ހުށަހަޅައިފި
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ
ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަން އިއުލާން ކޮށްފި
ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަނީ
ކަނޑިންމަ މުވައްޒަފަށް އިންސާފު ހޯދައިދޭން ގޮވާލަނީ
ކަނޑިންމަގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
ކަނޑިންމަ ރިސޯޓުގެ 17 މީހަކު ކޮވިޑަށް ޕޮޒިޓިވް
ކަޑިންމަ ރިސޯޓަށް ކުލައިގެ އީދެއް!
މި އަހަރު 25 އާ ރިސޯޓް ހުޅުވަނީ