ރާއްޖޭގެ ޚާއްސަ އިގުތިސޯދީ ސަރަހައްދަށް ވަދެ އުޅެނިކޮށް، ރޭ ފެނުނު ބޭރުގެ މަސްބޯޓު ދަތުރުކުރަމުން ދިޔައީ ސޯމާލިއާއިން ތައިލެންޑަށް ކަމަށް އެ ބޯޓުގެ ފަޅުވެރިންނާ ހަވާލާދީ ދިވެހި ސިފައިން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ޚާއްސަ އިގުތިސޯދީ ސަރަހައްދަށް ވަދެ އުޅެނިކޮށް، ރޭ ފެނުނު ބޭރުގެ މަސްބޯޓު ދަތުރުކުރަމުން ދިޔައީ ސޯމާލިއާއިން ތައިލެންޑަށް ކަމަށް އެ ބޯޓުގެ ފަޅުވެރިންނާ ހަވާލާދީ ދިވެހި ސިފައިން މިއަދު ބުނެފި އެވެ.
ރޭ 10:50 ހާއިރު، ތ. ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ކޯސްޓްގާޑް ޝިޕް ހުރަވީއަށް ފެނުނު މަސްބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"މިވަގުތު މަސްބޯޓު އޮތީ އެމްއެންޑީއެފް ކޯސްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށުގައި،" ތައިލެންޑުގެ 10 ފަޅުވެރިއަކު ތިބި މަސްބޯޓާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުންޏެވެ.
ދިވެހި ސިފައިންނަށް މި ބޯޓު ފެނުނިއިރު އޭގައި 200 ޓަނުގެ މަސް ހުރި ކަމަށް އެ ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ރޭ ވަނީ ބުނެފަ އެވެ. އަދި ބޯޓު ފެނުނުއިރު އޭގައި ހުރީ ސޯމާލިއާގެ ދިދައެއް ނަގާފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
ދިވެހި ސިފައިން ބުނިގޮތުގައި، މަސްބޯޓާ ގުޅޭ ކަންކަން ކުރިއަށް ގެންދަނީ ހަމަޖެހިފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން، ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެންނެވެ.
ދެ ބޯޓާއި ފަޅުވެރިން ފުލުހުންގެ ބެލުމުގެ ދަށަށް
ސީޝެލްގެ މަސް ބޯޓެއް އެމްއެންޑީއެފުން ހިފަހައްޓައިފި
"ރާއްޖޭގެ ސަރަހައްދުން ފެނުނީ ކަނޑުފޭރޭ ބައެއް"
ގެއްލިގެން ހޯދަމުން ދިޔަ "ނޫރު" ދޯނި ފެނިއްޖެ
200 ޓަނުގެ މަހާއެކު ބޭރުގެ މަސްބޯޓެއް އަތުލައިގެންފި
ސިފައިން އުޅުނީ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން
މަހަށް ނުކުމެ އުޅުނު މަސްދޯންޏެއް ދެބުރިވެއްޖެ
މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ހިނގައްޖެ
މާފުށިން ވަދާ ދިޔަ ދުވަސްވީ މީހާ ފެނިއްޖެ
ގަވައިދާ ހިލާފަށް އުޅުނު މަސްބޯޓެއް އަތުލައިގެންފި